ހުލާސާކޮށް އިއްޔެ: ގުޅިފަޅު ހިއްކުން ހުއްޓުވުން

ގުޅިފަޅު: ކުރީގެ ސަރުކާރުން ޕްލޭން ކުރީ މިތަނުގައި ވިޔަފާރި ބަނދަރު ގާއިމުކޮށް އަދި މީހުން ދިރިއުޅުމަށް ގޯތި ދިނުމަށް. -- ފޮޓޯ: އަދަދު

ގުޅިފަޅު: ކުރީގެ ސަރުކާރުން ޕްލޭން ކުރީ މިތަނުގައި ވިޔަފާރި ބަނދަރު ގާއިމުކޮށް އަދި މީހުން ދިރިއުޅުމަށް ގޯތި ދިނުމަށް. -- ފޮޓޯ: އަދަދު

ކުރީ ސަރުކާރުން ގޯތި ދިނުމަށާއި ފްލެޓް އެޅުމަށާއި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރާ ގޮތަށް ހިއްކަން ފެށި ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މި ހިނދުން ފެށިގެން މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ އަމުރު ކުރި އެވެ.

ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ނިންމެވި އެވެ.

ހައިކޯޓުން މި މައްސަލައިގައި އަމުރު ނެރުނީ، ސިވިލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް އިއްވަންދެން ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ޖެހޭ ކަމަށެވެ. އެ ކޯޓުން މި އަމަރު ނެރުނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ނުފެންނަ ކަމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކުރަން ހުށަހެޅުމުންނެވެ.

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އެވެ.

ގުޅިފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއްކަމުގައިވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ފަނާ ވެގެންދާނެ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.

މި މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތު ލިބުނު ރައުޔުގައި މި ނިންމުމަށް ވާސިލުވީ ސަބަބެއް ކަމަށް ފާހަގަކުރީ ދައުލަތަށް ލިބެން އޮތް މާލީ ގެއްލުމާ އަޅާކިޔާއިރު، ތިމާވެށި ރައްކާތެރިކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފި ނަމަ އިއާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބި، ދިގު މުއްތަކަށް ދެމިގެން ގޮސްދާނެ ގެއްލުންތަކެއް ލިބުމެވެ.

ތިމާވެއްޓަށް ގެއްލުން ވަމުންދާ ކަމަށް ފަނޑިޔާރުން ނިންމީ އީއައިއޭ ރިޕޯޓުގައި ބަޔާންކުރާ މިންވަރަށް ސެޑިމެންޓޭޝަން މިންގަނޑުތައް ނުހިފެހެއްޓުމުންނެވެ. ކޯޓުގައި މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި ބައެއް ހާލަތްތަކުގައި ސެޑިމެންޓޭޝަން 50 ޕަސެންޓާއި 100 ޕަސެންޓަށް އަރާފައިވާ ކަން ވެސް ސެޑިމެންޓޭޝަން ރޭޓް މޮނިޓަރިން ރިޕޯޓުތަކުން އެނގެ އެވެ.

މިއީ ތިމާވެއްޓަށް ގެއްލުން ވާތީ ރާއްޖޭގައި ހިންގަމުން ދިޔަ ބިޔަ މަޝްރޫއެއް ކޯޓަކުން ހުއްޓުވި ފުރަތަމަ ފަހަރެވެ.

ހައި ކޯޓުގައި މި މައްސަލަ ބެލީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله ގެ ރައުޔަށް ފަނޑިޔާރު ހުޒައިފާ މުހައްމަދު ތާއީދު ކުރެއްވިއިރު ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު ތަފާތެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox