ހޯމް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރުކަމުން މާނިއު އިސްތިއުފާ ދީފި

ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް މާނިއު އައްޔަނުކުރެއްވުމަށްފަހު ލިޔުން ހަވާލު ކުރަނީ -- ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް މާނިއު އައްޔަނުކުރެއްވުމަށްފަހު ލިޔުން ހަވާލު ކުރަނީ -- ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ވަކިކޮށް ހޯމް މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރެއްގެ މަގާމަށް ބަދަލު ކުރި ޔޫސުފް މާނިއު އެ މަގާމުން އިސްތިއުފާ ދީފި އެވެ.

ފޯނަށް ޖަވާބު ނުދެއްވާތީ މާނިއު އިސްތިއުފާ ދިނީ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެ އެވެ. އެކަމަކު އޭނާ އެ މަގާމުން އިސްތިއުފާ ދިންކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ކަސްޓަމްސްގެ ކޮމިޝަނަރުކަމުން މާނިއު ކުއްލިއަކަށް ވަކި ކުރި މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ އެ މަގާމުން ވަކިކޮށް ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ފާތިމަތު ދިޔާނާ އައްޔަނު ކުރެއްވީ މާނިއުއަށް އެކަން ނާންގަ އެވެ.

Advertisement

ކަސްޓަމްސްގެ ކޮމިޝަނަރުކަމުން މާނިއު ވަކި ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ދިޔާނާ އައްޔަންކުރީ ކަސްޓަމްސް ގާނޫނުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ކަސްޓަމްސްގެ ކޮމިޝަނަރުކަމުން މާނިއު ވަކި ކުރީ، އެ މަގާމުގައި ހުންނަވައިގެން ދެއްކެވި ގިނަ ވާހަކަތަކަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އެގޮތުން ކަސްޓަމްސް އިން އަތުލާ މަސްތުވާތަކެތި ފުލުހުންނާ ހަވާލުނުކޮށް، އެ އިދާރާއިން އެތަކެތި 24 ގަޑީރުގެ ތެރޭގައި ނައްތާލަން ބޭނުންވާ ކަމަށް މި ފަހުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީގައި މާނިއު ވިދާޅުވުމުންވެސް ފާޑުކިޔުން އަމާޒުވި އެވެ.

އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި މާނިއު ވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކެއް ފާހަގަކުރައްވައިފަ އެވެ.

އެގޮތުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ފުރިހަމަ ގާބިލުކަން މިވަގުތު ކަސްޓަމްސްގައި ނެތް ކަމަށާއި ރާއްޖެ ވަންނަ އުޅަނދުތައް މޮނީޓާކޮށް އެ އުޅަނދުތަކާ ހަމައަށް ދަތުރުކުރުމުގެ ގާބިލުކަންވެސް ކަސްޓަމްސްގައި ނެތް ކަމަށް އޭނާ އެދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox