ބޮއިކޮޓު ކެމްޕޭނާ ގުޅިގެން ޕޫމާއިން އިޒްރޭލުގެ ފުޓްބޯޅަ ޓީމުގެ ސްޕޮންސާޝިޕް އުވާލަން ނިންމައިފި

ޕޫމާއާ ދެކޮޅަށް ހިންގި ހަރަކާތުގެ ތެރެއިން: ބޮއިކޮޓު ކެމްޕޭނާ ގުޅިގެން ޕޫމާއިން އިޒްރޭލުގެ ފުޓްބޯޅަ ޓީމުގެ ސްޕޮންސާޝިޕް އުވާލަން ނިންމައިފި - ފޮޓޯ:

ޕޫމާއާ ދެކޮޅަށް ހިންގި ހަރަކާތުގެ ތެރެއިން: ބޮއިކޮޓު ކެމްޕޭނާ ގުޅިގެން ޕޫމާއިން އިޒްރޭލުގެ ފުޓްބޯޅަ ޓީމުގެ ސްޕޮންސާޝިޕް އުވާލަން ނިންމައިފި - ފޮޓޯ:

އިޒްރޭލުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ޖާޒީ ސްޕޮންސާ ކުރަމުން އަންނަ ޕޫމާ ބްރޭންޑުން، ސްޕޮންސާޝިޕު ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

އިޒްރޭލުގެ ފުޓްބޯޅަ ޓީމުގެ ރަސްމީ ކިޓު ސްޕޮންސާ ކުރަން ޕޫމާއިން އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޓައިމްސް އިން ބުނާ ގޮތުގައި ޕޫމާއިން މިހާރު ވަނީ އެ އެއްބަސްވުން އާ ނުކުރަން ނިންމާފަ އެވެ.

އެހެންކަމުން އަންނަ މަހުން ފެށިގެން އިޒްރޭލުގެ ފުޓްބޯޅަ ޓީމުގެ ކިޓު ޕާޓްނަރެއްގެ ގޮތުގައި ޕޫމާއެއް ނޯންނާނެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޕޫމާއިން އެ ނިންމުން ނިންމީ އެ ބްރޭންޑު ބޮއިކޮޓް ކުރަން ކުރިއަށްގެންދާ ކެމްޕެއިނުގެ ސަބަބުން ކުރިމަތިވަމުންދާ މާލީ ގެއްލުންތަކާ ހެދި އެވެ.

ޕޫމާ ހިމެނޭހެން އިޒްރޭލަށް ވާގިވެރިވާ އަދި އިޒްރޭލުން މިލްކު ކުރާ ވިޔަފާރިތައް ބޮއިކޮޓު ކުރުމަށް ކުރަމުންދާ ކެމްޕޭން މިހާރު ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. ސަބަބަކީ އޮކްޓޯބަރު 7، އިން ފެށިގެން އިޒްރޭލުން ކެނޑިނޭޅި ގާޒާއަށް ދެމުންދާ ހަމަލާތަކެވެ.

އިންތިޒާމުވެގެން ހިންގާ އެ ބޮއިކޮޓު ކެމްޕޭނުގައި ހަރަކާތްތެރިވާ އިސްވެރިން ވަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ އިޒްރޭލުން އާބާދުކޮށްފައިވާ ތަންތަނަށް ޕޫމާއިން އެހީތެރިވާ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ޕޫމާއިން މިކަން ދޮގުކުރެ އެވެ. ބޮއިކޮޓު ހަރަކާތުން 2018 އިން ފެށިގެން ޕޫމާއަށް ދަނީ ޓާގެޓު ކުރަމުންނެވެ.

ޕޫމާގެ އިތުރުން މި ކެމްޕޭނާ ގުޅިގެން ފާއިތުވި ދެ ހަފުތާގެ ތެރޭގައި 11 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެ ކުންފުނިން ވެސް ބުނެ އެވެ. ސްޓާބަކްސްއާ ހަވާލާދީ ވޯލް ސްޓްރީޓު ޖާނަލްއިން ރިޕޯޓުކޮށްފައި ވާގޮތުގައި އެ ކުންފުނީގެ މާކެޓު އަގު ވަނީ ވިދިވިދިގެން 12 ދުވަހު ދަށަށް ގޮސްފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދެ މަސްދުވަހު ގާޒާއަށް މެދުނުކެނޑި ބޮންއަޅާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 17،000 އަށް ވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި 7،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox