ވެލާކަހަނބާ އެކު ފީނާ އިރު ހަ ފޫޓަށް ވުރެ ކައިރި ނުވެވޭ ގަވައިދެއް!

ވެލައެއް އޭގެ މާހައުލުގައި ފީނަނީ. ގަވައިދަށް ގެނައި ބަދަލުގައިވާ ގޮތުން ހަފޫޓަށް ވުރެ ކައިރިނުވެވޭނެ. ފައިލް ފޮޓޯ/އަދަދު

ވެލައެއް އޭގެ މާހައުލުގައި ފީނަނީ. ގަވައިދަށް ގެނައި ބަދަލުގައިވާ ގޮތުން ހަފޫޓަށް ވުރެ ކައިރިނުވެވޭނެ. ފައިލް ފޮޓޯ/އަދަދު

ވެލަޔާއި ކަހަނބާ އެކު ފަތައި ފީނާ އުޅޭ އިރު، ފީނާ ނުވަތަ ފަތާ މީހާ އާ އެ އެެެއްޗިއްސާ ދެމެދު ހަފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.

"ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާ ބެހޭ ގަވައިދަ"ށް ޖަދުވަލެއް އިތުރުކޮށް އެންވަޔަރްމެންޓް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި އިސްލާހު ގައިވާ ގޮތުން ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރ،ު އަބަދުވެސް އެ އެއްޗެއްސާ ހަ ފޫޓުގެ ދުރުމިން ބަހައްޓަން ޖެހެ އެވެ. ފަތާމީހާގެ ނުވަތަ ފީނާމީހާގެ ގާތަށް އެސޮރުމެން އަތުވެއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތް ވެސް އެ އިސްލާހުގައި ތަފްސީލުކޮށްދީފައި ވެ އެވެ.

"ވެލާ ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރ،ު އަބަދުވެސް އެ އެއްޗެއްސާ ހައެއް (6) ފޫޓުގެ ދުރުމިން ބަހައްޓަންވާނެ އެެވެ. އަދި ފަތާމީހާގެ ނުވަތަ ފީނާމީހާގެ ގާތަށް އެސޮރުމެން އަތުވެއްޖެނަމަ، މަޑުމަޑުން ހަމަޖެހިލައިގެން އޮވެ، ވެލާ ނުވަތަ ކަހަނބު ބޭނުން ދިމާއަކަށް ދަންދެން މަޑުކުރަންވާނެއެވެ،" ގަވައިދަށް ގެނައި ބަދުގައި ވެ އެވެ.

ވެލާ ކަހަނބާ އެކު ފީނުމައި ފެތުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގިނަ ތަފްސީލުތަކެއް ވެސް އާ އިސްލާހުގައި ހިމަނާފައި ވެ އެވެ.

ވެލާ ކަހަނބާ އެކު ފީނައި ފަތާއިރު ނުކުރަންވީ ބައެއް ކަންތައްތައް

  • ވެލާ ކަހަނޑު މޫދުގެ އަޑީގައި އޮންނަ އިރު އޭއްޗިހީގެ މަތިން ފީނުން ނުވަތަ ފެތުން.
  • ފީނާ ފަތާ އިރު ވެލާ ކަހަނބު ފަހަތުން ފެއްސުން
  • ވެލާ ކަހަނބުުގެ ތަބީއީ އުޅުމަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ކުރުން
  • ވެލާ ކަހަނބު ގުުދުރަތީ މާހައުލުގައި އުޅެނިކޮށް އޭއްޗިއްޗަށް ކާންދިނުން

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox