ފުށިދިއްގަރު ފަޅު ހިއްކުން އުނިކޮށް 49.8 ބިލިއަނުގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ރިޔާސަތު, 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުން ---- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ރިޔާސަތު, 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުން ---- ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ސަރުކާރުން އެދިގެން ފުށިދިއްގަރު ފަޅު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހިމަނައިފަ އެވެ.

މިރޭ ކޮމިޓީން ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކި ދާއިރާތަކުން 306 މިލިއަން ރުފިޔާ ބަޖެޓަށް ވަނީ އިތުރުކޮށްފަ އެވެ.

ރާއްޖެ-މޮރިޝަސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލާގައި ރާއްޖެއަށް ގެއްލުނު ކަނޑުގެ ބައި ހޯދުމަށް ކުރާ މަސައްކަތުގައި ގާނޫނީ މަސައްކަތްތައް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް 10 މިލިއަން ރުފިޔާ އިތުރުކުރަން ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން, ބަޖެޓު ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ބަޖެޓުކޮށްފައިވާ އަދަދުތަކަށް ބަދަލު ގެންނަން ހުށަހަޅާފަ އެވެ.

ޔައުގޫބްގެ ހުށަހެޅުއްވުމުގައި ބަޖެޓުން ޕީއެސްއައިޕީ ބައެއް މަޝްރޫއުތަކަށް ހުށަހަޅާފައިވާ އަދަދު މަދު ކުރުމަށާއި، ބައެއް މަޝްރޫއުތަކުގެ ސްކޯޕް ބަދަލުކޮށް މަޝްރޫއުތަކެއް އުނިކުރުމަށް ވަނީ ހިމަނާފަ އެވެ. އަދި ބަޖެޓަށް އިތުރު މަޝްރޫއުތަކެއް އިތުރުކުރުމަށް ވެސް ހުށަހެޅުއްވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ޕީއެސްއައިޕީ ބަޖެޓުން އުނިކުރަން ޔައުގޫބް ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން ހިއްކަން ނިންމި ފުށިދިއްގަރު ފަޅު ހިއްކުން ވެސް ހިމެނެ އެވެ. އެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ހަރަދުކުަރަން ބަޖެޓަށް އޮތީ ހުށަހަޅާފަ އެވެ.

ޔައޫގޫބްގެ އެ ހުށަހެޅުއްވުމަށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތާއީދުކޮށް ވޯޓަށް އެހުމުން ކޮމިޓީން ވަނީ އެ ބަދަލުތައް ފާސްކޮށްފަ އެވެ.

ޔައުގޫބްގެ ހުށަހެޅުއްވުމާ އެއްގޮތަށް ޕީއެސްއައިޕީ ބަޖެޓަށް އިތުރުކުރި މަޝްރޫއުތަކަށް ހަރަދުވާނެ ކަމަށް ލަފާކުރަނީ 859 މިލިއަން ރުފިޔާ އެވެ.

ނަމަވެސް, ބައެއް މަޝްރޫއުތަކުގެ ބަޖެޓު ކުޑަކޮށް ފުށިދިއްގަރު ފަޅު ހިއްކުން ފަދަ ބައެއް މަޝްރޫއުތައް ޕީއެސްއައިޕީ ބަޖެޓުން އުނިކުރުމުން މުޅި ޕީއެސްއައިޕީ ބަޖެޓަށް އިރުވީ 248 މިލިއަން ރުފިޔާއެވެ. އެހެންކަމުން, މިހާރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުކުރަން ހުށަހަޅާފައިވާ ޖުމްލަ އަދަދަކީ ގާތްގަނޑަކަށް 8.8 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox