އިސްލާމިކް މިނިސްޓްރީން މުސްއަބް ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި

Jan 24, 2024, 8:23 AM
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބް އަބްދުﷲ އޭނާ ވަޒީފާއިން ވަކިކުރީ ސިއްރު ލިއުމެއް ސޯޝަލް މީޑިއާއަށް ލީ މައްސަލާގައި. ފޮޓޯ: ސޯޝަލް މީޑިއާ

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބް އަބްދުﷲ އޭނާ ވަޒީފާއިން ވަކިކުރީ ސިއްރު ލިއުމެއް ސޯޝަލް މީޑިއާއަށް ލީ މައްސަލާގައި. ފޮޓޯ: ސޯޝަލް މީޑިއާ

އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމުން 2020 ވަނަ އަހަރު މުސްއަބް އަބްދުﷲ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މުސްއަބުގެ ދެ މައްސަލައެއް ބެލުމަށް ފަހު އޭގެ ތެރެއިން އެއް މައްސަލާގައި އޭނާ މަގާމުން ވަކިކުރީ ސެޕްޓެމްބަރު 10، 2020 ގަ އެވެ.

އެ ކޮމިޝަނުން ބެލި އެއް މައްސަލައަކީ ގަވާއިދާ ހިލާފަށް މިނިސްޓްރީގައި ނެތް މުވައްޒަފަކު މުސާރައިގެ ނިޒާމު ތެރޭގައި ރަޖިސްޓާކޮށް އެ މީހަކަށް މުސާރަ ދިން ކަމަށް ބުނާ މައްސަަލައެކެވެ.

އަނެއް މައްސަލައަކީ މެއި 17، 2019 ގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓުވިޓާގައި މުސްއަބު އާންމު ކުރި ކަމަށް ބުނާ މައްސަލަ އެވެ. މުސްއަބު ވަކިކުރީ އެ މައްސަލާގަ އެވެ.

އޭނާ މަގާމުން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މައްސަލަ ނިންމީ ސިވިލް ސާވިސް ކޮމިޝަނާ އެއް ކޮޅަށެވެ. މުސްއަބު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

ހައި ކޯޓުގައި މައްސަލަ ބެލުމަށް ފަހު އޯގަސްޓު 28، 2022 ގައި ކުރި ހުކުމުގައި ވަނީ މުސްއަބުގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް، ގިނަ މައްސަލަތަކެއް ސީއެސްސީއަށް ހުށަހެޅި ނަމަވެސް ހައި ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ބަލަން ޖެހޭނީ ވަޒީފާއިން ވަކިކުރި ސަބަބުގައި ހިމެނޭ މައްސަލައަށް އެކަނި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޝަރީއަތުގައި ދައުލަތާ ސުވާލު ކުރުމުން، އެ ލިޔެކިޔުމަކީ ދައުލަތުގެ ރަސްމީ ލިޔުމެއްކަން އަދި ސިއްރު ލިޔެކިޔުމަކަށްވާ ސަބަބެއް ދައުލަތަށް ކިޔައިދެވިފައި ނުވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ސީއެސްސީން ބަލަމުން ދިޔަ އެކި މައްސަލަތަކާ ގުޅުވައި، ހަތަރު ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ބެހެއްޓިއިރު އެ ގޮތަށް ކޮމިޝަނުން އަމަލުކުރި ގާނޫނީ ސަބަބެއް ނުވަތަ ހުއްޖަތެއް ވެސް ޝަރީއަތުގައި ކިޔައިދެވިފައި ނުވާ ކަން މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ.

މުސްއަބުގެ ފަރާތުން ވަޒީފާ އިއާދަކޮށްދިނުމަށް އެދިފައިނުވާތީ އާއި އިސްލާމިކް މިިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއަކު މިހާރު ކަނޑައަޅާފައިވާތީ ޝަރީއަތުން ނިންމެވީ މުސްއަބަށް ގަވާއިދާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެކަނި އަމުރު ކުރެއްވުމަށެވެ.

އެގޮތުން މުސްއަބު ސަސްޕެންޑްކޮށްފައިވާ މުއްދަތުގައި އިނާޔަތްތައް ހިމެނޭ ގޮތަށް މުސާރައިގެ ގޮތުގައި ލިބެން ޖެހޭ 86،333.33ރ. އާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގައިވާ މުއްދަތު ހަމަވާއިރު މުސާރައަށްވާ 1،113،333.33ރ. އޭނާއަށް ދިނުމަށް އަމުރު ކުރެއްވި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު މިއަދު ހުކުމް ކުރީ މުސްއަބަށް ބަދަލުދޭން ހައިކޯޓުގެ ހުކުމުގައި ކޮށްފައިވާ އަމުރު ބާތިލުކޮށް އެ ހުކުމުގެ އެހެން ބައިތައް ދެމެހެއްޓުމަށެވެ. އެހެން ނަމަވެސް ބަދަލު ހޯދަން ވަކި މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައެޅި އެވެ.

އެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާއު އައިޝާ ސުޖޫމް މުހައްމަދާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox