އިންތިހާބު ފަސްކުރާ ބިލު ތަސްދީގު ނުކުރާތީ މަޖިލީހަށް ކުއްލި މައްސަލައެެއް

ކެބިނެޓު ބައްދަލުވުމެއްގައި ރައީސް މުއިއްޒު. މިހާރު އޮތް ގޮތުން މާޗު 17 ގައި އިންތިހާބު ބާްއްވާނެ -- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓު ބައްދަލުވުމެއްގައި ރައީސް މުއިއްޒު. މިހާރު އޮތް ގޮތުން މާޗު 17 ގައި އިންތިހާބު ބާްއްވާނެ -- ފޮޓޯ: ރައީސް އޮފީސް

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރުމަށް ޓަކައި އިންތިހާބުުތަކާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދިވެސް ތަސްދީގުނުކުރައްވާތީ އެ ބިލު އަވަހަށް ތަސްދީގުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ. ކުއްލި މައްސަލާގައި ވަހީދު ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުވިތާ ހަފުތާއެއް ވެފައި ވާއިރު އެ ބިލާ މެދު ގޮތެއް ނުނިންމަވައި ވަގުތު ބޭކާރު ކުރައްވަމުން ގެންދަވާ ކަމަށެެވެ.

ކުއްލި މައްސަލާގައި ވަހީދު ވިދާޅުވި ގޮތުގައި ރައީސް އެގޮތަށް ކަންތައް ކުރައްވަނީ ކުރިން ޝެޑިއުލްކޮށްފައިވާ ގޮތަށް މާޗް 17، ގައި އިންތިހާބު ބާއްވަން ސަރުކާރުން ބޭނުންވާތީ ކަމަށް ބެލެެވެ އެވެ.

މަޖިލީހުގެ އިންތިހާބު ރޯދަމަހާ ދިމާވާތީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެންނަން ފާސްކުރި ބަދަލުގައިވާ ގޮތުން އެއްވެސް އިންތިހާބެއް ރޯދަމާ ދިމާ ވެއްޖެ ނަަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދައިގެ 10 ދުވަސް ފަހުންނެވެ. އެ އީ ރައްޔިތުންނަށް ފަސޭހަ ކުރުމަށް ޓަކައި ހުރިހާ ޕާޓީތައް އެއްބަސް ކިޔައިގެން ފާސްކުރި ބިލެއް ކަމަށް ވަހީދު ވިދާޅުވި އެވެ.

"...ބިލު ތަސްދީގުނުކުރައްވައި ހިފަހައްޓައިގެން ހުންނެވުމުންނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ ރަސްމީ ތާރީހާ މެދު އޮޅުންބޮޅުން އަރާ ފަދަ ހާލަތެއްގައި ރައްޔިތުން ތިބޭން ޖެހުމަކީ ނުހަނު ކަންބޮޑުވާ ކަމެއް،" ކުއްލި މައްސަލާގައި ވަހީދު ވިދާޅުވި އެވެ.

ކުއްލި މައްސަލާގައި ރައީސް މުއިއްޒަށް ވަހީދު ގޮވައިލެއްވީ އެ ބިލު އަވަހަށް ތަސްދީގުކުރެއްވުމަށެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 24 މެމްބަރުންގެ ތެރެއިން 23 މެމްބަރަކު ވޯޓުދެއްވައިގެންނެވެ.

ކުއްލި މައްސަލަ ބަލައިގަނެ، ބަހުސްގެ ފުރަތަމަ ފުރުސަތުގައި ވަހީދު ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް މަޖިލީހުން ބަދަލުގެނައުމަކީ ހަމަ އެކަނި ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީން ނޫން ކަމަށެވެ. އެ ބިލު ފާސްކުރީ ރޯދަމަހުގެ ފަހަށް އިންތިހާބު ފަސްކުރަން ޕީއެންސީއާއި ޕީޕީއެމުން ވެސް ތާއީދުކުރި ކަމަށެވެ.

އިންތިހާބުތަކަށް ރައްޔިތުންގެ ތަރުހީބުކުޑަވަމުން އަންނަ ކަން މާލޭގެ މޭޔަރު ހޮވަން ބޭއްވި ބައިއިލެކްޝަންގައި ފެނިފައިވާ ކަމަށާއި ގިނަ ރައްޔިތުންނަށް ވޯޓުލެވޭނެ ގޮތަކަށް އިންތިހާބު ބޭއްވުން މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަމަޞާން މަހު މިހާ ބޮޑު އިންތިހާބެއް ބާއްވައިފި ނަމަ،މ އިއްޒަތްތެރި ރައީސް، މިއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން، ރާއްޖޭގެ ރައްޔިތުންނަށް އިންތިހާއަށް ބޮޑު ތަކުލީފަކަށް ވެ، ކެމްޕެއިންކުރާ އެކި އެކި ފަރާތްތަކަށް ، ކެންޑިޑޭޓުންނަށް އެކިއެކި ދަތިތައް ހުންނާނެތީވެ މި މަޖިލީހުން ، އަޅުގަނޑުމެން ހުރިހާ ފަރާތްތަކާ ވާހަކަދައްކައިގެން، ހުރިހާ ޕާޓީތަކާ ވާހަކަދައްކައިގެން، އެ ބޭފުޅުންގެ ބަސް ހޯދައިގެން އަދި ރައީސުލް ޖުމްހޫރިއްޔާ ވެސް އެ ވިދާޅުވާ ފަދައިން ރޯދަމަހު އަޅުކަމަށް ގިނަ ރައްޔިތުންނަށް ވަގުތު ތަނަވަސްވާނޭހެން ހެދުމުގެ ބޭނުމުގައި ރޯދަމަހުގެ ފަހަށް އިންތިހާބު ބޭއްވުމަށް ޓަކައި އަޅގަނޑުމެން ނިންމީ،" ވަހީދު ވިދާޅުވި އެެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގަައި އިންތިހާބު އަވަސްކުރަން ސަރުކާރުން ބޭނުން ވަނީ ދުވަހެއް ދުވަހަކަށް ރައްޔިތުންގެ ތާއީދު ކުޑަވަމުން ދާތީ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox