މިދިޔަ އަހަރުގެ ފަހު ބައިގައި ރިޕޯޓްކުރި ކުށުގެ 78 ޕަސެންޓަކީ މާލޭގައި ހިނގި ކުށްތައް: ފުލުހުން

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައން އާދަމް ބިލްޑިން، ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައން އާދަމް ބިލްޑިން، ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މުޅި ރާއްޖެއިން ރިޕޯޓްކުރި ކުށުގެ 78 އިންސައްތައަކީ މާލެ ސަރަހައްދުގައި ހިންގާފައިވާ ކުށްތައް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން މިއަދު އާންމު ކުރި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުގައި ވާގޮތުން މުޅި ރާއްޖެއިން އެ މުއައްސަސާއަށް ރިޕޯޓްކުރި ކުށުގެ ޖުމުލަ އަދަދަކީ 8907 އެކެވެ. އެއީ ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ނިންމި މައްސަލަތަކުގެ އިތުރުން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ޖުމުލަ އެވެ. އޭގެތެރެއިން 6965 މައްސަލައަކީ ހަމައެކަނި މާލެ ސަރަހައްދުގައި ހިނގާފައިވާ ކުށްތަކާ ގުޅޭ މައްސަލަތަކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދުން ތަހުގީގު ކުރި އަދި ކުރަމުންދާ ޖުމުލަ މައްސަލަތަކުގެ އަދަދަކީ 3337 އެކެވެ. ދެވަނައަށް އެންމެ ގިނަ މައްސަލަތައް ފުލުހުން ތަހުގީގު ކޮށްފައި ވަނީ އައްޑޫއިންނެވެ. އެއީ 183 އެކެވެ. އެ ދެ ސިޓީ ނުހިމަނައި މުޅި ރާއްޖެއިން އެ މުއައްސަސާއިން ތަހުގީގު ކޮށްފައި ވަނީ 805 މައްސަލަ އެވެ.

ފުލުހުންގެ ރިޕޯޓުގައި ވާގޮތުން ތަހުގީގު ނިންމައި ފައިލް ކުރި މައްސަލަތައް ވެސް އެންމެ ގިނައީ މާލެ ސަރަހައްދުގަ އެވެ. މުޅި ރާއްޖެއިން ތަހުގީގުކޮށް ނިންމައި ފައިލް ކުރި މައްސަލަތަކުގެ ޖުމުލަ އަދަދު 828 އަށް އަރާއިރު، މާލެ ސަރަހައްދުން އެކަނި ތަހުގީގު ނިންމައި ފައިލް ކުރި މައްސަލަތަކުގެ އަދަދު ހުރީ 3478 ގަ އެވެ.

ތަހުގީގީ މަރުހަލާ ނިންމައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ އަދަދަށް ބަލާއިރު ވެސް މުޅި ރާއްޖެއަށްވުރެ މާލެ ސަރަހައްދުގެ މައްސަލަތަކުގެ އަދަދު ހުރީ މަތީގަ އެވެ. މުޅި ރާއްޖެއިން ތަހުގީގީ މަރުހަލާ ނިންމައި ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ އަދަދު 126 ގައި ހުރިއިރު، މާލެއިން ތަހުގީގީ މަރުހަލާ ނިންމައި ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ އަދަދު ހުރީ 150 ގަ އެވެ.

މުޅި ރާއްޖެއިން ރިކޯޑު ކުރެވުނު ކުށުގެ އަދަދަށްވުރެ ހުރިހާ ދާއިރާއަކުން ވެސް މާލެ ސަރަހައްދުގައި މައްސަލަތައް ގިނައިރު، ރާއްޖޭގެ އާބާދީގެ 41 އިންސައްތަ އުޅެނީ މާލޭގަ އެވެ. 2022 ވަނަ އަހަރު ކުރިއަށް ގެންދިޔަ ސެންސަސް ބޯހިޔާވަހިކަމުގެ ދިރާސާއިން ދައްކާ ގޮތުގައި މާލޭގައި 212،138 މީހުން ދިރިއުޅެ އެވެ.

މާލޭގައި ކުށްކުރާ އަދަދު އިތުރުވަމުންދާ ދިއުމުގެ ފުރަގަހުގައި އޮތީ ހައްލު ނުކުރެވި އޮތް އިޖުތިމާއީ އެތައް މައްސަލަތަކެއް ކަމަށް ކަމާ ގުޅޭ މާހިރުން ވިދާޅުވެ އެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީ ކުރުމުގެ ބަދަލުގައި ހަމައެކަނި މާލެ ސަރަހައްދަށް ތަރައްގީ ގެނެސް، މާލެއަށް ހިޖުރަ ކުރަން ރާއްޖޭގެ ބޮޑު އާބާދީއަކަށް މަޖުބޫރު ކުރުވުމާއި މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައި ނުދީ މާލެ ތޮއްޖެއްސުމަކީ މާލޭގައި ކުށްތައް އިތުރުވެ އިޖުތިމާއީ މައްސަލަތައް އިންތިހާއަށް އިތުރުވުމުގެ ފަހަތުގައި އޮތް ސަބަބުތައް ކަމަށް މާލޭގައި ދިރިއުޅޭ ރައްޔިތުން އަބަދުވެސް ބުނެ އެވެ.

8907

6965

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox