އަބްދުއްރަހީމަށް ޖަމީލްގެ ރައްދު: "ރައީސް މުއިއްޒުއަށް ޔާމީން ފޮނުއްވި މެސެޖު އެބަ އޮތް"

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް. ރައީސް ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވީ ޖަމީލު ވަނީ ޕީޕީއެމުން ވެސް ވަކިވެވަޑައިގަނެފައި --- ފޮޓޯ: އަދަދު ފައިލް

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް. ރައީސް ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވީ ޖަމީލު ވަނީ ޕީޕީއެމުން ވެސް ވަކިވެވަޑައިގަނެފައި --- ފޮޓޯ: އަދަދު ފައިލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ނުގުޅުއްވައި، މެސެޖެއް ވެސް ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސްގެ ސީނިއާ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫހަކަށް އަބްދުއްރަހީމް ދެއްވި އިންޓަވިއުއެއްގައި "އަދަދު" ގެ އެތެރެފުށް ޕުރޮގުރާމުގައި ޑރ، ޖަމީލު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވި ފަހުން ރައީސް މުއިއްޒުއަށް ނުވެސް ގުޅުއްވާ ކަމަށާއި މެސެޖެއް ވެސް ނުކުރައްވާ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ޖަމީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވި ދުވަސް ނޫން އަނެއް ދުވަހު އިންތިހާބީ ރައީސްގެ މަގާމުގައި އޭރު ހުންނެވި، ރައީސް މުއިއްޒުއަށް ޔާމީން މެސެޖު ކުރެއްވި ކަމަށެވެ.

"އޮކްޓޯބަރު 2 ގެ 21:43 ގައި ރައީސް ޔާމީން، ޑރ. މުއިއްޒުއަށް "މުއިއްޒު ޕްލީޒް ކޯލް މީ" މިހެން ޖައްސަވައި ފޮނުވި މެސެޖު ޑރ. މުއިއްޒު ބައްލަވައި ޖަވާބެއް މިއަދާ ހަމައަށް ވެސް ނުދެއްވާ. މިމެސެޖް އެބައޮތް،" ޖަމީލުގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ރައީސް ޔާމީން ނުގުޅުއްވައި މެސެޖެއް ވެސް ނުކުރައްވާ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ރައްޔިތުންނަށް އޮޅުވައިލަނީ ކީއްވެ ކަމެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވެސް ރައީސް ޔާމީނުގެ އިސް ގާނޫނީ ވަކީލު، ޖަމީލު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުވިސްނޭ އަޚު އަބުދުއްރަހީމް މިގޮތަށް ރައްޔިތުންނަށް އޮޅުވާލައްވަނީ ކީއްވެ ކަމެއް. ހުދު ދެ ޕާޓީ ހިންގެވެމާއި ހަވާލުވެ ހުންނަވައި [އަބްދުއްރަހީމް] ރ. ޔާމީނު ގެއަށް ބަދަލުވުމަށްފަހު އެމަނިކުފާނާ ހަމައަށް ވަޑައިނުގަތީ ކީއްވެތޯ؟" ޖަމީލު ސުވާލު ކުރައްވައިފައިވެ އެވެ.

އަބްދުއްރަހީމް އާއި ޖަމީލްއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން މިދަނީ ޕީއެންސީ/ޕީޕީއެމް ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އެމަނިކުފާނު ޕީޕީއެމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން ގެންދަވާ ޖަމީލު ވިދާޅުވީ ރައީސް ޔާމީން އަމިއްލަ ޕާޓީ ދޫކުރައްވައި ވަޑައިގެންނެވީ ޕްރޮގުރެސިވް ކޯލިޝަނުގެ ލީޑަރުޝިޕުން ރައީސް ޔާމީނަށް ހިޔާނާތްތެރިވުމުން ކަމަށެވެ.

ޕީޕީއެމުން ވަކިވެވަޑައިގަތުމަށްފަހު ރައީސް ޔާމީން އިސްކޮށް ހުންނަވައި ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ނަމުގައި އައު ސިިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް އުުޅުއްވަނީ ޖަމީލް އާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.

ރައީސް ޔާމީންގެ އައު ސިޔާސީ ޕާޓީ ރެޖިސްޓަރީ ކުރުމުގެ ހުއްދައަކަށް މާދަމާ އެދޭނެ ކަމަށް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox