ޝިޔާމްގެ ބަސް: "25ރ. އަށް މަސް ގަންނަ ނަމަ ސަބްސިޑީއަށް 1.1 ބިލިއަން ރުފިޔާ ހޭދަވާނެ"

"އަދަދު" އަށް މިނިސްޓަރު ޝިޔާމް އިންޓަވިއު ދެއްވަނީ. ބޮޑު އަގުގައި މަސް ގަންނަ ވަރު ރާއްޖޭގެ މާލިއްޔަތުގައި ނެތްކަން މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވި --- ފޮޓޯ: މިރާން ނާޝިމް/އަދަދު

"އަދަދު" އަށް މިނިސްޓަރު ޝިޔާމް އިންޓަވިއު ދެއްވަނީ. ބޮޑު އަގުގައި މަސް ގަންނަ ވަރު ރާއްޖޭގެ މާލިއްޔަތުގައި ނެތްކަން މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވި --- ފޮޓޯ: މިރާން ނާޝިމް/އަދަދު

މިއަހަރުގެ ތެރޭގައި މަހުގެ އަގު ކިލޯއަކަށް 25ރ. ގެ ރޭޓުން ބަހައްޓައި މަސް ގަންނަ ކަމަށްވާނަމަ މިފްކޯއަށް 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބެލެވޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު ޔައުގޫބް ވަނީ މަހުގެ އަގު ކުޑަކުރުމާ ގުޅޭގޮތުން ޝިޔާމާ ސުވާލުކުރައްވާފަ އެވެ. އެ ސުވާލަކީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފޮނުވި ސުވާލެކެވެ. އޭރު މަހުގެ އަގު ކުޑަ ނުކުރެ އެވެ.

"17 ރުފިޔާއަށް ގަންނަމުން އައި މަސް 25 ރުފިޔާއަށް ބަދަލުކުރި ކުރުން ވެގެންދިޔައީ ގާތްގަނޑަކަށް މިފްކޯގެ ހިންގުމުގެ ހަރަދު ނުލާ ވެސް އެއީ 2.60ރ. ގެ ގެއްލުމަކަށް. މިފްކޯގެ ހަރަދު 35 އިންސައްތަ ބެލިޔަސް މި ދައްކަނީ 11 ރުފިޔާގެ ގެއްލުމުގެ ވާހަކަ. އެއީ ދައުލަތުގެ އާމްދަނީ މިވަގުތު ހުރި ގޮތުން ދައުލަތަށް ވަރަށް ބޮޑު ބުރައެއް," ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ޝިޔާމް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެބުރު ދޭތެރެއިން މަހުގެ 25ރ. އަށް ބޮޑުކުރި އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ މިއަދުން ފެށިގެން އަނެއްކާ ވެސް މަހުގެ އަގު 20ރ. އަށް ކުޑަކޮށްފަ އެވެ.

"ފުރަތަމަ ބުރުގެ ވޯޓާއި ދެވަނަ ބުރުގެ ވޯޓާ ދޭތެރޭ އޭރުގެ ސަރުކާރުން ގެނައި ބަދަލަކީ ސީދާ ސިޔާސީ ބޭނުމެއްގައި އެއްވެސް ވަރެއްގެ ދިރާސާއެއް [ނުކޮށް], ހެޔޮ ނިޔަތެއް އޮވެގެން ކުރި ކަމެއް ކަމަށް އޭރު ވެސް އަދި މިހާރު ވެސް ނުދެކެން," ޔައުގޫބް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ބަޖެޓު ކުރީ ސަބްސިޑީއަށް 250 މިލިއަން ރުފިޔާ ކަމަށާއި އަގު ބޮޑުކުރުމުން 500 މިލިއަން ރުފިޔާއަށް އެ އަދަދު އިތުރުވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިހާރު ލިބޭ އާމްދަނީއާއެކު 1.1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދިނުމަކީ ސަރުކާރަށް ކެރި ކުޅަދާނަ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. މަސްވެރިންގެ ފަރާތުން އިވޭ ވާހަކައަކީ މަސްވެރިންނަށް ބަރާބަރާށް ފައިސާ ދެވޭނެ އަގެއްގައި ދައުލަތަށް ވެސް ރާއްޖޭގެ އެހެން ރައްޔިތުންނަށް ވެސް މިއީ ބުރައަކަށް އުނދަގުލަކަށް ނުވާނެ ގޮތަށް އަގު ހިފެހެއްޓުން," ސަރުކާރުގެ މާލީ ހާލަތާ ގުޅޭގޮތުން ޝިޔާމް ވިދާޅުވި އެވެ.

ނޮވެމްބަރު 16، ގެ ނިޔަލަށް (ކުރީ ސަރުކާރުގެ ދައުރު ހަމަވުމާ ހަމައަށް) މަސްވެރިންނަށް ދަރާފައިވާ އަދަދަކީ 195 މިލިއަން ރުފިޔާ އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ މީގެ ބައެއް ބިލުތަކަށް ފައިސާ ދައްކައި ހަލާސްކޮށްފައިވެ އެވެ.

ނަމަވެސް، ބެކްލޮގުގައި ހުރި ބިލުތަކަށް ފައިސާ ދައްކަމުން ދިޔުމާ ގުޅިގެން ކިރަމުން އަންނަ މަހަށް ބަރާބަރަށް ފައިސާ ދެވޭނެ ގޮތެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމު ވިދާޅުވެފައިވާ ވާހަކަތަކުން ދޭހަވެ އެވެ. މިކަން ހައްލުކުރަން ސަރުކާރުން ވިސްނަނީ ސޮވަރިން ގެރެންޓީ ދީފައި ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox