ތަހުގީގެއް ކުރިއަށްދާތީ އާބަންކޯއިން ފަސް ކަމެއް ކުރުން އޭސީސީން ހުއްޓުވައިފި

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު : ތަހުގީގެއް ކުރިއަށްދާތީ އާބަންކޯއިން ފަސް ކަމެއް ކުރުން އޭސީސީއިން ހުއްޓުވައިފި - ފޮޓޯ: ރައީސް އޮފީސް

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު : ތަހުގީގެއް ކުރިއަށްދާތީ އާބަންކޯއިން ފަސް ކަމެއް ކުރުން އޭސީސީއިން ހުއްޓުވައިފި - ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގެ ކަންކަން ބަލަހައްޓާ އާބަންކޯ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގަކާ ގުޅިގެން އެ ކުންފުނިން ފަސް ކަމެއް ކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް އަންގައިފި އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު އަށް އޭސީސީއިން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މި ފިޔަވަޅަކީ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެޅޭ ވަގުތީ ފިޔަވަޅުތަކެއް ކަމަށެވެ. މި ފިޔަވަޅުތައް އަޅާފައިވާކަން އޭސީސީގެ މީޑިއާ އޮފިޝަލަކު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

މަޑުޖައްސާލުމަށް އެންގި ކަންކަން

  1. ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާ ގުޅޭ ކަންކަން.
  2. އީއޯއައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންކަން.
  3. ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި ބިން ވިއްކުމާ ގުޅޭ މުއާމަލާތްތައް.
  4. ޖޮއިންޓު ވެންޗާ އުސޫލުން ކުރިއަށް ގެންދާ ކަންކަން.
  5. މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުން.

މި ފިޔަވަޅުތައް އަޅާފައިވަނީ އޭސީސީއިން ބަލަމުންދާ އެއް މައްސަލަ ނުވަތަ އެއަށްވުރެ ގިނަ މައްސަލަތަކެއްގެ ސަބަބުންކަން އަދި ސާފެއް ނުވެ އެވެ.

އޭގެ އިތުރުން، އޭސީސީއިން އިއްޔެ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފަރުކޮޅުފުށި ދިގު މުއްދަތަކަށް ކުއްޔަށް ދިނުންވެސް ހުއްޓުވާފަ އެވެ.

"ފަރުކޮޅުފުށި ދިގު މުއްދަތަކަށް ބަޔަކަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ގުޅިގެން މިކޮޅަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން. މައްސަލަ ނިމެންދެން އޭސީސީއިން އަންގާފަ އޮންނާނެ މުއާމަލާތްތައް ހުއްޓާލަން" އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އެ ބިން ކުއްޔަށް ދިނުމަށް އާބަންކޯއިން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓައިލަން އޭސީސީން އަންގާފައިމިވަނީ، އިންތިހާބީ ރައީސްގެ އޮފީހުން ހުޅުމާލޭގެ ބިންތަކާ ގުޅޭ މުއާމަލާތްތައް މަޑުޖައްސައިލަން ގޮވާލައިފައި ވަނިކޮށެވެ.

އެ އޮފީހުން މި މަހުގެ 29 ގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަނީ ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާކޮށްފައިވާ ކަމުގެ މައުލޫމާތު އިންތިގާލީ އޮފީހަށް ލިބިފައިވާ ކަމަށާއި އެކަމާ މެދު އެ އޮފީހުން ނުހަނު ކަންބޮޑުވާ ކަމަށެވެ..

ނަމަވެސް އެ 40 އައިޓަމްގެ ތެރޭގައި ފަރުކޮޅުފުށި ހިމެނޭކަމެއް، އެ އޮފީހުން ނުވަތަ އޭސީސީން ވެސް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox