އިމްރާން ޚާން އާއި އަނބިކަނބަލުންގެ ކައިވެނި ސައްހަ ނޫން ކަމަށް ކަނޑައަޅައި ހަތް އަހަރުގެ ޖަލު ހުކުމެއް

އިމްރާން ޚާން އާއި އަނބިކަނބަލުންނަށް (ވ) އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވުން

އިމްރާން ޚާން އާއި އަނބިކަނބަލުންނަށް (ވ) އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވުން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބީބީގެ ކައިވެނި ސައްހަ ނޫން ކަމަށް ކަނޑައަޅައި، އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އާންމު އިންތިހާބުގައި ބުރާސްފަތި ދުވަހު ބާއްވާ ބާއްވާއިރު، އެ އިންތިހާބުގައި ވާދަކުރުން ހުއްޓުވުމަށްޓަކައި މިއީ އިމްރާނަށް ހަފުތާއެއްގެ ތެރޭގައި އިއްވި ތިން ވަނަ ހުކުމެވެ.

އުމުރުން 71 އަހަރު އިމްރާން ޚާން އާއި 49 އަހަރުގެ ބުޝްރާ ބީބީއަށް ހޮނިހިރު ދުވަހު ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި މިވަނީ އެ ދެބޭކަނބަލުން 2018 ވަނަ އަހަރު ކައިވެނި ކުރެއްވީ އިސްލާމީ ޝަރީއަތާ ހިލާފަށް ކަނޑައެޅުމަށް ފަހު އެވެ. އެހެންވެ، ޖަލު ހުކުމުގެ އިތުރުން 3،560 ޑޮލަރުގެ ޖޫރިމަނާއެއްވެސް ވަނީކޮށްފަ އެވެ.

އިސްލާމީ ޝަރީއަތާ ހިލާފު ކައިވެންޏެއް އިމްރާން ޚާން އާއި ބުޝްރާ ބީބީ ކޮށްފައިވާ ކަމަށް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އަހަރު ބުޝްރާ ބީބީގެ ކުރީގެ ފިރިމީހާ ހަވާރު މަނެކާ އެވެ. އޭނާ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އިސްލާމީ ޝަރީއަތުގައި ބުނާ ތިން މަސް ދުވަހުގެ އިއްދަ ހަމަނުވަނީސް ބުޝްރާ ބީބީ އިމްރާން ޚާންއާ ކައިވެނި ބައްލަވައިގަނެފައިވާ ކަމަށް ބުނެ އެވެ.

އިސްލާމީ ޝަރީއަތުގައި އަންހެނާގެ އިއްދައަކީ، ވަރިކުރިއިރު އިނީ ހައްޔަރުގައިކަމަށް ނުވާނަމަ، ވަރިކުރި ދުވަހުން ފެށިގެން 3 ހައިޟާއި 3 ތުހުރު ހަމަވަންދެން ހިނގާ މުއްދަތުވެވެ. އެއީ ހަނދުމަހުގެ 3 މަސްދުވަހެވެ.

މަނެކާ ބުނާ ގޮތުން އޭނާއާ ބުޝްރާ ބީބީ ކޮށްފައިވާ ކައިވެނި ރޫޅިފައި ވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހެވެ. ނަމަވެސް އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރަކަށް 2018 ގައި ހޮވުމުގެ ކުރިން އެ އަހަރުގެ ފެބްރުއަރީ މަހު ބުޝްރާ ބީބީއާ ވަނީ ކައިވެނި ބައްލަވާގަނެފަ އެވެ.

މިއީ އިމްރާން ޚާން އާއި ބުޝްރާ ބީބީއަށް ފާއިތުވި ހަތަރު ދުވަހެއް ތެރޭގައި އިއްވި ތިން ވަނަ ހުކުމެވެ. މިދިޔަ ހަފްތާގައި އެ ދެކަނބަލުންގެ މައްޗަށް ދައުލަތަށް ލިބިފައިވާ ބައެއް ހަދިޔާތައް ވިއްކިކަން ސާބިތުވި ކަމަށް ކަނޑައަޅައި 14 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފަ އެވެ.

އޭގެ ކުރިން މިދިޔަ އަންގާރަ ދުވަހު ދައުލަތުގެ ސިއްރުތަކެއް ލީކު ކުރިކަން ސާބިތުވި ކަމަށް ކަނޑައަޅައި އިމްރާން ޚާންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފަ އެވެ.

އޮގަސްޓް 2018 އިން ފެށިގެން އޭޕްރީލް 2022 އާ ހަމައަށް ޕާކިސްތާނުގެ ބޮޑުވަޒީރަކަށް ހުންނެވި އިމްރާން ހާންގެ މައްޗަށް އެކި ތުހުމަތުތައްކޮށް ޖަލަށް ލުމަށް ހުކުމްތަކެއް ކުރަމުން އަންނަނީ ޕާކިސްތާނުގެ އާންމު އިންތިހާބުގައި ވާދަކުރެވޭނެ ދޮރުތައް ބަންދު ކުރުމަށް ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވާއިރު، ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.

ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ ތިން އަހަރަށް ޖަލަށްލުމާ ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އިމްރާން ޚާން ހުންނެވީ ޖަލުގަ އެވެ. އަދި އިތުރު ޖަލު ހުކުމްތަކާއެކު އެމަނިކުފާނަށް ޖަލުގައި އޮންނަވަން ޖެހޭ މުއްދަތު 34 އަށް ވަނީ އިތުރުވެގެން ގޮސްފަ އެވެ.

ޕާކިސްތާނު އާންމު އިންތިހާބު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކޮށްފައިވާ އިމްރާން ޚާންގެ ތާއީދު އޮތް ދެ ކެންޑިޑޭޓަކު ވަނީ މަރާލާފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox