މޫސުމީ ގެއްލުމަށް ބަދަލު ދޭން ނިންމުމުން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފި

ކޮޕް 28 ސަމިޓު، މިއަހަރުގެ ސަމިޓު ކުރިއަށް ދަނީ ދުބާއީގައި - ފޮޓޯ: އިންޓަނެޓު

ކޮޕް 28 ސަމިޓު، މިއަހަރުގެ ސަމިޓު ކުރިއަށް ދަނީ ދުބާއީގައި - ފޮޓޯ: އިންޓަނެޓު

މިހާރު ކުރިއަށް ދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ދޭން ނިންމުމުން ވަޒީރުން އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ކުރިއަށް ދާ ކޮޕް-28 ސަމިޓުގެ ފުރަތަމަ ދުވަހު މި ފަދަ މުހިންމު ނިންމުމެއް ނިންމެވީތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހިމް އެކަން ފާހަގަކުރައްވާ، އެއީ ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ލޮސް އެންޑް ޑެމޭޖް ފަންޑް ގާއިމްކުރުމަކީ ސަމިޓު ފެށުމަށްޓަކައި ކުރި ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ރަނގަޅު މިސްރާބަކަށް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގު ވެސް ވިދާޅުވީ ސަމިޓުގެ ފުރަތަމަ ދުވަހު މި ފަދަ މުހިންމު ނިންމުމެއް ނިންމުމުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ކަމަށެވެ. މި ފަންޑަކީ ރާއްޖެ ފަދަ ބިން ތިރި، ޖަޒީރާ ގައުމުތަކަށް ވަރަށް މުހިންމު ފަންޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ދިނުމަށް ފަންޑެއް ގާއިމް ކުރުމަކީ މިދިޔަ އަހަރު ބޭއްވި ކޮޕް-27 ސަމިޓުގައި ނިންމި ނިންމުމެކެވެ. މި ފަންޑުން އެހީ ފޯރުކޮށް ދެމުން ދާނީ ދުނިޔޭގެ އެންމެ ފަގީރު އަދި އެންމެ ނާޒުކު ގައުމުތަކަށް މޫސުމަށް އަންނަ ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށެވެ.

ފަންޑަށް ސަމިޓު ބާއްވާ ގައުމު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން އަދި ޖަރުމަނުން 100 މިލިއަން ޑޮލަރު ދޭނެކަން ހާމަކުރި އެވެ. އަދި ޔޫކޭއިން 60 މިލިއަން ޕައުންޑް، ޔޫއެސްއިން 17.5 މިލިއަން ޑޮލަރު އަދި ޖަޕާނުން 10 މިލިއަން ޑޮލަރު ދޭނެކަން ހާމަ ކުރި އެވެ. ސަމިޓުގައި ބައިވެރިވާ ބޮޑެތި ގައުމުތަކުން އިއުލާން ކުރި އަދަދުތަކާއެކު ފަންޑުގެ ޖުމްލަ އަދަދު މިހާރު 429 މިލިއަން ޑޮލަރާ ގާތްކުރެ އެވެ.

މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސް ފަންތީގެ ވަފުދެއް ބައިވެރިވެލައްވަ އެވެ. ސަމިޓުގައި ރައީސް ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. ރައީސް ތަގްރީރު ކުރައްވާނީ ޑިސެމްބަރު 1، ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox