އިންޑިއާއާ އެކު ރާއްޖޭން އަސްކަރީ ތަމްރީނެއް ހަދާތީ ޔާމީނު ސުވާލު އުފައްދަވައިފި

ރާއްޖެ، އިންޑިއާ އަދި ސްރީލަންކާ ސިފައިން ބައިވެރިވާ އެކްސަސައިޒް، "ދޯސްތީ 16" ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެންޑީއެފް

ރާއްޖެ، އިންޑިއާ އަދި ސްރީލަންކާ ސިފައިން ބައިވެރިވާ އެކްސަސައިޒް، "ދޯސްތީ 16" ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ސަރުކާރުން ވަކި ތާރީހެއް ދީފައި ވާއިރު އިންޑިއާ ބައިވެރިވާ އަސްކަރީ ތަމްރީނެއްގައި ދިވެހި ސިފައިން ބައިވެރިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ސުވާލު އުފައްދަވައިފި އެެވެ.

ޔާމީނު އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި، އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ފައިބަން ސަރުކާރުން ވަކި ތާރީހެއް ދީފައި ވާއިރު، ރާއްޖޭން ސިފައިން ބޭލުމަކީ އިންޑިއާއިން ރުހުމުގައި ކުރާނެ ކަމެއް ނޫން ކަމަށެވެ. އެއީ އިންޑިއާގެ "އިންޓަރެސްޓްތަކެއް" ރާއްޖޭގައި އޮތީމާ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ގަދަބާރުން ނޫނީ ނުރުހުމުގައި، މުއްދަތު ދީގެން ބާލަން މުއްދަތު ދީފައި އޮތް ބަޔަކު ފައިބާނެ ކަމަށް ބުނާ އިރު ކިހިނެތްތޯއޭ އިންޑިއާ އިސްވެ އޮވެގެން ކުރިއަށް މިގެންދާ ދޯސްތީ ޕްރޮގްރާމެއްގައި ދިވެހިރާއްޖެ ބައިވެރިކުރާނީ؟" ޔާމީނުގެ ތާއީދާ އެކު މަޖިލީހަށް ވާދަކުރައްވާ، ކުރީގެ ޕޮލިސް ކަމިޝަނަރު ހުސައިން ވަހީދުއާ ޔާމީނު ސުވާލުކުރެއްވި އެެެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

އެ ސުވާލަށް ޖަވާބުދެއްވަމުން ހުސައިން ވަހީދު ވިދާޅުވީ "ދޯސްތީ އެކްސަސައިޒް" އަކީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ޒަމާނުއްސުރެ ކުރިއަށް ގެންދާ ހަރަކާތެއް ކަަމަށެވެ.

"އެއީ ދޯސްތުންގެ ގޮތުގައި [އެކުވެރިންގެ ގޮތުގައި] ތިބި އިރު،" އެހިސާބުން ޔާމީނު ވިދާޅުވި އެވެ.

ހުސައިން ވަހީދު ވިދާޅުވީ އެ އެކްސަސައިޒް ގައި ރާއްޖޭން ބައިވެރިވަނީ މިހާރު ވެސް "ދޯސްތުން"ގެ ގޮތުގައި ތިބީމާ ކަމަށެވެ. އެ އެކްސަސައިޒް ގޯސްކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ހަމަ، ރައްޔިތުންނަށް އަޅުގަނޑުގެ މި ވާހަކައިގެ މަތުލަބު އޮޅިދާނެއާ އެކީގައި [ދަންނަވާނީ]، މި އެކްސަސައިޒަކީ އެއްވެސް ޝައްކެެއް ނެތް ގޮތުގައި ދިވެހި ސިފައިންނަށް މުހިއްމު އެކްސަސައިޒެއް، މި އެކްސަސައިޒްގެ މެރިޓާ ދޭތެރޭ އަޅުގަނޑު ސުވާލެއް ނޫފައްދަން، އެއެއްނޫން އަޅުގަނޑުގެ ސުވާލަކީ، މިތަނުގައި އުޅޭ އިންޑިއާ ސިފައިން ތިބީމާ އެކަން ކަމުނުގޮސްގެން، މިސަރުކާރުން މުއްދަތުތަކެއް ދީ، ފައިބަން އަންގައި މިހުރިހާ ކަމެއް ކޮށްފައި އަދި ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދޭން ރައީސުލް ޖުމްހޫރިއްޔާ [އެ]ވާހަ އިއުލާނުކުރަމުން ގެންދަވާ އިރު އިންޑިއާ ބޭނުންވާނެހޭ އެވަރުގެ ދޯސްތީ ޕްރޮގްރާމެއް މިތާ ހިންގަން،" ޔާމީނު ވިދާޅުވި އެވެ.

އަންނަ މެއި މަހުގެ 10 ގެ ކުރިން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށްފަހު ޑޯނިއާ އާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރަން "ޓެކްނިކަލް" މީހުން ގެންނަން ދިވެހި ސަރުކާރާއެކު އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ސަރުކާރުން އޮތީ ކުރިން ބުނެފަ އެވެ.

ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ ކޯ ގްރޫޕްގެ ބައްދަލުވުމުގައި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މާޗް 10، ގެ ކުރިން ފޮނުވާލަން އެއްބަސްވެފައިވާ ކަމަށް ވެސް ބުންޏެވެ.

ދޯސްތީގައި ރާއްޖެ، އިންޑިއާ އަދި ލަންކާގެ ކޯސްޓް ގާޑުންގެ އިތުރުން، ބަންގްލަދޭޝްގެ އޮބްޒާވަރުން ވެސް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ދޯސްތީ އެކްސަސައިޒް އަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ތިން ގައުމު ގުޅިގެން ކުރިއަށް ގެންދާ ކަނޑުމަތީ އަސްކަރީ ތަމްރީނުު ޕޮރޮގްރާމެކެވެ. މީގެ 33 އަހަރު ކުރިން، 1991 ގައި ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox