މޭޔަރުގެ ޒިންމާތަކުން ރައީސް މުއިއްޒު އެކަހެރިވި ފަހުން ސިޓީ ކައުންސިލުން ބޭއްވީ އެންމެ ޖަލްސާއެެއް

މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގެ ތެރެއިން; ކޯރަމް ހަމަނުވާތީ ޖަލްސާ ކުރިއަށް ނުގެންދެވޭ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގެ ތެރެއިން; ކޯރަމް ހަމަނުވާތީ ޖަލްސާ ކުރިއަށް ނުގެންދެވޭ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމުން ޒިންމާތަކާ, ރައީސް ޑރ. މުހައްމަދު މުއިއްޒު ދުރުވެވަޑައިގެންނެވި ފަހުން އެ ކައުންސިލުގެ ޖަލްސާތައް ނުބޭއްވޭ މައްސަލަ ބޮޑުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް މުއިއްޒު, މާލޭގެ މޭޔަރު ކަމުގެ މަސްއޫލިއްޔަތުތައް, ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލުކުރެއްވީ އޮކްޓޯބަރު މަހުގެ ހަތަރެއްގައި ބޭއްވި އެ ކައުންސިލުގެ ޖަލްސާއެއްގަ އެވެ.

އޮކްޓޯބަރު ހަތަރެއްގެ ފަހުން, ސިޓީ ކައުންސިލުގެ ޖަލްސާއެއް ބާއްވާފައި ވަނީ ނޮވެމްބަރު ދެ ވަނަ ދުވަހު އެވެ. އެ ދެމެދުގައި ތާވަލު ކުރި ޖަލްސާތައް އަދި ނޮވެމްބަރު ދޭއްގެ ފަހުން ތާވަލު ކުރި ޖަލްސާތައް ކެންސަލް ކުރަން ޖެހުނީ ކޯރަމް ހަމަ ނުވުމުގެ ސަބަބުންނެވެ.

އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގެެންނެވުމަށް މާލެ ސިޓީ ކައުންސިލުން ތިން މެންބަރުން ވަކިވެވަޑައިގެންނެވުމުން މިވަގުތު އެ ކައުންސިލުގައި ތިއްބެވީ 15 މެންބަރުންނެވެ. އެހެންކަމުން ކޯރަމް ހަމަވާން ބޭނުންވަނީ އަށް މެންބަރުންނެވެ. އެހެން ނަމަވެސް މިއަދު ތަވަލުކޮށްފައިވާ ޖަލްސާއަށް ވެސް ވަޑައިގެންނެވީ ފަސް މެންބަރުން ކަމަށް މައުލޫމާތު ލިބެ އެވެ.

މާލެ ސިޓީ ކައުންސިލުގެ ޖަލްސާތައް ނުބޭއްވި, ކައުންސިލް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ފާޅުކޮށް އެ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފު ފާތިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާ, ކައުންސިލުގެ މަސައްކަތް ހިންގޭނެ ގޮތަކަށް މެންބަރުންނަށް ބާރު އެޅުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

"މޭޔަރު [ރައީސް މުއިއްޒު] ހުންނެވިއިރު, މޭޔަރު ވަރަށް ބާރު އަޅުއްވައިގެން މިތަނުގެ ކަންތައްތައް ހަމަޖައްސަވާ ކޯރަމް ހަމަކުރައްވަނީ," ސައިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެންބަރުން ވަޑައިނުގެންނެވި ނަމަވެސް, ޖަލްސާތައް އެޖެންޑާ ކުރައްވާ, ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ޑެޕިއުޓީ މޭޔަރު އަދާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ސައިފް ވިދާޅުވީ އާ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ވެސް, އެ ކައުންސިލުން ސަރުކާރަށް އެހީވެގެން ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި, ކައުންސިލުގެ ޖަލްސާތައް ނުބޭއްވުމުގެ ސަބަބުން އެ ކަންތައްތައް ވެސް ނުކުރެވޭ ކަމަށެވެ.

"ސަރުކާރުގެ މެންބަރުންގެ ހައިސިއްޔަތުން އެންމެ ބޮޑު ތާއިދެއް އެ ބޭފުޅުންނަށް ދެއްކޭނީ އިންތިހާބީ މަސްއޫލިއްޔަތާއި މަގާމު އަދާ ކުރެއްވިގެން. މިއީ ޕްލެޓްފޯމެއް ނޫންތީ ސަރުކާރު ޕްރޮމޯޓު ކުރަން ވެސް," އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއެއް ކޮންމެ ހަފްތާއެއްގައި ބޭއްވުމަކީ އެއީ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެކެވެ.

ސިޓީ ކައުންސިލުގެ ބައްދަލުވުންތައް ނުބޭއްވޭ ކަމުގެ މައްސަލަ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox