އިސްލާމިކް މިނިސްޓްރީން, ފަންޑުތައް ތަރައްގީކުރަން އެމްއައިބީއާއެކު އެއްބަސްވެއްޖެ

އިސްލާމިކް މިނިސްޓްރީން, ފަންޑުތައް ތަރައްގީކުރަން އެމްއައިބީއާއެކު ސޮއިކުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން, ފަންޑުތައް ތަރައްގީކުރަން އެމްއައިބީއާއެކު ސޮއިކުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ފަނޑުތައް ތަރައްގީ ކުރަން މޯލްޑިވްސް އިސްލާމިކް ބޭންކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިއަދު އިސްލާމިކް މިނިސްޓްރީއާއި, އެމްއައިބީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރާނީ ޒަކާތު ފަންޑު, އަވްގާފް ފަންޑު އަދި ހައްޖު ފަންޑެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރައްމިއްޔާތެއްގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި އެމްއައިބީގެ ސީއީއޯ މުފައްދަލް އިދުރިސް ޚުމްރީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޒަކާތު ފަންޑު އިތުރަށް ތަރައްގީކޮށް ރައްޔިތުންނަށް ފަސޭތަކެއް ހޯދައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ. އަދި ވަގްފްގެ މަޝްރޫއުތައް ހުރިހާ އަތޮޅެއްގައި ހިންގުމަށްވެސް މެނިފެސްޓޯގައި ހިމަނާފައި ވެއެވެ.

ރައީސް މުއިއްޒު ވަނީ ދާދި ފަހުން "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އާ އިދާރާއެއް އުފައްދަވައި, އެ އިދާރާ އިފްތިތާހު ކޮށްދެއްވައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރަށު ވަގުފާއި އަތޮޅު ވަގުފްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއެކު ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންދާ ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ރަށްރަށުގައި ދީނީ ތައުލީމު ދޭ ތަންތަން އިތުރުކޮށް ރައްޔިތުންނަށް އިތުރު ފަސޭހަ ގޮތްތަކެއް ހޯދައި ދެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox