ކެމިކަލް މާއްދާއެއް ހިމެނޭ ސިޓްރިޒެން ދިޔާ ބޭހުގެ ބެޗެއް ރާއްޖޭގައި، ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

ކެމިކަލް މާއްދާއެއް ހިމެނޭ ސިޓްރިޒެން ދިޔާ ބޭހުގެ ބެޗެއް ރާއްޖޭގައި، ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރި ސިޓްރިޒެން ދިޔާ ބޭހެއްގެ ބެޗެއް ރާއްޖެއިން ފެނިފައިވާތީ އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި އެވެ.

ޕެރެސެޓަމޯލް އާއި ކެއްސުމާއި ރޯގާއަށް ބޭނުން ކުރާ ބައެއް ވައްތަރުގެ ދިޔާ ބޭހުގައި މި ނުރައްކާތެރި މާއްދާތައް ހިމެނޭތީ, ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ކުޑަކުދިންތަކެއް މަރުވެފަ އެވެ. އެކަމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ނެރެފައިވާ އެލާޓްތަކާ ގުޅިގެން ރާއްޖެއިން ވެސް ދަނީ ރެންޑަމްކޮށް މާކެޓުގައި ހުރި ބޭސްތަކުގެ ސާމްޕަލް ނަގާ ސްކްރީން ކުރަމުންނެވެ.

މިއަހަރު މިހާތަނަށް ރާއްޖޭގެ މާކެޓުން 10 ސާމްޕަލް ނަގާ, ފުޑް އެންޑް ޑްރަގް އޮތޯރިޓީން ސްކްރީން ކުރިއިރު, "ޑައިއެތިލީން ގްލައިކޯލް (DEG)" އަދި "އެތިލީން ގްލައިކޯލް(EG)" ހިމެނޭ ބެޗެއް ވަނީ ފެނިފަ އެވެ. އެއީ ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާފައިވާ އަލެގްރޯ ބްރޭންޑުގެ 5ml ސިޓްރިޒެން ދިޔާ ބޭހުގެ B220 ބެޗެވެ.

Advertisement

ޑައިތެލީން އައި އެތިލީން ގްލައިކޯލް ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ އެމްއެފްޑީއޭއިން ބޭސްތައް ސްކްރީން ކުރަނީ ސާމްޕަލްތައް ރާއްޖޭން ބޭރުގެ ލެބޯޓްރީއަކަށް ފޮނުވައިގެންނެވެ.

ޑައިއެތިލީން އެތިލީން ގްލައިކޯލްއަކީ އިންސާނުންނަށް ވިހަ ދެ މާއްދާ އެވެ. ހަށިގަނޑަށް އެތެރެވެއްޖެ ނަމަ މަރުވުމުގެ ފުރުސަތު ބޮޑެވެ. މި މާއްދާތައް ހިމެނޭ ބޭސް ބޭނުންކޮށްގެން ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުދިން މަރުވުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ނެރޭ އެލާޓްތައް, ރާއްޖޭގެ އެމްއެފްޑީއޭއިން ވަނީ ފާއިތުވި އަހަރު ތެރޭ ތަކުރާރުކޮށް ނެރެފަ އެވެ.

މިއީ މި މާއްދާތައް އެކުލެވޭ ބޭސް ރާއްޖޭގެ މޭކެޓުން ފެނުނު ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް އެތެރެކުރާ ބޭހުގައި ޑައިއެތިލީން އަދި އެތިލީން ގްލައިކޯލް ނެތްކަން ކަށަވަރު ކުރުމަށްޓަކައި, ރާއްޖެ އެތެރެކުރާ ބޭހާއެކު އޭގައި ޑަބްލިއުއެޗްއޯގެ ޕްރީކޮލިފައިޑް ލެބޯޓްރީއަކުން މި ދެ މާއްދާ ނެތްކަން ކަށަވަރުކޮށް ހަދާފައިވާ ތަހުލީލު ރިޕޯޓު ހުށަހަޅަން ޖެހޭ ގޮތަށް އެމްއެފްޑީއޭއިން ވަނީ ހަދައިފަ އެވެ.

މިފަދަ ބެޗެއް ފެނުމާއެކު މި ބްރޭންޑުގެ އިތުރު ތަހުލީލުތައް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް އެމްއެފްޑީއޭއިން ވަނީ ނިންމާފަ އެވެ. އެހެންކަމުން ޓެސްޓުގެ ނަތީޖަ ލިބި, ބޭހުގެ ރައްކާތެރިކަން ކަށަވަރު ވަންދެއް އަލެގްރޯ ބްރޭންޑު ރާއްޖެ އެތެރެ ކުރުމާއި ވިއްކުން ވަނީ މަނާކޮށްފަ އެވެ.

ޑައިއެތިލީން އަދި އެތިލީން ގްލައިކޯލްގެ ނުރައްކާތައް

ޑަބްލިއުއެޗްއޯގެ އެލާޓްގައިވާ ގޮތުން އެ ކެމިކަލްތަކަކީ ބޭނުންކުރަން އެއްގޮތަކަށް ވެސް ރައްކާތެރި ނޫން އަދި ކުޑަކުދިންނަށް އޭގެ ނުރައްކާ މާ ބޮޑު ބާވަތްތަކެކެވެ. އެއީ ބޮޑެތި ގެއްލުންތައް ލިބި ފުރާނައަށް ނުރައްކާވެދާނެ ބާވަތްތައް ކަމަށް ވެސް އެ އެލާޓްގައި ބުންޏެވެ.

އެ ބާވަތްތައް ބޭނުން ކުރެވިއްޖެ ނަމަ ވެދާނެ ގޮތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ބޭރަށް ހިންގުން އަދި ކުޑަކަމުދާން އުނދަގޫވުން ހިމެނެ އެވެ. ބޮލުގައި ރިއްސުމާއި ހެޔަށް ގޮތްވުމާއި ކިޑްނީ ހަލާކުވުމަކީ ވެސް އެ ބާވަތްތަކުން ލިބިދާނެ ގެއްލުންތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox