އިމްރާން ޚާން އާއި އަނބިކަނބަލުންނަށް 14 އަހަރުގެ ޖަލު ހުކުމެއް

Feb 1, 2024, 1:16 AM
އިމްރާން ޚާން އާއި އަނބިކަނބަލުން ބުޝްރާ

އިމްރާން ޚާން އާއި އަނބިކަނބަލުން ބުޝްރާ

ޕާކިސްތާނުގެ އާންމު އިންތިހާބު ބޯމަތިވެފައި ވަނިކޮށް އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވައިފި އެވެ.

މިއީ ފާއިތުވެ ދިޔަ ދެ ދުވަހުގެ ތެރޭގައި އިމްރާން ހާންގެ މައްޗަށް އިއްވި ދެ ވަނަ ޖަލު ހުކުމެވެ. އަންގާރަ ދުވަހު ޕާކިސްތާނުގެ އަސްކަރީ ކޯޓުން ވަނީ، އިމްރާން ޚާން ދައުލަތުގެ ސިއްރުތަކެއް ލީކު ކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ރާވަލްޕިންޑީގެ އެކައުންޓަބިލިޓީ ކޯޓުން އިއްޔެ އިމްރާން ޚާންގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި މިވަނީ އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ދައުލަތަށް ލިބިފައިވާ ބައެއް ހަދިޔާ ވިއްކި ބުނެ ހުށަހެޅި މައްސަލައިގަ އެވެ.

Advertisement

އަނބިކަނބަލުން ބުޝްރާ ބީބީއަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެކަމުގައި ބައިވެރިވިކަން ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.

އޮގަސްޓް 2018 އިން ފެށިގެން އޭޕްރީލް 2022 އާ ހަމައަށް ޕާކިސްތާނުގެ ބޮޑުވަޒީރަކަށް ހުންނެވި އިމްރާން ހާންގެ މައްޗަށް އެކި ތުހުމަތުތައްކޮށް ޖަލަށް ލުމަށް ހުކުމްތަކެއް ކުރަމުން އަންނަނީ ޕާކިސްތާނުގެ އާންމު އިންތިހާބުގައި ވާދަކުރެވޭނެ ދޮރުތައް ބަންދު ކުރުމަށް ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވަ އެވެ.

ދެ ހުކުމްވެސް ޕާކިސްތާނުގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް އިމްރާން ޚާންގެ ގާނޫނީ ވަކީލުން ވަނީ ނިންމައިފަ އެވެ.

ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ ތިން އަހަރަށް ޖަލަށްލުމާ ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އިމްރާން ޚާން ހުންނެވީ ޖަލުގަ އެވެ. އަދި އިތުރު ޖަލު ހުކުމްތަކާއެކު އެމަނިކުފާނަށް ޖަލުގައި އޮންނަވަން ޖެހޭ މުއްދަތު 27 އަހަރަށް މިހާރު ވަނީ އިތުރުވެގެން ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox