ފަލަސްތީނުން އިންޓަނެޓު ކަނޑާލައި އިޒްރޭލުން އުތުރު ގާޒާއަށް އެއްގަމު މަގުން ވަދެގަނެފި

އިޒްރޭލުން ރޭ ގާޒާއަށް ދިން ހަމަލާތަކުގެ ތެރެއިން -

އިޒްރޭލުން ރޭ ގާޒާއަށް ދިން ހަމަލާތަކުގެ ތެރެއިން -

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާމުގެ މައުލޫމާތު ދުނިޔެއަށް ފެތުރުން ހުއްޓުވަން ގާޒާއިން އިންޓަނެޓު ކަނޑައިލުމަށް ފަހު އިޒްރޭލުގެ ޒަޔަނިސްޓް ސިފައިން އެއްގަމު މަގުން ދެކުނު ގާޒާއަށް ވަދެގަނެފި އެވެ.

ރޭގެ މެންދަމުން ފެށިގެން ގާޒާއިން ލިބެމުންދާ އަދާހަމަތައް ވަނީ މުޅިއަކުންހެން ކެނޑިފަ އެވެ. ފަލަސްތީނުގެ އިންސާނީ ޖަމްއިއްޔާތަކުންވެސް ވަނީ ގާޒާގައި ތިބި އޮފިޝަލުންނާ އެއްވެސް ވަރަކަށް މުއާސަލާތު ނުކުރެވޭ ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ވަނީ އިންޓަނެޓުގެ އިތުރުން މޮބައިލް އަދި ލޭންޑްލައިން ފޯނުގެ ހިދުމަތްވެސް ގާޒާއަށް ވަނީ ކަނޑާލާފަ އެވެ.

މުއާސަލާތީ ގުޅުންތަކުގެ އިތުރުން ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު އަދި ތެޔޮ ލިބޭނެ މަގުތައް ބަންދުކޮށްފަ އެވެ.

ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާތަކުންނާއި ގައުމުތަކުން ގާޒާއަށް ފޮނުވި އެހީ ރަފާހު ބޯޑަރުގައި ތޮއްޖެހިފައި ވީ ނަމަވެސް އިޒްރޭލުން އެ އެހީގެ އުޅަނދުތައް ވެއްދުމަށް ވަނީ ދެކޮޅުހަދާފަ އެވެ. މި މަހުގެ ހަތަކުން ފެށިގެން މިއަދާ ހަމައަށް ގާޒާއަށް ވަދެފައިވަނީ 100 އެއްހާ އެހީގެ އުޅަނދެވެ.

އިޒްރޭލުން އެއްގަމު މަގުން ދެކުނު ގާޒާއަށް ވަދެގަންނާނެ ކަމުގެ އިންޒާރު ދިންތާ ހަފުތާއެއްހާ ދުވަސް ފަހުން ރޭ ވަދެގަތްއިރު، ގާޒާއިން ލިބޭ މައުލޫމާތުތައް ބުނާގޮތުން އިޒްރޭލުގެ ސިފައިންނާ ހަމާސްގެ ހަނގުރާމަވެރިންދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން ކަމަށެވެ.

ރޭ އިޒްރޭލުން ގާޒާއަށް ދީފައިވާ ބޮމުގެ ހަމަލާތަކަކީ މިފަހަރު އިޒްރޭލުން ދީފައިވާ އެންމެ ވަރުގަދަ ހަމަލާތަކެވެ. އޭގެ ތެރޭގައި ފޮސްފޮރަސް ބޮމުގެ ހަމަލާތައްވެސް ހިމެނެ އެވެ.

މި ފަހަރުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 3،000 އެއްހާ ކުޑަކުދިން ހިމެނެ އެވެ. ހަމާސް އިން ދިން ހަމަލާތަކުގައި އިޒްރޭލުން 300 އަށްވުރެ ގިނަ ސިފައިން ހިމެނޭހެން 1400 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.

ހަމާސްގެ އިތުރުން އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ ބައެއް ގްރޫޕުތަކުންވެސް ވަނީ އިޒްރޭލަށް ހަމަލާދީފަ އެވެ.

އެގޮތުން އިޒްރޭލަށް އެންމެ ފާޅުގައި ހަމަލާދީފައިވަނީ ލުބުނާނުގެ ހިޒްބުﷲ އިންނެވެ. އިޒްރޭލުން ބަދަލުގައި ދިން ހަމަލާތަކުގައި އެ ޖަމާއަތުގެ 44 ހަނގުރާމަވެރިން ވަނީ މަރާލާފަ އެވެ. އޭގެ އިތުރުން ސީރިއާ އަދި ޔަމަނުގައި ހަރަކާތްތެރިވާ އީރާނުން ފަންޑުކުރާ ކަމަށް ހުޅަނގުން ބުނާ ގްރޫޕުތަކުން ވަނީ އިޒްރޭލަށް އަދި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox