އޭސީއެއް މަރާމާތުކުރުމުގެ މަސައްކަތް ކުރަން އެރި މީހަކު ވައި ގޮޅިއަށް ވެއްޓި ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ލިބުނު ކަމަށެވެ.
އަދި އެ ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ދަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެނގިފައިވާ ގޮތުގައި ވައިގޮޅިއަށް ވެއްޓުނު މީހާ ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އެ ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.















