ނައްތާލެވިފައިވާ ބަލިތައް އަލުން އިއާދަވިޔަ ނުދިނުމަށްޓަކައި މުޖުތަމައުގެ އެއްބާރުލުން މުހިންމު: ނައިބު ރައީސް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް "މަދިރިން ރައްކާ" ކެމްޕެއިން ގައި، މި ކެމްޕެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރިއަށް ގެންދަމުން -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް "މަދިރިން ރައްކާ" ކެމްޕެއިން ގައި، މި ކެމްޕެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރިއަށް ގެންދަމުން -- ފޮޓޯ: ރައީސް އޮފީސް

ނައްތާލެވިފައިވާ ބަލިތައް އަލުން އިއާދަވިޔަ ނުދިނުމަށް މުޖުތަމައުގެ އެއްބާރުލުން މުހިންމު ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުން ދާތީ މަދިރި މަދުކުރުމަށް "މަދިރިން ރައްކާ" ގެ ނަމުގައި ކުރިއަށް ގެންދާ ގައުމީ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ނައްތާލެވިފައިވާ ބަލިތައް އަލުން ފެނުމުން މާޔޫސްވުމާއި ނުތަނަވަސްކަން އާންމުންގެ ތެރޭގައި އުފެދޭނެ ކަމަށެވެ.

އެހެންނަމަވެސް، އެފަދަ ބަލިތަކާ ދެކޮޅަށް މިއަދު ފެށި ކެމްޕެއިން ފަދަ ހަރަކާތްތަކުގެ ސަބަބުން، އެ ނުތަނަވަސްކަން ނެތި، އާންމުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"މިއަދު އެންމެ މުހިންމު ކަމަކީ މިހާލަތުން އަރައިގަތުމަށް މުޖުތަމައުގެ ތެރޭގައި އޮތް ފަރުދުންގެ އެއްބާރުލުން ދެއްކުން، ތާރީހުން މި ފަދަ އެއްބާރުލުން މީގެ ކުރިން ވަނީ ދައްކާފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މަދަރި އާލާވާނެ ފަދަ ތަންތަން މަދުކޮށް، މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ސާފުތާހުރި ކަމަށް ހާއްސަ އިސްކަމެއް ދޭން ޖެހޭކަން ފާހަގަކުރެއްވި އެވެ. އަދި މަދިރި އާލާވާނެ ފަދަ ގޮތްތަކަށް ހުރި ތަންތަން ނައްތާލައި މަދިރި އާލާވިޔަ ނުދިނުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ހާއްސަ ގޮތެއްގައި ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން މި ކަމަށް ސަމާލުވުން މުހިންމު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް މަދިރި އާލާވާނެ ފަދަ ތަންތަން ނައްތާލުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެދިވަޑައިގަތެވެ.

"މަދިރީގެ ސަބަބުން ޒިކާ، ޑެންގޫ ފަދަ ނުރައްކާތެރި ބަލިތައް އެބަ ޖެހޭ، ޑެންގޫގެ ސަބަބުން ގާތް މީހުން ދުނިޔެ ދޫކުރުމުގެ ހިތާމައާ ވެސް ކުރިމަތިލާން ޖެހިފައި އެބަ ހުރި. އެހެންވީމަ މަދިރި ނައްތާލުމުގެ މުހިންމުކަން މިކަމުން ހާމަވޭ. މެލޭރިއާ އަދި ފައިލޭރިއާ ފަދަ ނައްތާލެވިފައިވާ ބަލިތައް އަލުން ނުފެތުރި އެގޮތަށް އޮތުން އެއީ ބޭނުންވާ ގޮތް،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ސާފުކުރުމުގެ ބޮޑު ހަރަކާތް ކުރިއަށް ދަނީ ހެލްތް މިނިސްޓްރީ އާއި ހެލްތް ޕޮރޮޓެކްޝަން އެޖެންސީ އަދި ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ.

އެ ހަރަކާތުގެ ދަށުން މާލެ އާއި ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައި ވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފަ އެވެ. އެ ހަރަކާތް މިއަދު ހެނދުނުން ފެށިގެން އެކި ހިސާބުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ސާފުކުރުމުގެ ގައުމީ ކެމްޕެއިނެއް ފަށާފައި މިވަނީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާ ބައްޔަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތަކެއް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ބައްޔަށް ޕޮޒިޓިވް މީހުންތަކެއް އެންމެ ފުރަތަމަ ފެނުނީ ހދ. ކުޅުދުއްފުށިންނެވެ. އޭގެ ފަހުން، މާލެ ސަރަހައްދުން ވެސް ބައްޔަށް ޕޮޒިޓިވް ބިދޭސީންތަކެއް ފެނިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox