މަޖިލީހުގައި ސަރުކާރު ތަމްސީލުކުރަން އެންމެ މެމްބަރެއް!

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމު ރައްޔިތުންގެ މަޖިލީހުގަައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމު ރައްޔިތުންގެ މަޖިލީހުގަައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރައްވަން އެންމެ މެމްބަރެއް އިންނަވާ ހާލަތު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް މެދުވެރިވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުމާ އެކު މަޖިލީހުގެ ރިޔާާސަތުން އިއުލާނުކޮށްފައިވާ ގޮތުން މަޖިލީހުގައި ސަރުކާރު ތަމްސީލުކުރައްވާނީ އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީީ)ގެ މެމްބަރުންނެވެ. އެގޮތަށް އިއުލާނުކުރި އިރު މަޖިލީހުގައި ތިއްބެވީ އެ ޕާޓީގެ އެންމެ ދެ މެމްބަރުންނެވެ.

އެއީ ފެލިދޫ ދާއިރާގެ އޭރުގެ މެމްބަރު ފަޒުލް ރަޝީދާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު ނަސީމަކީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރެއްގެ ގޮތުގައި އިންތިހާބު ވުަމަށް ފަހު ދާދި ފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރެކެވެ.

އޭގެ ފަހުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވުމަށް ޓަކައި ފަޒުލް ވަނީ މަޖިލީހުން އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، މަޖިލީހުގައި ޕީއެންސީ މެމްބަރެއްގެ ގޮތުގައި މިހާރު އިންނެވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް އެކަންޏެވެ.

ރައީސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމުގެ ކުރިން މަޖިލީހުގައި ޕީއެންސީގެ ފަސް މެމްބަރަކު ތިއްބެވި އެވެ. މުއިއްޒު ރައީސް ކަމަށް ނުކުމެވަޑައިގެންނެވި އިރު ރަނިން މޭޓަކަށް ހަމަޖެއްސެވީ އޭގެ ތެރެއިން އެއް މެމްބަރު ކަމަށް ވާތީ އެމަނިކުފާނު މަގާމުގެ ހުވާކުރެއްވުމާ އެކު މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު ހަތަރަކަށް ތިރިވި އެވެ.

އެ ހަތަރު މެމްބަރުންގެ ތެރެއިން ދެ ބޭފުޅަކަށް މުއިއްޒު ވަޒީރުކަން ދެއްވި އެވެ. ދެން ތިއްބެވި ދެ މެމްބަރުންގެ ތެރެއިން ފަޒުލް ރަޝީދު މިހާރު ވަނީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރައްވައިފަ އެވެ. އެހެންވެ އޭނާ ވެސް ވަނީ މަޖިލީހުން އިސްތިއުފާ ދެއްވައިފަ އެވެ.

މަޖިލީހުގައި ކުރިން ތިއްބެވި ޕީއެންސީ މެމްބަރުން

  1. ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފު ( ނައިބު ރައީސްކަމަށް އިންތިހާބުވެފައި)
  2. މަޑުއްވަރި ދާއިރާ އާދަމް ޝަރީފް (މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މަގާމަށް އައްޔަންކޮށްފައި)
  3. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު (މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ކަމަށް އައްޔަންކޮށްފައި)
  4. ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު ( އާބަންކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކޮށްފައި)

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި އިރު ޕީއެންސީ/ޕީޕީއެމްގެ މެމްބަރުން އިންތިހާބުވެވަޑައިގެންނެވި އިރު އެ ދެޕާޓީ މަސައްކަތްކުރަމުން އައީ ކޯލިޝަނެއްގެ ގޮތުގަ އެވެ. އެހެންވެ މަޖިލީހުގައި ވެސް މަސައްކަތް ކުރަމުންދިޔައީ އެކުގަ އެވެ.

ރައިސް މުއިއްޒު ވަނީ ޕީޕީއެމްގެ ދެ މެމްބަރަކަށް ވެސް ވަޒީރުކަން ދެއްވައިފަ އެވެ. އެެއީ ނައިފަރު ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ޝިޔާމާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫނެވެ.

ޝިޔާމަކީ މިހާރު ފިޝަރީޒް މިނިސްޓަރެވެ. ގައްސާނަނީ ޑިފެންސް މިނިސްޓަރެވެ.

އެ ދެބޭފުޅުން ކެބިނެޓަށް އައްޔަން ކުރެއްވުމުން މަޖިލީހުގައި ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ވެސް މިހާރު ތިއްބެވީ އެންމެ ދެ ބޭފުުޅުންނެވެ. އެއީ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަތު ތޯރިގް އެކަންޏެވެ.

އޭގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ޕީޕީއެމަށް ސޮއިކުރެއްވި އެވެ. ނަމަވެސް, މަޖިލީހުގައި އެކަން ރަސްމީކޮށް އިއުލާނުކޮށްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox