ގާޒާއަށް އެހީ ވެއްދުމުގެ ހުއްދަ މުޅި އޭޝިއާއިން ވެސް ހަމައެކަނި އައިއޭސީއަށް

ގާޒާއަށް އެހީ ވެއްދުމުގެ ހުއްދަ މުޅި އޭޝިއާއިން ވެސް ހަމައެކަނި އައިއޭސީއަށް

ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައި ތިބި ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ރަފާހު ބޯޑަރު ހުރަސްކޮށް ވެެއްދުމުގެ ހުއްދަ މުޅި އޭޝިއާއިން ވެސް ހަމައެކަނި އިންޓަނޭޝަނަލް އެއިޑު ކެމްޕެއިން (އައިއޭސީ) އަށް ދީފި އެވެ.

ގާޒާއަށް އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ދީފައި ވަނީ އައިއޭސީއާއި އިނގިރޭސިވިލާތުގެ އަލް ޚައިރުއާއި އެމެރިކާގެ ލައިފް އަދި ތުރުކީގެ އައިޑީޑީއީއެފް ހިމެނޭ ކޯލިޝަން އަށެވެ. މިއީ އދ. އާއި ރެޑް ކުރެސެންޓުގެ އިތުރުން ގާޒާއަށް އެހީ ފޯރުކޮށްދިނުމުގެ ހުއްދަ އިތުރު ބަޔަކަށް ވެސް ލިބުނު ފުރަތަމަ ފަހަރެވެ.

އައިއޭސީގެ ޑިރެކްޓާ އޮފް މީޑިއާ އެންޑު ޕަބްލިކް ރިލޭޝަންސް، އަޒްހަދު އަހުމަދު ވިދާޅުވީ ހުއްދަ ލިބުމާއެކު ގާޒާއަށް ފޮނުވަ އެހީގެ ގާފިލާ ތައްޔާރު ކުރަމުންދާ ކަމަށެވެ. މިއަދު ނުވަތަ މާދަމާ އެ ގާފިލާ ގާޒާއަށް ވަންނާނެ ކަމަށް އަޒްހަދު ވިދާޅުވި އެވެ.

"އޭގެތެރޭގައި ހިމެނޭނެ ދިވެހިންގެ ފަރާތުން ހަދިޔާ ކުރި 100،000 (އެއްލައްކަ) ޑޮލަރުގެ އެހީ، އޭގެތެރޭގައި ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ވީލް ޗެއާގެ އިތުރުން ބަލި މީހުން އުފުލާ އެނދާއި އަންހެނުންނަށް ހާއްސަ ބައެއް ސާމާނުގެ އިތުރުން އަސާސީ ބޭނުންތަކަށް ބޭނުންކުރާ ސާމާނު ވެސް ހިމެނޭނެ،" އެހީގެ ގާފިލާ ތައްޔާރު ކުރުމަށް މިސްރުގައި މިވަގުތު ހުރި އަޒްހަދު ވިދާޅުވި އެވެ.

ގާޒާއަށް ފޮނުވާ އެހީގެ ގާފިލާ ތައްޔާރު ކުރުމަށް އަޒްހަދުއާއި މިސްރުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އައިއޭސީ
ގާޒާއަށް ފޮނުވާ އެހީގެ ގާފިލާ ތައްޔާރު ކުރުމަށް އަޒްހަދުއާއި މިސްރުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އައިއޭސީ

ގާޒާއަށް ފޮނުވާ އެހީގެ ގާފިލާ ތައްޔާރު ކުރުމަށް އަޒްހަދުއާއި މިސްރުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އައިއޭސީ

އައިއޭސީން ގާޒާއަށް ފޮނުވުމަށް ތައްޔާރު ކުރަމުންދާ ގާފިލާގައި އެ ކޯލިޝަނުގައި ދެން ހިމެނޭ ހުރިހާ ޖަމާއަތްތަކެއްގެ އެހީ ވެސް ހިމެނޭނެ އެވެ.

އަޒްހަދު ވިދާޅުވީ މިހާރު ތައްޔާރު ކުރަމުންދާ އެހީގެ ގާފިލާގެ އިތުރުން އެމްބިއުލާންސްތަކެއް ވެސް ގާޒާއަށް ހަދިޔާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މަސައްކަތް ކުރަމުން މިދަނީ އެމްބިއުލާންސްތަކެއް ވެސް ހަދިޔާ ކުރަން، ފަހަރަކު އެއްޗެއް ވެއްދުމުގެ ހުއްދަ ލިބެނީ، ހުއްދަ ލިބެމުންދާ ވަރަކަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދާނަން،" އަޒްހަދު ވިދާޅުވި އެވެ.

އައިއޭސީން ވަނީ މީގެ ކުރިން ވެސް ގާޒާގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ފަލަސްތީނުގެ ތެރޭގައި އެކި ސަރަހައްދުތަކުގައި ހުރި ތެޔޮ، ދިވެހިންގެ ދީލަތި އެހީ ބޭނުންކޮށްގެން ގަނެ، ގާޒާގެ ރައްޔިތުންނަށް ހަދިޔާކޮށްފައިވެ އެވެ. އޭގެއިތުރުން ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާ ހޯދަމުންދާ ކުޑަކުދިންނަށް ކުޅޭ ސާމާނު ވެސް އައިއޭސީން ހަދިޔާ ކޮށްފައިވެ އެވެ.

ގާޒާއަށް ފޮނުވުމަށް ތައްޔާރު ކުރާ އެހީގެ ގާފިލާއަށް ބަރު ކުރުމަށް ތައްޔާރު ކޮށްފައި ހުރި ބައެއް ސާމާނު -- ފޮޓޯ: އައިއޭސީ
ގާޒާއަށް ފޮނުވުމަށް ތައްޔާރު ކުރާ އެހީގެ ގާފިލާއަށް ބަރު ކުރުމަށް ތައްޔާރު ކޮށްފައި ހުރި ބައެއް ސާމާނު -- ފޮޓޯ: އައިއޭސީ

ގާޒާއަށް ފޮނުވުމަށް ތައްޔާރު ކުރާ އެހީގެ ގާފިލާއަށް ބަރު ކުރުމަށް ތައްޔާރު ކޮށްފައި ހުރި ބައެއް ސާމާނު -- ފޮޓޯ: އައިއޭސީ

ފަލަސްތީނަށްް ގަދަކަމުން ވެރިވެގެންފައިވާ އިޒްރޭލުގެ ސިފައިންނާ ދެކޮޅަށް ހަމާސް ޖަމާއަތުން ކުރަމުންގެންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އާންމު ހިދުމަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ އިން ހުޅުވާފައިވާ ފަންޑަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލައިފަ އެވެ.

ގާޒާ ފަންޑަށް އެހީވާން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ އޭއައިސީގެ ބީއެމްއެލް އިސްލާމިކް އެކައުންޓު، 7770000062741 އަށެވެ. އެކައުންޓުގެ ނަމެއްގެ ގޮތުގައި އިންނާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އައިއޭސީ އުފެއްދީ 2016 ވަނަ އަހަރު އެވެ. އޭގެފަހުން ދުނިޔޭގެ އެކި ކަންކޮޅުގައި ހާލުގައި އުޅޭ މުސްލިމުންނަށް އެހީތެރިވުމުގެ ތަފާތު ކެމްޕެއިންތައް އެ ޖަމިއްޔާއިން ކުރަމުން ގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox