ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ސީދާ އަދަދެއް އަދި ނޭނގެ: އަބްދުއްރަހީމް

ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އިންތިގާލީ އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އިންތިގާލީ އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިންތިގާލީ މަރުހަލާ ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައިވާއިރު، އަދިވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ސީދާ އަދަދެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް އިންތިގާލީ ކޮމިޓީތަކުގެ ވެރިޔާ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން ކުރި ބުރަ މަސައްކަތަށް ޝުކުރު ދެންނެވުމަށާއި ޕީޕީއެމް/ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް އައްޑޫއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު އޮޅުން ނުފިލިޔަސް، އެމީހުން ތިބިކަން ޔަގީންވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އަދި މިހާތަނަށް އައިއިރު، [އިންޑިއާ ސިފައިން ތިބި] ސާފު އަދަދެއް އޮޅުންފިލާފައެއް ނެތް، އެމީހުން ތިބިކަމުގެ ޔަގީންކަން އެބަ އޮތް، އެ މައުލޫމާތު އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

Advertisement

ސީދާ އަދަދު އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވުމަށްފަހު އަބްދުއްރަހީމް ތަކުރާރުކުރެއްވީ އިންތިހާބުގެ ކުރިން ވެސް ދައްކަވަމުން ގެންދެވި ވާހަކަ އެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅުގައި އިންޑިއާ ސިފައިން އެބަ ތިބި ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދެކެވެ. ވެރިކަން ލިބިވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެފައި ވެ އެވެ.

އެހެންނަމަވެސް މިހާރުގެ ސަރުކާރުން ވަނީ މީގެ ކުރިން ވެސް ޕީޕީއެމް/ޕީއެންސީން ދައްކަމުން ގެންދިޔަ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ސަރުކާރުން ބުނަމުން ގެންދިޔައީ ރާއްޖޭގައި ތިބީ ހިއުމެނިޓޭރިއަން މަސައްކަތުގައި ހަރަކާތްތެރިވާ ސިފައިންގެ އިތުރުން ރާއްޖޭގައި އޮންނަ ޑޯނިއާ ފުލައިޓާއި ދެ ހެލިކަޕުޓަރު އުދުއްސާ މީހުން ކަމަށެވެ. އަދި އެމީހުން ރާއްޖޭގައި ތިބެނީ ސިފައިންގެ ގޮތުގައި ނޫން ކަމަށް ވެސް ސަރުކާރުން އެތައް ފަހަރެއްގެ މަތިން ބުނެފައިވެ އެވެ.

ނިމުނު އިންތިހާބުގައި ރައީސް ސޯލިހުއަށް އެންމެ ބޮޑު ގޮންޖެހުމަކަސްވީ ވެސް އެ ތުހުމަތުތަކެވެ. އިންތިގާލީ މަރުހަލާ ނިމެން ދެ ހަފުތާއެއްހައި ދުވަހަށް ވެފައިވާއިރު އެ މަރުހަލާއަކީ އެއް ސަރުކާރުން އަނެއް ސަރުކާރަށް ވެރިކަން ހަވާލު ކުރުމުގެ ގެރޭގައި

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox