31 ރަށަކަށް އެސްޓީއޯ އިން މަކިޓާ އޭޖެންޓުން ހޯދަނީ

މާލެ، އެސްޓީއޯ މަކިޓާ ޝޯރޫމް. 31 ރަށެއްގައި މަކިޓާ ޓޫލްސް ވިއްކާނެ އެޖެންޓުން ހޯދަން ވަނީ އިއުލާނުކޮށްފަ ---- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލެ، އެސްޓީއޯ މަކިޓާ ޝޯރޫމް. 31 ރަށެއްގައި މަކިޓާ ޓޫލްސް ވިއްކާނެ އެޖެންޓުން ހޯދަން ވަނީ އިއުލާނުކޮށްފަ ---- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެސްޓީއޯ އިން އެތެރެކޮށް ވިއްކާ މަކިޓާ ބްރޭންޑްގެ ޕަވަ ޓޫލްސްތައް ރަށްރަށުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން 31 ރަށަކުން އެޖެންޓުން ހޯދަން އިއުލާންކޮށްފި އެވެ.

އެސްޓީއޯއިން އެޖެންޓުން ހޯދާ ރަށްތަކަކީ ހއ. ދިއްދޫ، ށ. ފުނަދު، މިލަންދޫ، ނ. ވެލިދޫ، މަނަދޫ، ރ. ދުވާފަރު، މީދޫ، އަލިފުށި އުނގޫފާރު، ބ. ތުޅާދޫ، ޅ. ނައިފަރު، ހިންނަވަރު، ކ. ކާށިދޫ، ހިންމަފުށި، ގުޅި، ތުލުސްދޫ، އއ. ރަސްދޫ، ތޮއްޑޫ، އދ. މަހިބަދޫ، މާމިގިލި، ވ ކެޔޮދޫ، މ މުލަށް، ދިއްގަރު، މުލި، ފ.ނިލަންދޫ، ދ ކުޑަހުވަދޫ، މީދޫ، ތ ތިމަރަފުށި، ވިލުފުށި އަދި ލ. އިސްދު އާއި މާވަށެވެ.

އެސްޓީއޯއިން ބުނީ އެއިން ކޮންމެ ރަށަކުން ދެ އެޖެންޓުން ނަގާނެ ކަމަށެވެ.

އެ ރަށްރަށުގައި މަކިޓާ ޓޫލްސް ވިއްކައި ދޭން އެޖެންޓުންނަށް ވާން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްއެދި މާޗް 14، ގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ މަކިޓާ ޝޯރޫމުންނާއިި ކުންފުނީގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ އެވެ.

ފޯމް ހުށަހަޅާ އިރު ރަށުގެ ނަމާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 7980240 އިން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox