އެސްޓީއޯގެ ޗެއާމަނަކަށް ވިޔަފާރިވެރިޔާ އާމިރު މަންސޫރު އައްޔަންކޮށްފި އެވެ.
ލިލީ އެފްއެންޑްބީގެ ވެރިޔާ އާމިރުއަކީ މީގެ ކުރިން އެސްޓީއޯގެ ބޯޑު މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އެސްޓީއޯގައި ގިނަ އަހަރުތަކެއް މީގެ ކުރިން ހޭދަކުރެއްވި އާމިރު ވަނީ އެކުންފުންޏަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.
އެސްޓީއޯގެ ބޯޑުގައި ޗެއާމަނުގެ އިތުރުން ހަ ޑައިރެކްޓަރުން ހިމެނިވަޑައިގަންނަވަ އެވެ. އާމިރުއާއެކު ބޯޑު މެންބަރު ކަމަށް ވެސް ބޭފުޅަކު އައްޔަންކުރި އެވެ. އެއީ އަހްމަދު މުރާދު އެވެ.
އެންމެ ފަހުން އެސްޓީއޯގެ ޗެއާމަން އަކަށް ހުންނެވީ އެސްޓީއޯ ޗެއާމަން ހާމިދު ނަޝީދު މުހައްމަދެވެ.
މިދިޔަ ނޮވެމްބަރު 28 ގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރެއްވީ ޝިމާދު އިބްރާހީމް އެވެ.

ޝިމާދު އަކީ އެސްޓީއޯގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އެސްޓީއޯ އޮޑިޓު އޮފީހުގެ ޗެއާމަންކަމާއި ބޯޑު މެންބަރުކަން ވެސް ކުރައްވައިފަ އެވެ.













