94 އަހަރު ކުރީގެ ހަނދާނެއް: ފަލަސްތީނުގެ ބިމުން ރާއްޖެ އަށް ޕޯސްޓު ކާޑެއް

މީގެ 94 އަހަރު ކުރިން ފަލަސްތީނުން ރާއްޖެއަށް ފޮނުވި ޕޯސްޓު ކާޑު - ފޮޓޯ: ޓުވިޓާ

މީގެ 94 އަހަރު ކުރިން ފަލަސްތީނުން ރާއްޖެއަށް ފޮނުވި ޕޯސްޓު ކާޑު - ފޮޓޯ: ޓުވިޓާ

މީގެ 75 އަހަރު ކުރިން ފަލަސްތީނުގެ ގަދީމީ ބިންތަކަށް ވެރިވެގަތް އިޒްރޭލުގެ ސަހްޔޫނީން މިހާރު އެންމެ ބޮޑަށް ކުރާ ދައުވާއަކީ ފަލަސްތީނަކީ އެއްވެސް ދުވަސްވަރެއްގައި ގައުމެއް ނޫން ކަމަށެވެ.

ނަމަވެސް، ފަލަސްތީނުގެ ބިންތަކުން އޭރު ގަދަކަމުން ބޭލި މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އޭގެ އެތައް ދަހަރެއް ކުރީގެ ފައިސާ ފޮތިތަކާއި ލިޔެކިޔުންތަކުގެ އިތުރުން ފޮޓޯތަކާއި ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި އަބަދުވެސް ދައުރުވެ އެވެ. ހާއްސަކޮށް މިހާރު މިދޭ ފަދަ ހަމަލާތައް ދޭ ދުވަސްވަރެއްގަ އެވެ. ހަތް ދަހަރުވީ ގަތުލުއާއްމު ވަރުގަދަ ކުރާ ދުވަސްވަރު އެވެ.

އެގޮތުން އިއްޔެ ރާއްޖޭގެ ސޯޝަލް މީޑިއާގައި މިފަދަ ވަރަށް ހާއްސަ ޑޮކިއުމެންޓެއް ދައުރުވި އެވެ. ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ހިއްސާކުރެއްވީ ފަލަސްތީނުން ރާއްޖެއަށް ފޮނުވި ޕޯސްޓު ކާޑެކެވެ. މީގެ 94 އަހަރު ކުރިން 1929 ގައި ފަލަސްތީނުގެ މުގައްދަސް ބިމުން އެ ކާޑު ފޮނުއްވީ އަލް އަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލޭގެފާނެވެ.

ރާއްޖޭގެ ކުރީގެ ރަދުން ރަންނަބަނޑޭރި ކިލޭގެފާނު ފަލަސްތީނުގެ ގުދުސްގައި ހުންނަވައި އެ ޕޯސްޓު ކާޑު ފޮނުއްވީ މާލޭގައި ހުންނެވި ރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރުމަނިކުފާނު ހުސެއިން ސަލާހުއްދީނަށެވެ. އެއީ މުއިއްޒުގެ އިތުރުން މިހާރުގެ އުއްތަމަ ފަނިޔާރު އަލްްއުސްތާޒް މުއުތަސިމް އަދުނާނުގެ ކާފާފުޅެވެ.

މިއީ، އިޒްރޭލުގެ ދައުލަތުން އެ ކުރާ ދައުވާ ދޮގުކުރާ ކުޑަކުޑަ ހެއްކެކެވެ. ރާއްޖެއާއި ދުނިޔޭގެ ތާރީހުގައި މިފަދަ އެތައް ހެއްކެތް އެބަހުއްޓެވެ. އެގޮތުން 1930 ގެ ކުރެހުންތަކާއި މެޕުތަކާއި 1927 ގެ ވަކިލާރި ވެސް ހުރީ ފެންނާށެވެ.

ނަމަވެސް، އިޒްރޭލާއި ހުޅަނގުގެ ބާރުތަކުން އަންނަނީ، އިޒްރޭލުގެ މި ދައުވާގެ މައްޗަށް މާޒީގެ ލިޔުންތައް އަނބުރާލާ، ތާރީހު އޮޅުވާލުމުގެ ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ.

މިދިޔަ މަހުގެ ހަތަކުން ފެށިގެން މިއަދާ ހަމައަށް ދެމުންދާ ހަމަލާތަކުގެ މައިގަނޑު ބޭނުމަކީވެސް މިއީ އެވެ. އެ ކުރަމުންދަނީ މިހާރު ވެރިވެނުގަނެވި ހުރި ބިންތަކަށްވެސް ވެރިވެގަނެ ދުނިޔެއިން ފަލަސްތީނު ގެއްލުވާލުމުގެ މަސައްކަތެވެ. ނަސްލު ނައްތާލުމުގެ މުޑުދާރު އަމަލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox