އިޒްރޭލުގެ ވަޒީރަކު ގާޒާއަށް ނިއުކްލިއާ ހަމަލާ ދޭން ގޮވާލުން ރާއްޖޭން ކުށްވެރިކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ) އަދި އިބްރާހިމް މުހައްމަދު ސޯލިހު (ވ) : އިޒްރޭލުގެ ވަޒީރަކު ގާޒާއަށް ނިއުކްލިއާ ހަމަލާ ދޭން ގޮވާލުން ރާއްޖެއިން ކުށްވެރިކޮށްފި - ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ) އަދި އިބްރާހިމް މުހައްމަދު ސޯލިހު (ވ) : އިޒްރޭލުގެ ވަޒީރަކު ގާޒާއަށް ނިއުކްލިއާ ހަމަލާ ދޭން ގޮވާލުން ރާއްޖެއިން ކުށްވެރިކޮށްފި - ފޮޓޯ: ރައީސް އޮފީސް

އިޒްރޭލުން މިހާރު ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ގާޒާއަށް ނިއުކްލިއާ ހަމަލާއެއް ދިނުމަށް އިޒްރޭލުގެ ވަޒީރަކު ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒާއަށް ނިއުކްލިއާ ބޮމެއް އެޅުމަކީ ކުރެވިދާނެ ކަމެއް ކަމުގައި އިޒްރޭލުގެ ހެރިޓޭޖް މިނިސްޓަރު އަމިހާއި އެލިޔަހޫ ބުނި ބުނުން ބަލައިނުގަނެވޭނެ ކަމަށާއި އެކަން ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ހާއްސަކޮށް އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ހަމަލާތަކެއް ދެމުންދާ މި ދަނޑިވަޅުގައި އިޒްރޭލުގެ ވަޒީރަކު މިފަދަ ވާހަކައެއް ދެއްކުމަކީ ވަކިން ކަންބޮޑުވާ ކަމެއް," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، މި ބަސްތަކަށްފަހު އިޒްރޭލުން އެ މިނިސްޓަރަށް އެކަށޭނަ ފިޔަވަޅު އަޅާފައި ނުވާ ކަމަށްވެސް ރާއްޖޭން ވަނީ ބުނެފަ އެވެ.

އެލިޔަހޫގެ ވާހަކައާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ނިއުކްލިއާ ހަމަލާއެއް ދިނުމަށް ބުނި ބުނުމަކީ ހަގީގަތް ނޫން ކަމަށް ބުނެ އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކޮށްފަ އެވެ. އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުންވެސް ވަނީ އެލިޔަހޫގެ ވާހަކަތައް ކުށްވެރިކޮށް އޭނާ މަގާމުން ވަކިކުރުމަށް ގޮވާލާފަ އެވެ. އެލިޔަހޫ ފަހުން ބުނީ އޭނާ ނިއުކްލިއާ ހަމަލާ އޭ ބުނީ މިސާލު ބަހެއްގެ ގޮތުން ކަމަށެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ގްރޫޕުން ދިން ހަމަލާއަށްފަހު އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށް ވޭތުދެވިޔަ 75 އަހަރު ހިންގަމުން އަންނަ ގަތުލުއާންމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގައި ވަނީ ރެފިއުޖީ ކޭމްޕުތަކާއި ސްކޫލުތަކާއި ހޮސްޕިޓަލުތައް އަދި މިސްކިތްތަކާއި ފައްޅިތަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ.

އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 10،000 އާ ކައިިރިވެފަ އެވެ. ހަމާސްގެ ހަމަލާގައި އިޒްރޭލުން މަރުވީ 1400 އެއްހާ މީހުންނެވެ.

ހަމަލާތަކުގެ އިތުރުން އިޒްރޭލުން ވަނީ ގާޒާއިން ކަރަންޓާއި ފެން ކަނޑާލާ، ތެލާއި އެހެނިހެން އެހީ ފޯރުކޮށްދޭން ހުރި މަގުތައް ބަންދުކޮށްފަ އެވެ. ތެޔޮ ހުސްވެ ކަރަންޓު ކެނޑުމުގެ ސަބަބުން ގާޒާ މިހާރު އޮތީ ކަނު އަނދިރީގަ އެވެ. ގިނަ ހޮސްޕިޓަލުތަކެއްގެ ހިދުމަތްވެސް ވަނީ ހުއްޓާލަން ޖެހިފަ އެވެ.

މިސްރުގެ ރަފާހު ބޯޑަރު ކައިރީ އެހީގެ އެތައް ހާސް އުޅަނދެއް އޮތް ނަމަވެސް، މިދިޔަ މަސްދުވަހުގެ ތެރޭ ގާޒާއަށް ވަދެވިފައިވަނީ އެންމެ 200 އެއްހާ އުޅަނދަށެވެ. އެއީ މީގެ ކުރިން ދުވާލެއްގެ މައްޗަށް 100 އެއްހާ އުޅަނދު މުދާ ހިފައިގެން ގާޒާއަށް ވަދެ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ހަމަލާތައް ހުއްޓާލާ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލަމުންދާ ގޮވާލުންވެސް ތަކުރާރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox