ހުލާސާކޮށް އިއްޔެ: ނަޝީދު ވަކިކުރުމުގެ މައްސަލައަށް "ޑެންގޫ ޖެހުން"!

Oct 31, 2023, 1:39 AM
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އޮކްޓޯބަރު 23 ވަނަ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. އީވާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ޑެންގޫ ހުމަށް އޭނާ ޓެސްޓުކޮށްފައި ވަނީ އޮކްޓޯބަރު 23 ވަނަ ދުވަހު. ޖެހިގެން އައި އޮކްޓޯބަރު 24 ވަނަ ދުވަހު ވެސް އީވާ މަޖިލީހަށް ވަޑައިގެންނެވި. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އޮކްޓޯބަރު 23 ވަނަ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. އީވާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ޑެންގޫ ހުމަށް އޭނާ ޓެސްޓުކޮށްފައި ވަނީ އޮކްޓޯބަރު 23 ވަނަ ދުވަހު. ޖެހިގެން އައި އޮކްޓޯބަރު 24 ވަނަ ދުވަހު ވެސް އީވާ މަޖިލީހަށް ވަޑައިގެންނެވި. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އިރު ވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވީ ޑެންގޫގެ އާލާސްކަންފުޅާކަން މެޑިކަލް ރިޕޯޓްތަކުން އެނގޭ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވި އެވެ.

ރަައްޔިތުންގެ މަޖިލީހުގައި އާދީއްތަ އަދި ހޯމަ ދުވަހު ވެސް ޖަލްސާއެއް ނުބޭއްވުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން އީވާ ރިޔާސަތު ބަލަހައްޓަވާ ޖަލްސާއަކުން ކަމަށް އަމީން އާއްމު ފާތިމަތު ނިއުޝާ ދެކެވަޑައިގަންނަވާތީ އެވެ.

އާދީއްތަ ދުވަހުގެ ޖަލްސާ ކެންސަލް ކުރެއްވިއިރު ނިއުޝާ ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާކަން މަޖިލީހުގެ އިދާރާއަށް އީވާ ލިއުމުން އަންގަވާފައިވާ ކަަމަށެވެ.

އާލާސްކަންފުޅާ އުޅުއްވާކަން އަންގަވައި މަޖިލީހަށް ފޮނުއްވި ސިޓީގައި އީވާ ވިދާޅުވެފައި އޮތީ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މެޑިކަލް ސެޓްފިކެޓާއި ލޭގެ ޓެސްޓްގެ ރިޕޯޓްތައް މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް ހިއްސާކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް "އަދަދު" އަށް މިއަދު ވިދާޅުވި ގޮތުގައި އީވާ ޑެންގޫއަށް ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހު (މިދިޔަ ހޯމަ ދުވަހު) ކަން އެ ރިޕޯޓްތަކުން އެނގޭ ކަމަށެވެ.

އެހެން ނަމަވެސް ޖެހިގެން އައި އަންގާރަ ދުވަހު އީވާ މަޖިލީހަށް ވަޑައިގެން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެވެ. އަސްލަމް ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވަމުން އެ ޖަލްސާއަށް ވަޑައިގެންނެވި ކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށެވެ.

މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި ސަބަބެއް ދައްކަވައިގެން އީވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވަނީ ނަޝީދު ވަކިކުރުން ދިގު ދެންމުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަަހަޅާފައިވާ މައްސަލަ، އީވާއަށް ވަޑައިނުގެންނެވޭތީ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނާތީ، އެ މައްސަލަ ކުރިއަށް ގެންދެވޭނެ މަގެއް ހޯދަން އެމްޑީޕީން މިހާރު ވަނީ އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅައިފަ އެވެ.

މުހިންމު ބައެއް ހަބަރުތައް

ދުވަހުގެ ފޮޓޯ

ސ
ސ

މިއީ އޮކްޓޯބަރު 23، 2023 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިންނެވިއިރު ނަގާފައިވާ ފޮޓޯއެއް. މަޖިލީހުގެ ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިޔަށް ގެންދަން އީވާ އުޒުރެއްގެ ގޮތުގައި މިހާރު ދައްކަވަނީ ޑެންގޫ ޖެހިގެން އާލާސްކަންފުޅުއްވާ އުޅުއްވާކަން. ނަމަވެސް ޑެންގޫޖެހިފައި ހުރިކަން އޮކްޓޯބަރު 23 ވަނަ ދުވަހު ހެދި ޓެސްޓުތަކުން އެނގޭއިރު، ޖެހިގެން އައި ދުވަހު ވެސް މަޖިލީހަށް ވަޑައިގެންނެވި، ނަމަވެސް، ނަޝީދުގެ މައްސަލަ އެޖެންޑާކުރި ދެ ޖަލްސާއަށް ވެސް ވަޑައިގެންފައި ނެތް. އެއީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވަން ލާޒިމު ޖަލްސާއެއް. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox