ހުލާސާކޮށް އިއްޔެ: މިކަމަށް ރައީސް އޮފީހުގެ ޖަވާބެއް ނެތް

Dec 13, 2023, 2:14 AM
އިޒްރޭލު ޕާސްޕޯޓު

އިޒްރޭލު ޕާސްޕޯޓު

އިޒްރޭލުން ފަލަސްތީން އާންމު ރައްޔިތުން މަރަމުންދާތީ، އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އައުން މަނާކުރަން ލަފާދީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން ދޭނެ ޖަވާބެއް ނެތް ކަމަށް އެ އޮފީހުން އިއްޔެ ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނޮވެމްބަރު 16 ގައި ރައީސް އޮފީހަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ "މިވަގުތު ތި ސުވާލަށް އަރުވާނެ ވަކި ޖަވާބެއް ނެތް" ކަމަށެވެ.

"މިއީ ރައްޔިތުންގެ މަޖިލީހާއި ކެބިނެޓާއި ގުޅިގެން ކުރައްވާފައި އޮތް ސުވާލަކަށް ވާތީ މިވަގުތު ތި ސުވާލަށް އަރުވާނެ ވަކި ޖަވާބެއް ނެތް،" ހަލީލު ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައީސްއަށް ލަފާ އަރުވަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމީ އެ ކޮމިޓީގެ ހިމެނޭ މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ނިންމީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގޮވާލާ މަޖިލީހުގެ އިދާރާ ކައިރި މުޒާހަރާ ކުރުމުން އެ މަޖިލީހުގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ނިންމައި އެ ސިޓީ މަޖިލީހުން ފޮނުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަހު، ނޮވެމްބަރު 16 ގައި ކަމަށް މަޖިލީހުން ބުނެ އެވެ.

ޑިސެމްބަރު 5 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގެ މައްސަލަ ކެބިނެޓާ ހަމައަށް ގެންނަވާނެ ކަމަށާއި އެ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުހެ ގަރާރެއް، އަޅުގަނޑަށް ދާދި ދެންމެ އަކު މައުލޫމާތު ލިބުނީ އޭޖީ އޮފީހަށް ރައްޔިތުންގެ މަޖިލީހުން ނިންމާފަ އޮތް ގަރާރެއް އެބަ އޮތޭ އައިސްފަ، އެހެންވީމަ އެ ގަރާރު ދިރާސާކޮށްފަ، އަޅުގަނޑުމެންނަށް މަޖުބޫރުވާ ކަމެއް ނުވަތަ ކުރަންޖެހޭ ކަމެއް ވެއްޖިއްޔާ ވަގުތުން ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 18،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި 8،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގައި ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ފާހަގަކުރެވެނީ ރާއްޖެއަށް އިޒްރޭލު ރައްޔިތުން އައުން މަނާކުރަން ގޮވާލާ ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކެވެ. ފަލަސްތީނުގެ ރައްޔިތުން ފުރިހަމަ މިނިވަންކަމަށް ކުރަމުންދާ ދަތުރުގައި ދިވެހިންނަކީ އަބަދުވެސް އެ ގައުމަށް އެންމެ ތާއީދުކޮށް ހިތްވަރުދޭ އެއް ގައުމެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox