ކެމިކަލް މާއްދާއެއް ހުރެގެން ހޮޑު ބޭހެއް ވިއްކުން މަނާކޮށްފި

ކެމިކަލް މާއްދާއެއް ހުރެގެން ހޮޑު ބޭހެއް ވިއްކުން މަނާކޮށްފި

ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ހޮޑުބޭހެއްގައި ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރެގެން, އެ ބޭސް މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ, އެމިޑޯން ސަސްޕެންޝަން ކިޔާ ބޭހެއްގައި ޑައިތެލީންނާއި އެތިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތީރިޓީން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން, އެ ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުން މިއަދުން ފެށިގެން މަނާ ކަމަށް އެ އޮތޯރިޓީން ނެރުނު އެލާޓުގައި ބުނެފައިވެ އެވެ.

Advertisement

މީގެ އިތުރުން އަމިއްލަ ބޭނުމަށް ބޭސް ސިޓީއަށް ވެސް މި ބޭސް އެތެރެ ކުރުން މީގެ ފަހުން މަނާވާނެ ކަމަށާއި މިހާރު ބޭސް އެތެރެކޮށް ވިއްކަމުންދާ ފަރާތްތަކުން ވެސް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ.

ޑައިއެތިލީން އެތިލީން ގްލައިކޯލްއަކީ އިންސާނުންނަށް ވިހަ ދެ މާއްދާ އެވެ. ހަށިގަނޑަށް އެތެރެވެއްޖެ ނަމަ މަރުވުމުގެ ފުރުސަތު ބޮޑެވެ. މި މާއްދާތައް ހިމެނޭ ބޭސް ބޭނުންކޮށްގެން ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުދިން މަރުވުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ނެރޭ އެލާޓްތައް, ރާއްޖޭގެ އެމްއެފްޑީއޭއިން ވަނީ ފާއިތުވި އަހަރު ތެރޭ ތަކުރާރުކޮށް ނެރެފަ އެވެ.

ނަމަވެސް މި މާއްދާތައް އެކުލެވޭ ބޭސް ރާއްޖޭގެ މޭކެޓުން ފުރަތަމަ ފަހަރަށް ފެނުނީ މި މަސް ތެރޭގަ އެވެ. އެއީ ސިޓްރިޒެން ދިޔާ ބޭހަކުންނެވެ. ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާފައިވާ އަލެގްރޯ ބްރޭންޑުގެ އެ ބޭސް މަނާ ކުރުމަށްފަހު, އޭގެ ދުވަސްކޮޅެއް ފަހުން އެ މުޅި ބްރޭންޑު ވެސް ރާއްޖޭގައި ވިއްކުން ވަނީ މަނާކޮށްފަ އެވެ.

ޑަބްލިއުއެޗްއޯއިން މީގެ ކުރިން ނެރުނު އެލާޓެއްގައިވާ ގޮތުން އެ ކެމިކަލްތަކަކީ ބޭނުންކުރަން އެއްގޮތަކަށް ވެސް ރައްކާތެރި ނޫން އަދި ކުޑަކުދިންނަށް އޭގެ ނުރައްކާ މާ ބޮޑު ބާވަތްތަކެކެވެ. އެއީ ބޮޑެތި ގެއްލުންތައް ލިބި ފުރާނައަށް ނުރައްކާވެދާނެ ބާވަތްތައް ކަމަށް ވެސް އެ އެލާޓްގައި ބުނެފައިވެ އެވެ.

އެ ބާވަތްތައް ބޭނުން ކުރެވިއްޖެ ނަމަ ވެދާނެ ގޮތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބޭރަށް ހިންގުން އަދި ކުޑަކަމުދާން އުނދަގޫވުން ހިމެނެ އެވެ. ބޮލުގައި ރިއްސުމާއި ހެޔަށް ގޮތްވުމާއި ކިޑްނީ ހަލާކުވުމަކީ ވެސް އެ ބާވަތްތަކުން ލިބިދާނެ ގެއްލުންތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox