ހުލާސާކޮށް އިއްޔެ: ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށް އަރާ

ހުލާސާކޮށް އިއްޔެ: ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށް އަރާ

ސްކޭމްތަކުގެ މައްސަލަތައް ރިކޯޑު ކުރަން ފެށީއްސުރެ މިހައިތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށްވުރެ އިތުރު ކަމަށް ފުލުހުންގެ އިދާރާއިން އިއްޔެ ބުންޏެވެ.

އެ އިދާރާއިން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޭމްގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅޭ ކަމަށާއި ސްކޭމްތައް މަދު ކުރުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"2021 އިން ފެށިގެން އަޅުގަނޑުމެން ރިކޯޑު ބަލަހައްޓަން ފެށިއިރުގައި މިހައިތަނަށް އަޅުގަނޑުމެންނަށް ހުށަހެޅިފައި އެބައޮތް 28،003 މައްސަލައެއް، 28،003 ސްކޭމްގެ އެކި ބާވަތުގެ މައްސަލަތައް ހުށަހެޅިފައިވާއިރު އޭގެ ޖުމުލަ ގެއްލުން 57.8 މިލިއަން ވަރު އެބައުޅޭ، އެއީ ހަމައެކަނި ދިވެހި ފައިސާއިން އަދި ޑޮލަރު ވެސް އެބަހުރި، 64 ލައްކަ ޑޮލަރު ގެއްލިފައި ޖުމުލަ ޓޯޓަލް އަދަދު،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ސްކޭމްތަކުގައި ގެއްލުނު ކަމަށް ފުލުހުންގެ އިދާރާގައި ރިކޯޑު ކުރެވިފައިވާ ޖުމުލަ 156 މިލިއަން ރުފިޔާގެ ތެރެއިން އަނބުރާ ހޯދުނީ އެއް މިލިއަން ރުފިޔާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ސްކޭމްތަކުގެ ގޮތުގައި އާންމުކޮށް ހުށަހެޅޭ މައްސަލަތައް ވެސް މިއަދުގެ ބައްދަލުވުމުގައި ރަޝީދު ކިޔައިދެއްވި އެވެ. އޭގެތެރޭގައި ހިމެނެނީ:

  • ތެރޭގައި ފޯނު ކޯލު މެދުވެރިކޮށް ފުލެޓެއް ލިބިގެން ނުވަތަ ކޮންމެވެސް ބިމެއް ލިބިގެން ކަމަށް ބުނެ ހިންގާ ސްކޭމްތައް
  • ފޯނަށް ފޮނުވާ ލިންކެއް ބޭނުންކޮށްގެން މީހާގެ ޕާސަނަލް އިނފޮމޭޝަން ނޫނީ ޕާސަނަލް އެކައުންޓުތަކުގެ އިންފޮމޭޝަންތައް ނަގައިގެން ހެކުކޮށްގެން ކުރާ ސްކޭމްތައް
  • ޕްރޮމޯޝަނެއް ހިންގާ ކަމަށް ބުނެ ނޫނީ އިނާމެއް ލިބިގެންކަމަށް ބުނެ މެސެޖު ފޮނުވައިގެން ހިންގާ ސްކޭމްތައް
  • ރިލޯޑު އަދި ރާސްޓަސް މެދުވެރިކޮށް ހިންގާ ސްކޭމްތައް
  • ނުދަންނަ ނަންބަރަކުން ގުޅައި އާއިލީ ދަންނަ މީހަކަށް ނޫނީ ރައްޓެއްސަކަށް ހެދިގެން ބޭންކު އެކައުންޓަށް ފައިސާ ޖަމާކޮށްދޭން ބުނެ ހިންގާ ސްކޭމްތައް
  • ސޯޝަލްމީޑިއާގެ އެކިއެކި ޕްޓުފޯމުތަކުގައި ޑޮލަރު ވިއްކަމުންދާ ކަމަށްބުނެ ހިންގަމުންދާ ސްކޭމްތައް
  • ސޯޝަލްމީޑިއާ ޕްލެޓުފޯމުތަކުގައި ބަދުއަހުލާގީ އަމަލުތައް ހިންގުމަށް ނުވަތަ ހަށިވިއްކުމުގެ އަމަލުތައް ޕްރޮމޯޓު ކުރަން ނުވަތަ އެކަމާ ގުޅުވައިގެން ހިންގޭ ސްކޭމްތައް
  • ސޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި ނޫނީ އެހެންގޮތަކުން ވެސް އެކި ބާވަތްބާވަތުގެ މުދާ ވިއްކައިގެން ހިންގާ ސްކޭމްތައް
  • ސްކޭން އެންޑު ޕޭ ބޭނުންކޮށްގެންނާއި އޯޓީޕީ ހޯދައިގެން ހިންގޭ ސްކޭމްތައް
  • އީސިމް ބަދަލުކޮށްގެން ހިންގާ ސްކޭމްތައް
  • އެއިރަކު މުޖުތަމައުގައި އެންމެ ހިނގާ ކަންކަން، މިސާލަކަށް ފަލަސްތީނު ފަންޑަށް އެހީވުމަށް ކަމަށްބުނެ ހިންގާ ސްކޭމްތައް

ރަޝީދު ވިދާޅުވީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން މަދު ކުރުމުގެ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގުރާމުތައް ގުޅުންހުރި އިދާރާތަކާއި ކުންފުނިތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހިންގޭ ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަކުގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ރަޝީދު ވިދާޅުވި އެވެ. ނަމަވެސް ސްކޭމް ކުރާ މީހުން އެކަން ކުރަނީ އެއް ދޮރު ބަންދުކޮށްފިއްޔާ އިތުރު ގޮތެއް ހޯދައިގެން ކަމަށް ވާތީ އުނދަގޫތަކެއް ހުންނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ސްކޭމް ހިންގައިގެން ކުރާ ކުށްތަކުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވަމުން ރަޝީދު ވިދާޅުވީ 2022 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު ހުށަހެޅުނު ސްކޭމްގެ މައްސަލަތައް މަދު ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު 1087 މައްސަލަ ކަމަށާއި މިދިޔަ އަހަރު ރިކޯޑު ކުރެވިފައި ވަނީ 971 މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ގެއްލުންވި ފައިސާގެ އަދަދަށް ބަލާއިރު މިދިޔަ އަހަރު ގެއްލުނު ފައިސާގެ އަދަދު އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު އިތުރުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ސަބަބެއްގެ ގޮތުގައި ރަޝީދު ފާހަގަ ކުރެއްވީ 2023 ވަނަ އަހަރު ކުރީކޮޅު ބޭންކު އެކައުންޓުތައް ހެކުކޮށްގެން މީހުންގެ އެކައުންޓުތައް ސްކޭމަރުންގެ ބާރުގެ ދަށަށް ގެންގޮސްގެން ހިންގާފައިވާ ވައްކަންތައް ގިނަ ކަމެވެ.

ސްކޭމްތަކުގެ ކުށްތައް ތަހުގީގު ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ވެސް ރަޝީދު ފާހަގަ ކުރެއްވި އެވެ. އެ ގޮންޖެހުންތަކުން އަރައިގަނެ ކުށްމަދު ކުރުމަށް މިދިޔަ އަހަރުން ފެށިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox