ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތަކަށް ގެތަކެއް އަޅައިދީފި

ވެލްފެއާ ފޯ އައިލެންޑް ކެޓްސް އިން ސަލްމާން މިސްކިތް ކައިރި ބެހެއްޓި ކެޓްހައުސްތައް - ފޮޓޯ: ވީއައިސީ

ވެލްފެއާ ފޯ އައިލެންޑް ކެޓްސް އިން ސަލްމާން މިސްކިތް ކައިރި ބެހެއްޓި ކެޓްހައުސްތައް - ފޮޓޯ: ވީއައިސީ

ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތައް ޝެލްޓާ ވާނެ ގޮތެއް ހަމަޖައްސައިދިނުމުގެ ގޮތުން ވެލްފެއާ ފޯ އައިލެންޑް ކެޓްސް (ވީއައިސީ) އިން ގެތަކެއް އަޅައިދީފި އެވެ.

ވީއައިސީ އަކީ ރާއްޖޭގައި އުޅޭ ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ގެތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް މަހެއްހާ ދުވަސް ވީ ކަމަށެވެ.

ސަލްމާން މިސްކިތާއި ކާނިވާ ސަރަހައްދާ ދެމެދު އޮންނަ ޕާކިން ލޮޓަކީ ގިނަ އަދަދަކަށް ބުޅާ ޖަމާވެ ދިރިއުޅޭ ސަރަހައްދެކެވެ. އެގޮތުން ގިނަ އަދަދެއްގެ ބުޅާ ވިހާ، އެ ސަރަހައްދުގައި ދިރިއުޅޭ ބުޅަލުގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ.

އެ ޖަމިއްޔާގެ ޕޯސްޓުގައި ބުނީ ނިމިދިޔަ ހުކުރު ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސަރަހައްދުގައި އުޅުނު ދެ ބުޅަލެއް މަރުވެފައިވާ ކަމަށެވެ. އަދި އެ ޖަމްއިއްޔާގެ މަގުސަދަކީ އެފަދައިން ދިމާވާ ހާދިސާތައް ވީހާވެސް މަދުކުރުން ކަމަށްވެސް ބުންޏެވެ.

މާލޭގެ ސަރަހައްދެއްގައި އުޅޭ ބުޅާތަކެއް : ސަރުކާރުން އަންނަނީ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް ގާއިމުކުރަން މަސައްކަތް ކުރަމުން - ފޮޓޯ: އަދަދު
މާލޭގެ ސަރަހައްދެއްގައި އުޅޭ ބުޅާތަކެއް : ސަރުކާރުން އަންނަނީ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް ގާއިމުކުރަން މަސައްކަތް ކުރަމުން - ފޮޓޯ: އަދަދު

މާލޭގެ ސަރަހައްދެއްގައި އުޅޭ ބުޅާތަކެއް : ސަރުކާރުން އަންނަނީ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް ގާއިމުކުރަން މަސައްކަތް ކުރަމުން - ފޮޓޯ: އަދަދު

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބަލަހައްޓަން ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރަން ސަރުކާރުން ނިންމާ އެކަމަށް ބޭނުންވާ ބިން މިދިޔަ މަހުގެ ނުވައެއްގައި މާލެ ސިޓީ ކައުންސިލާ ވަނީ ހަވާލުކޮށްފަ އެވެ.

ބުޅާ ފެސިލިޓީ އަޅަން އެގްރިކަލްޗާ މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކުރީ 5،000 އަކަފޫޓުގެ ބިމެއް ކަމަށެވެ. އެއީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މިނިސްޓްރީއާ ހަވާލުކުރި 18،000 އަކަފޫޓުގެ ބިމުން ބައެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ހުންނެވިއިރު މާލޭގެ މަގުމަތީގެ އުޅޭ ބުޅާތައް ބަލަހައްޓަން ސިޓީ ކައުންސިލުން ބަޖެޓު ކަނޑައަޅައި މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ގާއިމުކުރަން ފާސްކުރި އެވެ. ނަމަވެސް އޭރުވެސް މަސައްކަތް ކުރަން ނިންމި މުއްދަތުގައި އެކަން ނުވެ ފަހުން މުޅި މަޝްރޫއު މަޑުޖެހުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox