ފުށް ހުސްވެ, އުތުރު ގާޒާގެ ބޭކަރީތައް ބަންދުކުރަން ޖެހިއްޖެ

ގާޒާގެ ބޭކަރީއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި އެތަން ސުންނާފަތިވެފަ : ފުށް ހުސްވެ އުތުރު ގާޒާގެ ބޭކަރީތައް ބަންދުކުރަން ޖެހިއްޖެ -

ގާޒާގެ ބޭކަރީއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި އެތަން ސުންނާފަތިވެފަ : ފުށް ހުސްވެ އުތުރު ގާޒާގެ ބޭކަރީތައް ބަންދުކުރަން ޖެހިއްޖެ -

އެހީ ލިބުން ދަތިވެ، އުތުރު ގާޒާއިން މުޅިހެން ފުށް ހުސްވެ އެ ސަރަހައްދުގެ ބޭކަރީތައް ބަންދުކުރަން މަޖުބޫރުވެއްޖެ އެވެ.

މިދިޔަ މަހު ހަތެއްގައި އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށް ވޭތުވެދިޔަ ހަތް ދަހަރުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ވަރުގަދަކޮށް ދެމުންދާ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވަމުންދަނީ އުތުރު ގާޒާ އަށެވެ.

ހާއްސަކޮށް ބޭކަރީތަކާއި ކާއެއްޗެހީގެ ހިދުމަތްދޭ އެހެން ތަންތަނަށް އަމާޒުކޮށް އިޒްރޭލުން ވަނީ ގިނަ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގެ އިތުރުން ބޭކަރީތައް ބަންދުކުރަން މަޖުބޫރުވި އަނެއް ދެ ސަބަބަކީ ތެލާއި ފެނުގެ ދަތިކަން ކަމަށް އދ. ގެ އޮފިޝަލުން ގަތަރުގެ އަލް ޖަޒީރާއަށް ބުނެފައިވެ އެވެ.

"އުތުރު ގާޒާއިން ގުދަން ފުށް މުޅީންހެން ވަނީ ހުސްވެފަ، ވޭތުވެދިޔަ ހަތް ދުވަހު އެހީގެ ޖަމާއަތްތަކަށް އެ ސަރަހައްދަށް ކާއެއްޗެއްސާއި އެހީގެ އެއްވެސް އެއްޗެއް ފޯރުކޮށްދެވޭ ގޮތް ވަނީ ނުވެފަ" އދ. އިން ބުނެފައިވެ އެވެ.

ދެކުނުގައިވެސް މިވަގުތު ހިދުމަތް ދެވޭ ހާލަތުގައި ހުރީ އެންމެ ހަތް ބޭކަރީ އެވެ.

އިޒްރޭލުން މިހާރު ވަނީ އުތުރު ގާޒާ ހުސްކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ މިލިއަނެއްހާ މީހުން ދެކުނަށް ބަދަލުވާން އަންގާފަ އެވެ.

އެއާއެކު އުތުރު ގާޒާގައި ދިރިއުޅޭ ބައެއް މީހުން ދެކުނަށް ބަދަލުވި ނަމަވެސް، އެ ސަރަހައްދަށްވެސް އިޒްރޭލުން ހަމަލާ ދިނުމާ އެކު އެ މީހުންގެ ތެރެއިން ގިނަ މީހުންވެސް ވަނީ އަނބުރާ އުތުރަށް ބަދަލުވެފަ އެވެ.

އިޒްރޭލުން އުތުރު ގާޒާއަށް އެއްގަމު މަގުން ވަނުމަށް މަސައްކަތް ފެށިތާ ހަފުތާއެއް ވެފައިވާއިރު، އުއްމީދުކުރި ވަރުގެ ކުރިއެރުމެއް ވަނީ ނުލިބިފަ އެވެ. އެ މަސައްކަތުގައި ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 100 އާ ގާތަށް ގޮސްފަ އެވެ.

ނިމުނު 33 ދުވަހުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 10،000 އަށްވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި 4،500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox