އައިޔޫއެމްއިން އެދުނީ ބަޖެޓަށް 15 މިލިއަން ރުފިޔާ އިތުރުކޮށްދޭން

އައިޔޫއެމްގެ ބޭފުޅުން މަޖިލީހުގެ ބަޖެޓު ކޮމެޓީގައި: އަތޮޅުތެރޭގައި ކޯސްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، ރިސާޗުކުރުމުގެ މަސައްކަތަށް އެކަށީގެންވާ ބަޖެޓުނެތް މައްސަލަ ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރި -- ފޮޓޯ: މަޖިލިސް

އައިޔޫއެމްގެ ބޭފުޅުން މަޖިލީހުގެ ބަޖެޓު ކޮމެޓީގައި: އަތޮޅުތެރޭގައި ކޯސްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، ރިސާޗުކުރުމުގެ މަސައްކަތަށް އެކަށީގެންވާ ބަޖެޓުނެތް މައްސަލަ ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރި -- ފޮޓޯ: މަޖިލިސް

އިސްލާމިކް ޔުނިވާސިޓީ މޯލްޑިވްސް (އައިޔޫއެމް)ގެ އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓަށް 15 މިލިއަން ރުފިޔާ އިތުރުކޮށްދޭނެ އެދިއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީ ބައްދަލުވުމަށް ވަޑައިގެން އައިޔޫއެމްއިން ވިދާޅުވީ، 2024 އަށް ލަފާކުރާ ބަޖެޓުގައި އެ ޔުނިވާސިޓީއަށް ކަނޑައަޅާފައި ވަނީ އެކަށީގެންވާ ބަޖެޓެއް ނޫން ކަމަށެވެ. އައިޔޫއެމްއަށް ބަޖެޓުގައި ކަނޑައަޅާފައި ވަނީ 60 މިލިއަން ރުފިޔާ އެވެ.

"އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ކަނޑައަޅާފައިވާ 60 މިލިއަން ރުފިޔާގެ ތެރެއިން 57 މިލިއަން ރުފިޔާވަރު އެބަ ހޭދަވޭ މުސާރަ އާއި، ޔުޓިލިޓީސް އާއި، ހުރިހާ ކޮމިޓްމެންޓުތަކާ އެކީގައި. ގާތްގަނޑަކަށް ކެޕިޓަލް ނުވަތަ އިންވެސްޓުމެންޓުތަކަށް މިއޮތީ ގާތްނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ," އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ވިދާޅުވި އެވެ.

އައިޔޫއެމްގެ ފަރާތުން ބަޖެޓަށް އިތުރުކުރުމަށް ހުށަހެޅީ 15 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 10 މިލިއަން ރުފިޔާ އަކީ އަތޮޅުތެރޭގެ ކެމްޕަސްތައް ގާއިމުކުރުމަށް ހިމަނަން އެދިފައިވާ ފައިސާ އެވެ. މި ހުށަހެޅުމާއެކު މަރަދޫ ދާއިރާ މެންބަރު އިބްރާހިމް ޝަރީފް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެކަން ކުރުމަކީ ކޮންމެހެން މުހިންމުކަމެއްތޯ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި އައިޔޫއެމްގެ ބޭފުޅުން ވަނީ އަތޮޅުތެރޭގެ ކޯސްތައް ހިންގުމުގައި މިހާރު ދިމާވާ ޖާގަ އަދި ތަނުގެ ދަތިކަން ފާހަގަކޮށްފަ އެވެ.

މިހާރުވެސް އެ ޔުނިވާސިޓީގެ ކޯސްތައް އަތޮޅުތެރޭގައި ހިންގަނީ ސްކޫލެއް ނުވަތަ ސަރުކާރުގެ އެހެން އިމާރާތެއްގައި ކަމަށާއި، ބޭނުންވާ ގަޑިތަކަށް އެތަންތަން ނުލިބި ޝެޑިއުލާ އެއްގޮތަށް ކޯސްތައް ނުގެންދެވޭ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. ދީބާ މޫސާ ވިދާޅުވީ ރިސާޗުކުރުމުގެ މަސައްކަތަށް އިތުރު ބަޖެޓު ބޭނުންވާ ކަމަށެވެ. ކޮންމެ އަހަރަކު ރިސާޗު ކުރުމަށް ކަނޑައަޅާ ބަޖެޓު ކެނޑިގެން ދާ ކަމަށާއީ، ޔުނިވާސިޓީގެ ޓްރަސްޓު ފަންޑުން އެކަމަށް ދެމުން އަންނަ ތިން ލައްކަ ރުފިޔާ އަކީ ކުޑަ އަދަދެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ފާއިތުވި ތިން އަހަރު ރިސާޗުކުރުމަށް ޓްރަސްޓު ފަންޑުން ލިބެމުން ފައިސާގެ ތެރެއިން ދެ ލައްކަ ރުފިޔާ އަޅުގަނޑުމެންގެ ކޮންފަރެންސަށް އެބަ ހޭދަވޭ. ދެން ރިސާޗު ގްރާންޓު ދިނުމަށް ބާކީ އޮންނަނީ އެއްލައްކަ ރުފިޔާ" ދީބާ ވިދާޅުވި އެވެ.

ފާއިތުވި އަހަރަށް ލަފާކުރި ބަޖެޓުގައި ހިމަނާފައިވާ އަދަދު މަދުވެ، އައިޔޫއެމްއިން އެދިގެން 14 މިލިއަން ރުފިޔާ އިތުރުކޮށްދިނެވެ. މިއަހަރަށް ލަފާކުރި ބަަޖެޓުގައި ވެސް ދެ މިލިއަން ރުފިޔާ އިތުރުކޮށްދިނެވެ. ބަޖެޓަށް ބޮޑު ބަދަލެއް ގެނެސްފައި ވަނީ ނިމިގެންދިޔަ ސަރުކާރުގައި ލެކްޗަރާއިންގެ މުސާރައަށް ގެނައި ބަދަލުތަކާއި ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox