ވާދޫ ކައުންސިލަށް އެތައް ބައެއްގެ ފާޑުކިޔުން: "ފަލަސްތީނު މީހުންނަށް ދިވެހި ބިން ދިނުމަކީ އިޒްރޭލަށް ވެވޭ އެހީއެއް"

ގދ. ވާދޫ : ފަލަސްތީނު މީހުންނަށް ބިން ދޭން މަޝްވަރާ ކުރާ މައްސަލާގައި ވާދޫ ކައުންސިލަށް އެތައް ބަޔަކު ދަނީ ފާޑުކިޔަމުން --

ގދ. ވާދޫ : ފަލަސްތީނު މީހުންނަށް ބިން ދޭން މަޝްވަރާ ކުރާ މައްސަލާގައި ވާދޫ ކައުންސިލަށް އެތައް ބަޔަކު ދަނީ ފާޑުކިޔަމުން --

އިއްޔެ ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ދައުރުވީ ގދ. ވާދޫއިން ފަލަސްތީނުގެ ރައްޔިތުންނަށް ބިން ދިނުމަސް އެ ރަށު ކައުންސިލުން މަޝްވަރާކުރަން ނިންމި ނިންމުމުގެ ވާހަކަ އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި، އެފަދައިން ނިންމުން ވެގެންދާނީ އިޒްރޭލަށް ވާގިވުން ކަމަށް ބުނެ ވާދޫ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ގިނަ ބަޔަކު އެއް އަޑަކުން ވަނީ މިކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އެންމެން ހެން ބުނަމުން ދިޔައީ ފަލަސްތީނުގެ ރައްޔިތުން ވޭތުވެދިޔަ 75 އަހަރު ދަތި ހާލުގައި މަސައްކަތް ކުރަމުންދިޔައީ، އިޒްރޭލުގެ ސަހްޔޫނީން ވެރިވެގަތް އެ މީހުންގެ އަމިއްލަ ބިން ހޯދުމަށް ކަމަށެވެ.

އަދި، ދިވެހި ބިން ނުވަތަ އެހެން ގައުމެއްގެ ބިމުން ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ބިން ދީ، އެ މީހުންގެ އަމިއްލަ ވަޒަން ދޫކޮށް ދިޔުމަކީ އިޒްރޭލުން ބޭނުންވާ ގޮތްކަން ވެސް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

"ހެޔޮހިތުން ކުރި ކަމެއް ނަމަވެސް، މިއީ ނުވިސްނާ ކުރި ކަމެއް. ފަލަސްތީނު މީހުން އެމީހުންގެ ބިމުން ފައިބާ ހިސާބުން ދެން އެ ބިމަށް އަނބުރާ ދިއުމުގެ ފުރުސަތު ގެއްލޭނެ، ފަލަސްތީނު މީހުން އެހީ ބޭނުންވަނީ އެމީހުންގެ އަމިއްލަ ގައުމު މިނިވަންކުރުމަށް" އެކަކު އެކްސްގައި ލިޔެފައިވެ އެވެ.

"ފަލަސްތީނު މީހުން ޓްވީޓްކޮށްފަ ވެސް ހުރޭ އެ މީހުން އެހެން ގައުމަކުން ބިން ބޭނުން ނޫން ކަމަށް. އެ މީހުން ބޭނުންވަނީ ފަލަސްތީނުގެ ބިމުގަ މިނިވަން އަމާން ދިރިއުޅުމެއް ކަމަށް. މިހާރު ގާޒާއާ ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމައަކީ މުޅި ގާޒާއިން ފަލަސްތީނު މީހުން ބޭލުން," އެހެން މީހަކު ލިޔެފައިވެ އެވެ.

ތެދެކެވެ. ފަލަސްތީނުގެ ގިނަ ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި އެކްޓިވްކޮށް ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން، މިހާރުވެސް އަދި އަބަދުވެސް އެންމެ ހަރު އަޑުން ބުނާ އެއް ވާހަކައަކީ އަމިއްލަ ބިން ދޫކޮށްލަން ބޭނުން ނުވާ ވާހަކަ އެވެ.

"ވާދޫ ކައުންސިލަށް މިވެގެން އުޅޭގޮތް ސާފުނުވަނީ ކަމަށްވާނީ. ފަލަސްތީން ރައްޔިތުން ފުރާނައިން ގުރުބާންވެ ޝަހީދުވެ އެދަނީ މުސްލިމުންގެ މުގައްދަސްބިން ހިމާޔަތް ކުރަން ކުރާ މަސައްކަތުން. ހަނގުރާމަ ކުރަނީ ވާދޫން ބިން ހޯދާކަށްނޫން." އިތުރު މީހަކު އެކްސްގައި ލިޔެފައިވެ އެވެ.

ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި މިއީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ވޭތުވެދިޔަ 75 އަހަރު ހިންގަމުންދާ ގަތުލުއާންމުގެ ހަގީގަތް އިނގެން ޖެހޭވަރަށް ދިވެހިންނަށް ނުލިބުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެކެވެ.

އަދި، މައުލޫމާތު ހޯދުމުގެ ކަންކަން މިހާ ފަސޭހަ ދުވަސްވަރެއްގައި، ފަލަސްތީނު މައްސަލާގެ ހަގީގަތް އެންމެންވެސް އަމިއްލައަށް ހޯދުމަކީ މުހިންމު ކަމެއްކަންވެސް ފާހަގަކޮށް، ތައުލީމީ ނިޒާމުގެ ތެރެއިންވެސް މިފަދަ މައުލޫމާތު ފޯރުކޮށްދިނުން މުހިންމު ކަމަށް 200 އަށްވުރެ ގިނަ ކޮމެންޓު ހުރި، އެ ހަބަރު ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި މީހަކު ބުނެފައިވެ އެވެ.

ފަލަސްތީނު ބިމަށް އިޒްރޭލުން 1948 ގައި ވެރިވެގަތުމަށްފަހު، އިތުރު ބިންތައް ހޯދަން، ފަލަސްތީނު ރައްޔިތުންގެ ނަސްލު ފުހެލުމަށް، އެހެން ގައުމުތަކަށް ދިއުން މަޖުބޫރު ކުރުމަކީ އިޒްރޭލުން ބޭނުންކުރާ އުކުޅެކެވެ. މިސްރާއި އެހެން އަރަބި ގައުމުތަކަށް ވެސް ފަލަސްތީނުގެ އެތައް ހާސް ރެފިއުޖީންނެއް މަޖުބޫރީ ހާލަތުގައި އިޒްރޭލުން ފޮނުވާލި އެވެ.

ހަގީގަތަކީ ފަލަސްތީނު ރައްޔިތުން އެ މީހުންގެ ބިމުން ފޭބުމަށް ކުރެވޭ ކޮންމެ މަޝްވަރާއަކީ، ނިންމޭ ކޮންމެ ނިންމުމަކީ އިޒްރޭލުގެ ސަހްޔޫނީންނާއި އެއްކޮޅަށް ނިންމޭ ނިންމުމެއް ކަމެވެ. އެ މީހުން ހަތް ދަހަރު ވަންދެން ކުރި މަސައްކަތަށް ދެވޭ ހިތްވަރެއް ކަމެވެ.

ކުރަންވި ކަމަކީ ފަލަސްތީނު މިނިވަން ކުރުމަށް އެހީތެރިވެދިނުމެވެ. އިޒްރޭލާ ދެކޮޅަށް އަޑުއުފުލާ، އިޒްރޭލުގެ ރައްޔިތުން ރާއްޖެ އައުން މަނާކުރަން ގޮވާލާ، އިޒްރޭލަށް ވާގިވެރިވާ ބްރޭންޑުތައް ބޮއިކޮޓުކުރުން ފަދަ ކަންކަމެވެ. މިފަދަ ހައްސާސް މައްސަލައެއްގައި ގޮތް ނިންމަންވާނީ މައުލޫމާތާއި ވިސްނުމާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox