ހުލާސާކޮށް އިއްޔެ: ތައިލެންޑާއި ޔޫއޭއީން ބޭސްކުރުން

ހުލާސާކޮށް އިއްޔެ: ތައިލެންޑާއި ޔޫއޭއީން ބޭސްކުރުން

އާސަންދަ މެދުވެރިކޮށް ތައިލެންޑާއި ޔޫއޭއީއަށް ބޭސްފަރުވާއަށް މީހުން ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އާސަންދައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޭސްފަރުވާއަށް ތައިލެންޑާއި ޔޫއޭއީއަށް މީހުން ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވާތީ އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުން ހުރި އެހެން އިދާރާތަކާއިއެކު ކުރަމުން އަންނަ ކަމަށެވެ.

އެހެން ގައުމުތަކަށް ބޭސްފަރުވާއަށް މީހުން ފޮނުވުމުގެ ވިސްނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކުރިން ބުނެފައި ވާނީ، އޭރު އެފަދަ ވިސްނުމެއް ނެތުމުން ކަމަށާއި، އޭރު ހިދުމަތް ފުޅާކުރަން ނިންމައި އިއުލާނު ނުކުރާކަމަށް ވެސް އެ ބަޔާނުގައި އާސަންދައިން ބުންޏެވެ.

"މިހާރު، ސަރުކާރުން ރަސްމީކޮށް އެކަން އިއުލާންކުރުމުން، އޭގެ މާ ކުރިން ދެކެވިފައިވާ ވާހަކަތަކަކަށް ރިއާޔަތްކޮށް މިއީ މި ކުންފުނިން "ދެކޮޅު" ކަމެއްގެ ގޮތުގައި އާއްމުންނަށް ސިފަވާހެން ހަބަރު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމެއް" އާސަންދައިގެ ބަޔާނުގައި ބުންޏެވެ.

މިދިޔަ ޑިސެމްބަރު 17ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ އެފަދަ ވިސްނުމެއް ނެތް ކަަމަށާއި، އެހެން ގައުމުތަކަށް މީހުން ފޮނުވުން ވާނީ މާލީ ބުރައަކަށް ކަމަށެވެ.

"އަގުގެ ތަފާތު ހަމަ ވަރަށް ބޮޑު. މިހާރު ވެސް އަދި އިންޑިއާ، ސްރީލަންކާއަށް އެކަނި ފޮނުވާއިރު ވެސް މި ދައްކަނީ ހަމަ ސްކީމްގެ ކޮސްޓު ބޮޑުވެގެންދާ ވާހަ ކަ ދެއްތޯ. އެކަމަކު މި ބެންކޮކް ތަންތަނަށް އަދި ހަމަ އަގުގެ ތަފާތު ހުރޭ ވަރަށް ބޮޑަށް. ޓިކެޓް އެކަނި ބަލާލިޔަސް ހަމަ ކޮސްޓުގެ ޑިފަރެންސެއް އާދޭ." ޒީނިޔާ އޭރު ވިދާޅުވި އެވެ.

ޔޫއޭއީ އާއި ތައިލޭންޑަށް އާސަންދައިން ބޭސްފަރުވާއަށް ފޮނުވުމުގެ މަސައްކަތްކުރާކަން ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެއާޕޯޓުގައި ހުންނަވައިގެން ރައީސް މުއިއްޒު އެވެ.

"އާސަންދައަކީ ވަކި ގައުމަކުން ހުންނަ މެޑިކަލް ފެސިލިޓީތަކަށް ގޮސްގެން ލިބޭ ގޮތަށް ނަހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީއާއި ތައިލެންޑްއަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރާނަން،" ރައީސް މުއިއްޒު އޭރު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox