އިޒްރޭލު ފަތުރުވެރިން ރާއްޖެއަށް އެތެރެވުމާ ގުޅޭގޮތުން ރައީސް މުއިއްޒު އަދި ގޮތެއް ނުނިންމަވާ: ފިރުޒުލް

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެއަށް ނާދެވޭ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އާންމުންގެ ބަޔަކު ކުރި މުޒާހަރާއެއް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެއަށް ނާދެވޭ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އާންމުންގެ ބަޔަކު ކުރި މުޒާހަރާއެއް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިޒްރޭލުގެ ޕާސްޕޯޓު ބޭންކޮށް، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ދިވެހި ސަރުކާރަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މައިއްޒު ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރު ހުވާ ކުރެއްވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ކޮމިޓީން ލަފާ ދޭން ނިންމި ނިންމުމާ ގުޅޭގޮތުންނާއި އެފަދަ އެހެން މައްސަލަތަކާ ގުޅޭގޮތުން ރައީސް މުއިއްޒު ގޮތެއް ނިންމަވާނީ ދިވެހިންގެ އިސްލާމީ ޝަހުސިއްޔަތާއި ދިވެހިންގެ މަސްލަހަތަށް ވިސްނަވާފައި ކަމަށެވެ.

"މިކަމުގައި އަޅުގަނޑުމެންގެ ސްޓޭންޑު ވަރަށް ސާފު، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިވަގުތު ހިނގަމުން އެދާ ކަންތައްތަކަކީ އެއީ ގަތުލުއާއްމެއް، އެކަންކަން ވަގުތުން ހުއްޓާލަންޖެހޭ،" ފިރުޒުލް ވިދާޅުވި އެވެ.

އިޒްރޭލުން ހިންގަމުން ދަނީ ގަތުލުއާއްމެއް ކަމަށް ސިފަ ކުރައްވައި ފިރުޒުލް ވިދާޅުވީ އަބަދުވެސް ދެމިތިބޭނީ ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނާ އެކުގައި ކަމަށެވެ.

އިޒްރޭލު ފަތުރުވެރިން ރާއްޖެ ނާދެވޭ ގޮތަށް އިމިގުރޭޝަންގެ ގާނޫނަށް އިސްލާހެއް ވެސް މިއަދު ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުހައްމަދު ނަޝީދު އަބްދުﷲ ހުށަހަޅައިފަ އެވެ. އެ ބިލު ފާސްކޮށް ތަސްދީގު ކުރާ ހިސާބުން ރާއްޖެއަށް އިޒްރޭލު ފަތުރުވެރިންނަށް އެތެރެވުން އެއީ ގާނޫނީ ކުށަކަށް ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox