ދިވެހިންގެ ނަމުގައި އައިއޭސީން ފަލަސްތީނަށް 20،000 ލީޓަރު ތެޔޮ ހަދިޔާކޮށްފި

އައިއޭސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ؛ ޝާބިން/އަދަދު

އައިއޭސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ؛ ޝާބިން/އަދަދު

ގާޒާއަށް ތެޔޮ އެތެރެކުރުން ހުއްޓުވައި ގިނަ ހޮސްޕިޓަލުތަކުގެ ހިދުމަތް ހުއްޓުވާފައި ވަނިކޮށް ދިވެހިންގެ ނަގުމައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން 20،000 ލީޓަރު ތެޔޮ ހަދިޔާކޮށްފި އެވެ.

އައިއޭސީން ބުނީ ދިވެހިންގެ ނަމުގައި ގާޒާގެ އަލް އަގްސާ މާޓިޔާސް ހޮސްޕިޓަލަށް 20،000 ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައި ވާނެ ކަމަށެވެ.

"ޔަހޫދީންގެ އަނިޔާތައް ކިތަންމެވަރަކަށް ދިންނަމަވެސް އަޅުގަނޑުމެން ގާޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައެއް ނުލާނަން." އައިއޭސީން ބުނެ އެވެ.

Advertisement

ގާޒާގެ ސިއްހީ ނިޒާމު ފެއިލްވުމުގެ ތުންފަތްމަތީގައި ވާއިރު، އެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި ދުވަސްނުފުރާ ވިހާފައިވާ 130 ކުޑަކުއްޖަކު އިންކިއުބޭޓަރުތަކުގައި ފަރުވާދެމުންދާއިރު ހާހަކަށްވުރެ ގިނަ މީހުން ދަނީ ކިޑްނީ މައްސަލަތަކުގައި ޑަޔަލަސިސް ގެ ފަރުވާ ހޯދަމުންނެވެ. ކަރަންޓު ކެނޑުމާއެކު މި ހުރިހާ އެންމެންގެ ފުރާނައަށް ވެސް ނުރައްކާވާނެ އެވެ.

އޮކްޓޯބަރު ހަތެއްގައި އިޒްރޭލުން ހަނގުރާމަ އިއުލާނުކުރީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކެއްގައި އިޒްރޭލުގެ 1،400 އަށްވުރެ ގިނަ މީހުން މަރާލުމުގެ ބަދަލުގައި ކަމަށް ބުނެ އެވެ. އެއަށްފަހު ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އަދި ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ އަދަދު 8،500 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.

އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކުގެ އިތުރުން މިހާރު ދަނީ އެއްގަމު މަގުން އުތުރު ގާޒާއަށް ވަދެގަތުމަށް މަސައްކަތް ކުރަމުންނެވެ. ބަދަލުގައި ހަމާސް، ހިޒްބުﷲ އަދި ޔަމަނުގެ ހޫތީންނާއި ސީރިއާގައި ހަރަކާތްތެރިވާ ގްރޫޕުތަކުން ދަނީ އިޒްރޭލަށް ހަމަލާދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox