މިނިސްޓަރު އެދެނީ މަސްވެރިން މުޒާހަރާނުކޮށް މަހަށްދާން!

މުޒާހަރާ ކުރާ މަސްވެރިންނާ ޝިޔާމް ވާހަކަ ދައްކަވަނީ: މަސްވެރިންނަށް ދޭން ޖެހޭ 310 މިލިޔަން ރުފިޔާ މިފްކޯއިން ނުދީ އެބަ އޮތް -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މުޒާހަރާ ކުރާ މަސްވެރިންނާ ޝިޔާމް ވާހަކަ ދައްކަވަނީ: މަސްވެރިންނަށް ދޭން ޖެހޭ 310 މިލިޔަން ރުފިޔާ މިފްކޯއިން ނުދީ އެބަ އޮތް -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ހުވަދުއަތޮޅާއި އައްޑޫގައި މުޒާހަރާކުރަމުން ގެންދާ މަސްވެރިން، އެކަން ހުއްޓައިލުމަށްފަހު އެނބުރި މަސައްކަތަށް ދާން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް މިފްކޯއިން ނުދީ އޮތް ފައިސާ ދޭނެ އިންތިޒާމްގެ ތަފްސީލު މަސްވެރިންނާ މިހާރު އޮންނާނީ ހިއްސާކޮށްފައި ކަމަށެވެ.

"އާދެ، [މަސްވެރިން] މުޒާހަރާގައި އެބަތިބި، ކޫއްޑޫގައި ވެސް އެބަ ތިބި، އައްޑޫ ސިޓީގައި ވެސް މުޒާހަރާގައި މަސްވެރިން ތިބީ. އަޅުގަނޑުމެން މި އެދެނީ އެންމެ ދުވަހެއްގެ އާމްދަނީ ވެސް މަދުނުކޮށް، މުޒާހަރާ ހުއްޓާލާފައި މަސްވެރިން ހަމަ އާމްދަނީ ހޯދުމަށް ޓަކައި މަހަށް ވަޑައިގަންނަވާށޭ،" ޝިޔާމް ވިދާޅުވި އެވެ.

ފެބްރުއަރީ 26، ގެ ކުރިން 100 މިލިޔަން ރުފިޔާ ދީފައި އަނެއް ބައި މާޗް 5، ގެ ކުރިން ދީ ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވި ގޮތުގައި މިސަރުކާރު އައި އިރު މިފްކޯއިން މަސްވެރިންނަށް ދޫނުކޮށް އޮތް 280 މިލިޔަން ރުފިޔާއާ އެކު ޖުމްލަ 310 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޭން އެބަ އޮތެވެ. އެ ފައިސާ ނުދޭތީ ނުރުހުން ފާޅުކޮށް މިފްކޯގެ ކޫއްޑޫ މަސްފެކްޓްރީ ގައި މަސްވެރިން މުޒާހަރާކުރަން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މަސްވެރިން މުޒާހަރާ ކުރާތާ މިއަދަށް ތިން ދުވަސް ހަމަވާނެ އެވެ. އެ މުޒާހަރާގައި ގާތްގަނޑަކަށް 40 މަސްދޯނީގެ މަސްވެރިން ބައިވެރިވެ އެވެ. މަސްވެރިންނާ ވާހަކަ ދެއްކެވުމަށް ޝިޔާމް އާދީއްތަ ދުވަހު ކޫއްޑޫއަށް ވެސް ވަޑައިގަތެވެ. ނަމަވެސް މަސްވެރިންނާއެކު އެއްބަސްވުމަކަށް އާދެވިފައެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox