ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއުއަށް ކުރެވޭ ޖިނާއީ ކުށެއްގެ ތުހުމަތުގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ޝަފީއުއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކެއް ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ދައުލަތުގެ ވަކީލު ޝަފީއު އަންނަނީ ޕީޖީ އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވަމުންނެވެ. އަދި ރައީސް އަބްދުﷲ ޔާމީނުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވީ ވެސް އޭނާ އެވެ.
ޝަފީއު މީގެ ކުރިން ވަނީ ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގައި ނޫސްވެރިއެއްގެ ވަޒީފާގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ.












