ވިލާ ކޮލެޖުގެ އޯޕަން ޑޭ: ކިޔެވުން ތަޖުރިބާ ކޮށްލުމާއި ވަޒީފާގެ ފުރުސަތުތައް އެއް ފުރާޅެއްގެ ދަށުން

މިދިޔަ އަހަރު ބޭއްވި ވިލާ ކޮލެޖުގެ އޯޕަންޑޭގެ ހަރަކާތްތަކުގެ ތެރެއިން. -- ފޮޓޯ: ވިލާ ކޮލެޖު

މިދިޔަ އަހަރު ބޭއްވި ވިލާ ކޮލެޖުގެ އޯޕަންޑޭގެ ހަރަކާތްތަކުގެ ތެރެއިން. -- ފޮޓޯ: ވިލާ ކޮލެޖު

ސްކޫލް ދައުރު ނިމުމުން ކޮންމެ ދަރިވަރަކު ވެސް މިސްރާބު ޖަހަނީ މުސްތަގުބަލު އާރާސްތުކުރާނެ މަގެއް ހޯދުމަށެވެ. އެއްބައި ކުދިން ހިޔާރުކުރަނީ އިތުރަށް ކިޔަވައިގެން، ކޮންމެވެސް ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރާށެވެ. އަނެއް ބައި ކުދިން އަވަސްވެގަންނަނީ ވަޒީފާއެއް ހޯދާށެވެ. ހާލަތު ނިޔާ ކުރާ ގޮތުން މި ދެކަން އެއް ފަހަރާ ފަށައިގަންނަން ޖެހޭ ކުދިން ވެސް މަދެއް ނުވާނެ އެވެ.

މިއިން ކަމެއްގައި ކުރިއަށް ދާނެ ގޮތުގެ އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ ނުވަތަ މައުލޫމާތެއް ބޭނުންވާ ނަމަ ދާންވީ މާދަމާ އޮންނަ ވިލާ ކޮލެޖުގެ އޯޕަން ޑޭ އާއި ކެރިއާ ފެއާއަށެވެ.

ވިލާ ކޮލެޖުގެ ގޯތި ތެރޭގައި ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި، އަންނަ ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މައުލޫމާތު ލިބޭނެ އެވެ. ބޭނުން ނަމަ ކޯސްތަކަށް ވަންނަން އޯޕަންޑޭގެ ތެރެއިން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. ހުށަހެޅުމާ އެކީ ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން އަދި ކޯހަށް ރަޖިސްޓްރީ ވެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި މީގެ އިތުރުން ލެކްޗަރާއިންނާއި ބައްދަލުކޮށްލުމުގު ފުރުސަތު، އަދި މިހާރުގެ ދަރިވަރުންނާއި ބައްދަލުކޮށް އެ ކުދިންގެ ތަޖުރިބާ އޮޅުންފިލުވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އަދި ވިލާ ކޮލެޖުގެ ކިޔަވައި ދިނުމާއި އުނގަންނައި ދިނުން އަމިއްލައަށް ތަޖުރިބާ ކޮށްލެވޭ ގޮތަށް ހިލޭ ބައިވެރިވެވޭ ޑެމޯ ކްލާސްތައް ވެސް އޮންނާނެ އެވެ.

މި ކްލާސްތައް ބިނާ ވެފައި ވަނީ ވިލާ ކޮލެޖުގައި ހިންގޭ ބައެއް ޕްރޮގްރާމްތަކުގެ މުގައްރަރުގެ ތެރެއިން، ވީހާވެސް ގިނަ ދަރިވަރުން ޝައުގުވެރިވާނެ ފަދަ މައުލޫތަކަށް ސަމާލުކަން ދީގެންނެވެ. މިގޮތުން ބައިވެރިވެވޭ ކްލާސްތަކާއި، އެ ކްލާސްތައް އޮންނަ ގަޑިއަކީ:

  • ސައިކޮލޮޖީ ދާއިރާއިން: ސެލްފް އެސްޓީމް އެންޑް ރިސާޗް އަދި ބައޮލޮޖިކަލް ސައިކޮލޮޖީ - 20:00 އިން 21:00 އަށް
  • ޓީޗިން ދާއިރާއިން: ޖެނެރަލް މެތެމެޓިކްސް - 21:00 އިން 22:00 އަށް
  • އިންޖިނިއަރިންގެ ދާއިރާއިން: ސެންސިން ދަ ވޯލްޑް: ސެންސާޒް އިން ޑޭ ޓު ޑޭ ލައިފް - 17:00 އިން 18:00 އަށް އަދި އާޑުއިނޯ އޯސަމްނަސް: ޑައިވް އިންޓު ރޮބޮޓިކްސް - 21:00 އިން 22:00 އަށް
  • އިންޖިނިއަރިން ސިމިއުލޭޝަން އަދި މެކޭނިކަލް ލެބް އެކްސްޕީރިއަންސް - 20:00 އިން 21:00 އަށް
  • ޗައިނީސް ލެންގުއޭޖް ދާއިރާއިން: ހެލޯ ޗައިނީސް – 18:30 އިން 19:30 އަށް

ވިލާ ކޮލެޖު ކެރިއާ ފެއާ

ވިލާ ކޮލެޖުގެ އިންޑަސްޓްރީ ޕާޓްނަރުންނާއި ގުޅިގެން އެ ކުންފުނިތަކުގައި ހުރި ވަޒީފާތަކުގެ ފުރުސަތުތަކާއި ބެހޭ މަޢުލޫމާތު ދިނުމަށް ބޭއްވޭ ކެރިއާ ފެއާއެއް އޮންނާނެ އެވެ. މި ފެއާގައި ޓޫރިޒަމާއި އެކައުންޓިން އާއި އިންޖިނިއަރިން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބައިވެރި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކްރޯ މޯލްޑިވްސް
  • އީ ވައި (އާންސްޓް އެންޑް ޔަންގް)
  • ޔުނިވާސަލް ރިސޯޓްސް
  • ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް
  • ވިލާ ގްރޫޕް
  • ސީޓީއެލް ސްޓްރެޓެޖީސް
  • އެމްޓީސީސީ
  • ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)
  • ވެމްކޯ

މީގެ އިތުރުން ވިލާ ކޮލެޖުގައި ހުރި ވަޒީފާތަކުގެ ފުރުސަތުތަކުގެ މަޢުލޫމާތު ވެސް ކެރިއާ ފެއާގެ ތެރޭގައި ލިބިގެން ދާނެ އެވެ

މިދިޔަ އަހަރުގެ އޯޕަންޑޭގެ ހަރަކާތްތަކުގެ ތެރެއިން. -- ފޮޓޯ: ވިލާ ކޮލެޖު
މިދިޔަ އަހަރުގެ އޯޕަންޑޭގެ ހަރަކާތްތަކުގެ ތެރެއިން. -- ފޮޓޯ: ވިލާ ކޮލެޖު

މިދިޔަ އަހަރުގެ އޯޕަންޑޭގެ ހަރަކާތްތަކުގެ ތެރެއިން. -- ފޮޓޯ: ވިލާ ކޮލެޖު

އޯޕަންޑޭގައި އާންމުންނަށް ހިލޭ ލިބޭ ހިދުމަތްތަކާއި ނަސީބުވެރިއަކަށް އިނާމު

ވިލާ ކޮލެޖުގެ އޯޕަންޑޭގެ ތެރެއިން އާންމުނަން މުހިއްމު ބައެއް ހިދުމަތްތައް ވެސް ހިލޭ ލިބެގެން ދާނެ އެވެ. މިގޮތުން ހިލޭ ގާނޫނީ ލަދާދޭ ލޯ ކްލިނިކަކާއި ވައިޓަލް ޗެކްކުރުން އަދި ހަކުރު ބެލުން ފަދަ ހެލްތު ސްކްރީނިން ހިދުމަތްތައް ވެސް ލިބޭނެ އެވެ.

އެގޮތުން ހިލޭ ގާނޫނީ ލަފާދޭ ލޯ ކްލިނިކުގެ ހިދުމަތް އޯޕަންޑޭ ހިނގަމުންދާ ހުރިހާ ވަގުތެއްގައި ވެސް ލިބެން ހުންނާނެ އެވެ. ހަމައެހެންމެ ހެލްތު ސްކްރީނިންގެ ކަންކަން ވެސް ހުރިހާ ވަގުތެއްގައި ކުރިއަށް ދާނެ އެވެ. މީގެ އިތުރުން ދަރިމައިވުމުގެ ސިއްހަތާ ބެހޭ މައުލޫމާތު ވެސް މި އޯޕަންޑޭގެ ތެރެއިން ދިނުމަށް ހަމަޖެހިފައި ވެ އެވެ.

މީގެ ތެރޭގައި މައްސަރުކަންތަކާއި ގުޅޭ މައުލޫމާއި ތަފާތު ކެންސަރުގެ ވައްތަރުތަކުން ރައްކާތެރިވުމާއި ބެހޭ މަޢުލޫމާތު ހޯދަން ސިއްހީ ދާއިރާގެ ބޭފުންނާ އެކު ވަކިވަކިން ވާހަކަ ދައްކާލުމުގު އިންތިޒާމް ވެސް ހަމަޖެހިފައި ވެ އެވެ.

ވިލާ ކޮލެޖުގެ އޯޕަންޑޭގެ ތެރެއިން ތަފާތު ކުޅިވަރު ހަރަކާތްތަކާއި އަދި ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ނަސީބު ވެރި ފަރާތަކަށް ހާއްސަ އިނާމެއް ވެސް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox