ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރުމަށް އޭސީސީ އާއި އިސްލާމިކް މިނިސްޓްރީގެ ފަހުމުނާމާއެއް

ކޮރަޕްޝަން ނައްތާލަން މަސައްކަތްކުރުމަށް އޭސީސީއާއި އިސްލާމިކް މިނިސްރީގެ ފަހުމުނާމާއެއްގައި ސޮއިކުރުން -- ފޮޓޯ: މިނިސްޓްރީ

ކޮރަޕްޝަން ނައްތާލަން މަސައްކަތްކުރުމަށް އޭސީސީއާއި އިސްލާމިކް މިނިސްރީގެ ފަހުމުނާމާއެއްގައި ސޮއިކުރުން -- ފޮޓޯ: މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަން ނައްތައިލުމަށް އޭސީސީގެ ލަފާގެ މަތިން މަސައްކަތް ކުރުމަށް އެ ދެ އިދާރާގެ މެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ.

މި ފަހުމުނާމާގެ ދަށުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި:

  • ކޮރަޕްޝަން ވިޔަ ނުދިނުމަށްޓަކާ ދެ ފަރާތް ގުޅިގެން ކުރެވޭ މަސައްކަތްތައް ދެނެގަތުން
  • ކޮރަޕްޝަން ނައްތާލުމުގެ މަގުސަދު ހާސިލުކުރުމަށް ކުރާނެ މަސައްކަތްތައް ކަނޑައެޅުން
  • ކޮރަޕްޝަން ވިޔަ ނުދިނުމަށް އޭސީސީން ދޭ ލަފަޔާ އިރުޝާދު ތަންފީޒުކުރުމުގަ ދެ ފަރާތުން ގުޅިގެން ކުރާނެ މަސައްކަތްތައް ކަނޑައެޅުން
  • ދެ އިދާރާއިން ކުރާ މަސައްކަތްތައް ފީޑްބެކް ޕްރޮސެސްއެއް ގާއިމުކޮށް، މީޑިއާއަށް މައުލޫމާތު ދިނުން

ފަހުމުނާމާގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީ ތެރޭގައި ކޮރަޕްޝަނަށް ޖާގަ ނުދެވޭނެ ކަމަށާއި، މިނިސްޓްރީގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށްދާނި އިންސާފުވެރިކަމާއި އެކީގައި ކަމަށެވެ.

"އޭގެ ތެރޭގަ ހައްޖާ ގުޅުން ހުރި ކަންތައްތަކާ އުމްރާއާ ގުޅޭ ކަންތައްތަކާ ޒަކާތާ އަދި އެކިއެކި ފަންޑުތަކާ ގުޅޭ ކަންތައްތައް، ރައްޔިތުން ހަވާލުކުރާ އަމާނާތެއްގެ ގޮތުގަ ވަރަށް ގިނަ ފައިސާ ބަލަހައްޓާ ތަނެއް[އިސްލާމިކް މިނިސްޓްރީ އަކީ]. އެހެންވީމަ އިތުބާރު ހިފޭ ގޮތުގެ މަތިން މިތާގެ ކަންކަން ބެލެހެއްޓުމަކީ މުހިއްމު ކަމެއް،" ޑރ. ޝަހީމް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީއަކީ ރައްޔިތުންނާއި ގުޅޭ ވަރަށް ގިނަ ކަންކަން ބަލަހައްޓާ މިނިސްޓްރީއެއް ކަމުން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރުން މުހިއްމުކަން ޝަހީމް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox