އިސްތިއުފާދިނީ ސްޓޭޓް މިނިސްޓަރުގެ މުސާރަ ހަލާލު ނުވާނެތީ: މާނިއު

ޔޫސުފް މާނިއު: އިސްތިއުފާދިނީ ބޮޑު މުސާރައަށް ކަމެއް ނުކޮށް ހުންނަން ބޭނުން ނުވާތީ ކަމަށް ވިދާޅުވި -- ފޮޓޯ: ކަސްޓަމްސް

ޔޫސުފް މާނިއު: އިސްތިއުފާދިނީ ބޮޑު މުސާރައަށް ކަމެއް ނުކޮށް ހުންނަން ބޭނުން ނުވާތީ ކަމަށް ވިދާޅުވި -- ފޮޓޯ: ކަސްޓަމްސް

ހޯމް މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ބޮޑު މުސާރަ ނަގައިގެން މަސައްކަތެެއް ނުކޮށް ހުންނަން ބޭނުން ނުވާތީ ކަމަށާ އޭރުން އެ މަގާމުގެ މުސާރަ ހަލާލުނުވާނެ ކަމަށް ޔޫސުފް މާނިއު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ވަކިކޮށް، ހޯމް މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރެއްގެ މަގާމަށް ހޯމަ ދުވަހު ބަދަލުކުރި މާނިއު ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާދެއްވީ އިއްޔެ އެވެ.

މާނިއު "އަދަދު" އަށް ވިދާޅުވީ މަސައްކަތެއް ނުކޮށް ބޮޑު މުސާރައެއް ނަގައިގެން ސްޓޭޓް މިނިސްޓަރުކަމުގައި ހުންނަން ބޭނުން ނުވާ ކަމަށާއި އިސްއިއުފާދެއްވީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ހަރަދުކުޑަކުރުން ކަމަށާއި މީހަށް 20،000 ރުފިޔާ ދީގެން ކުރެވެން އޮތް މަސައްކަތެއް ކުރަން 45،000 ދީފައި ސްޓޭޓް މިނިސްޓަރުންތަކެއް އައްޔަން ކުރުން އެއީ އެއީ ޒަމީރު ގަބޫލުކުރާ ކަމެއް ނޫނެވެ.

"އަޅުގަނޑާ ދޭތެރޭ ވެސް ރަނގަޅަށް ކަންތައް ކުރައްވަންވެގެން ރައީސުލްޖުމްހޫރިއްޔާ ވަގުތުން ބަދަލުކުރެއްވީ ވެސް. އަޅުގަނޑަކަށް ހަލާލު ކަމަކަށް ނުފެންނާނެ އެވަރުގެ ރެސްޕޮންޒިބިލިޓީއެއް ނެތި ފައިސާ ނަގާކަށް ދައުލަތުން،" މާނިއު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރީ ރަނގަޅަށް ކަންތައް ކޮށްދޭން ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތެއް ނެތި ބޮޑު މުސާރައެއް ހަލާލުވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާނިއު ވިދާޅުވީ ކޮމިޝަނާ ޖެނެރަލްގެ މަގާމުން އެއްވެސް އެންގުމެއް ނެތި ވަކިކުރުމުން ހައިރާންވާ ކަމަށާއި މަގާމުގައި ހުރިއިރު ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާނެ ކަމަށެވެ.

"އެއްވެސް އެންގުމެއް ނެތް، އެއްވެސް ކަހަލަ މަޝްވަރާއެއް ނެތް. ހަމަ ކުއްލިއަކަށް ހަމަ ބަދަލުކޮށްލީ. ހަމަ އެއްވެސް ގޮތަކަށް ނޭގޭ. އިޝާރާތެއް ވެސް ނުދެއްވާ. އެއީ އަޅުގަނޑު ވެސް ހައިރާންވި ކަމަކީ. ހުރިހާ ބޭފުޅުންނަށް ވެސް އެނގޭނެ މިދިޔަ 15 އަހަރުވެސް ނުކުރެވި ހުރި ބައިވަރު ކަންތައްތައް އަޅުގަނޑުކޮށް ނިންމައިފިކަން،" މާނިއު ވިދާޅުވި އެވެ.

އެގޮތުން ކުރިން ރައްޓެހިންނާއި ގާތް މީހުންނަށް އަވަހަށް ކަންތައް ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އޮންނަ ޕްރޮސެސް ތެރެއިން ކިއުއިން ކަންކަން ކުރަން ފެށި ކަމަށާއި އެންމެ ނިކަމެތި މީހާއާއި މުއްސަނދި މީހާއާ އެއްހަމަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސްގެ ކޮމިޝަނަރުކަމުން މާނިއު ވަކި ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ދިޔާނާ އައްޔަންކުރީ ކަސްޓަމްސް ގާނޫނުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ކަސްޓަމްސްގެ ކޮމިޝަނަރުކަމުން މާނިއު ވަކި ކުރީ، އެ މަގާމުގައި ހުންނަވައިގެން ދެއްކެވި ގިނަ ވާހަކަތަކަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox