ހުލާސާކޮށް އިއްޔެ: އަނެއްކާ ވެސް ޔާމީން މިނިވަންކުރުމުގެ ވާހަކަ!

ޖަލުގައި ހުންނެވުމަށް ފަހު ކުރީގެ ރައީސް އަދި އޭރު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކުރި ދުވަހު، ޔާމީންގެ އަރިހުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު. ރިޔާސީ އިންތިހާބު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔާމީން ގޭ ބަންދަށް ބަދަލުކުރަން ނިންމެވި. -- ފޮޓޯ: އަދަދު

ޖަލުގައި ހުންނެވުމަށް ފަހު ކުރީގެ ރައީސް އަދި އޭރު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކުރި ދުވަހު، ޔާމީންގެ އަރިހުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު. ރިޔާސީ އިންތިހާބު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔާމީން ގޭ ބަންދަށް ބަދަލުކުރަން ނިންމެވި. -- ފޮޓޯ: އަދަދު

ކޮރަޕްޝަނުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުالله ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި, ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑިޝަރީ ހިނގަމުން ދަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ.

"އެއްވެސް ވަޒީރަކު, އެއްވެސް ކުންފުންޏެއްގެ ވެރިއަކު, އެއްވެސް އެމްޕީއަކު, ސަރުކާރުގެ އެއްވެސް މީހަކު ކޯޓުގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުވާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ކޯޓުތައް އެ ހިނގަނީ އެއްވެސް ނުފޫޒެއް ނެތި،" ރައީސް ވިދާޅުވި އެވެ.

ޖުޑިޝަރީ މިނިވަން ކުރުމާ ގުޅުވައި, ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒު އެންމެ ގިނައިން ދެއްކެވި އެއް ވާހަކައަކީ ޔާމީން މިނިވަން ކުރެއްވުމުގެ ވާހަކަ އެވެ.

ޖުޑިޝަރީގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާ ދުވަސްވެގެން ދިޔައިރުގައި ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ޝަރީއަތުގެ ތެރެއިން އެމަނިކުފާނަށް [ޔާމީންއަށް] ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް. އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރަކު ނުހުންނާނެ. އަދުލުވެރިކަން ފުރިހަމަ މިނުގައި ސާވް ކުރާ ސަރުކާރެއް މި ސަރުކާރަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވީ, ޔާމީނަކީ ކުށްވެރިއެއް ނޫންކަން ސާބިތުކޮށްދިނުމުން އެމަނިކުފާނު މިނިވަންވާނެ ކަމަށް ބުނެ ޔޫތު މިނިސްޓަރުގެ ޑެޕިއުޓީ މަރިޔަމް ޝިއުނާ ފާޅު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ވިސްނުން ކަމަށް ޔާމީނާއެކު މަސައްކަތް ކުރައްވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެފައި ވަނިކޮށެވެ.

"ރައީސް ޑރ. މުއިއްޒުގެ އެތެރެ ކޮއިލުގެ ބޭފުޅުން މިފަދަ ބޭއިންސާފުން ވާހަކަ ދެއްކެވީމަ އެކަމުން ސާބިތުވަނީ މިއީ ޑރ. މުއިއްޒުގެ ވިސްނުންކަން. އަދި ރިޔާސީ ކެމްޕެއިނުގެ ތެރޭ ރައްޔިތުންނަށް އޮޅުވާލެއްވީކަން. މިހާރު މައްސަލައަށް އަތް ބާނުއްވަނީ ކޮން ބައެއްކަން ސާފު. އަނިޔާވެރިކަން ނިމެނޭނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. އެއިރު އިދިކޮޅު ފަރާތްތަކުން އެ ހުކުމް ސިފަ ކުރީ އެއީ "ހަރާމް ހުކުމެއް" ގެ ގޮތުގަ އެވެ.

ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. ނަމަވެސް ސަރުކާރުން މިހާރު ބުނަނީ ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ޝަރީއަތަށް ސަރުކާރުން ނުފޫޒު ނުފޯރުވަން ކަމަށާއި ޔާމީން މިނިވަންކުރަން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު މިހާރު ފުދިފައިވާ ކަމަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox