ރައީސަށް ފާޑުކިޔާ ކަމަށް ބުނެ އެސްޓީއޯގެ ފާމަސީ މެނޭޖަރެއްގެ މަގާމު ސްޓޮކް އޮފިސަރަކަށް ދަށްކޮށްފި

އެސްޓީއޯ ފާމަސީއެއް : ރައީސް އަދި ސަރުކާރަށް އެސްޓީއޯގެ ރީޖަނަލް ފާމަސީ މެނޭޖަރެއްގެ މަގާމު ސްޓޮކް އޮފިސަރަކަށް ދަށްކޮށްފި - ފޮޓޯ: އަދަދު

އެސްޓީއޯ ފާމަސީއެއް : ރައީސް އަދި ސަރުކާރަށް އެސްޓީއޯގެ ރީޖަނަލް ފާމަސީ މެނޭޖަރެއްގެ މަގާމު ސްޓޮކް އޮފިސަރަކަށް ދަށްކޮށްފި - ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސް ފަރާތްތަކަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ ކަމަށް ބުނެ އެސްޓީއޯގެ ރީޖަނަލް ފާމަސީ މެނޭޖަރެއްގެ މަގާމުގައި ހުރި މީހެއްގެ މަގާމު ސްޓޮކް އޮފިސަރެއްގެ މަގާމަށް ދަށްކޮށްފި އެވެ.

އޭނާއަށް ފިޔަވަޅު އަޅަން ނިންމާ އެސްޓީއޯއިން ފޮނުވި ސިޓީ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

އެކަމާ ގުޅިގެން، އެސްޓީއޯއިން ފިޔަވަޅު އެޅި ގދ. ގެ ފާމަސީތަކާ ހަވާލުވެ މަސައްކަތް ކުރަމުންދިޔަ އަހުމަދު ޝިޔާޒް ނައީމް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އެސްޓީއޯގެ އެޗްއާރުން މި މައްސަލަ ފުރަތަމަ ބަލަން ފެށީ ފެބްރުއަރީ، 29 ގައި ކަމަށެވެ. އަދި އެ ދުވަހު އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ހުރި ޕޯސްޓުތަކަކާ ގުޅޭގޮތުން އޮންލައިންކޮށް ބަޔާނެއް ނެގި ކަމަށެވެ.

"ލީގަލް ޓީމުގެ ދެ ބޭފުޅަކު ތިބެގެން ސުވާލުތައް ކުރީ، މައިގަނޑުކޮށް ސުވާލުކުރީ އަޅުގަނޑުގެ ފޭސްބުކް އެކައުންޓުން ސަރުކާރަށް ނިސަބަތްކޮށް، ސަރުކާރުގެ އިސްވެރިންނަށް ނިސްބަތްވާ ގޮތަށް ބަދުބަސްތައް ބުނެފަ ހުރުމާ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމާ ގުޅުވައި," ޝިޔާޒް ވިދާޅުވި އެވެ.

އޭނާ ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގެ ސައްހަކަން ކަށަވަރުކޮށްދީފަ އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 'ރައީސުލްޖުމްހުރިއްޔާ އަށާއި ސަރުކާރުގެ އިސްފަރާތްތަކަށް ނިސްބަތްވާ ގޮތަށް ޒިންމާދާރުކަން ކުޑަގޮތަކަށް ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓުތަކަކީ އަހުމަދު ޝިޔާޒު ފަދަ ޒިންމާދާރު މަގާމެއްގައި ކުންފުނި ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުވައްޒަފެއް ފަރާތުން އެއްގޮތަކަށްވެސް އަމަލެއް ނޫން" ކަމަށެވެ.

އަދި، އެ އަމަލުތަކާ ގުޅިގެން މިއަދު ފެށިގެން ޝިޔާޒުގެ މަގާމު ރީޖަނަލް ފާމަސީ މެނޭޖަރުކަމުން ސްޓޮކް އޮފިސާއަކަށް ވަނީ ބަދަލުކޮށްފަ އެވެ. މި ފިޔަވަޅު އަޅާފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށްވެސް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ އޮފިޝަލެއް ބުނީ، މިކަން ހިނގާފައިވާ ގޮތް އިތުރަށް ބެލުމަށްފަހު ޖަވާބެއް ދޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އިތުރު ތަފުސީލެއް ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox