ރާއީ ގޮވައިލެއްވީ "ދިވެހިންނަށް ޖެއްސުންކުރާ" އިޒްރޭލު މީހާ ޑީޕޯޓްކުރަން

މަޖިލީހުގެ  މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ : ގޮވާލެއްވީ ފަލަސްތީނު މީހުންނަށް ފުރައްސާރަކުރި އިޒްރޭލު މީހާ ޑީޕޯޓުކޮށްލަން - ފޮޓޯ: މަޖިލިސް އިދާރާ

މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ : ގޮވާލެއްވީ ފަލަސްތީނު މީހުންނަށް ފުރައްސާރަކުރި އިޒްރޭލު މީހާ ޑީޕޯޓުކޮށްލަން - ފޮޓޯ: މަޖިލިސް އިދާރާ

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ބޮޑު ގަތުލުއާއްމެއް ކުރިއަށް ގެންދާ އިރު، ރާއްޖޭގައި ހުރެ، ދިވެހިންނަށް ޖެއްސުންކުރާ އުސޫލުން އިޒްރޭލު ޕްރޮމޯޓްކުރާ ފަތުރުވެރިޔާ ޑީޕޯޓުކޮށްލަން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ގޮވާލައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ދިވެހިންނާ އަރައިރުންވާ އެމީހާ ޑީޕޯޓްކޮށްލަން ރާއީ ގޮވައިލެއްވީ ގާޒާގައި އިޒްރޭލުން ހިންގާ ޖަރީމާތައް ކުށްވެރިކުރައްވައި ވިލިނގިލި ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގަ އެވެ.

"އަޅުގަނޑަށް މީގެ ދެދުވަސް ކުރިން ފެނުނު އިޒްރޭލު ރައްޔިތަކު، ރާއްޖޭގެ ރިސޯޓެއްގަ މަސައްކަތްކުރާ ރައްޔިތަކު، [ދިވެހިންނަށް] ގޮންޖެހުމުގެ ގޮތުން ބީޗުގައި އިޒްރޭލަށް ތާއީދުކޮށްފަ ދިދައެއް ބަހައްޓަން، އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށް އެ ރިސޯޓުގެ ވެރިން އޭނަ މިތަނުން ޑީޕޯޓުކޮށްލަން" ރާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިދާޅުވީ ފަލަސްތީނާ ދިވެހިންނާ އޮންނަ ގުޅުމާއި އެ ގައުމުގެ އަހުންނަށް އޮންނަ ކުލުނުގެ ސަބަބުން ދިވެހިން މިހާރު ތިބީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައި ކަމަށާއި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާ ކޮންމެ ދުވަހަކު ފެންނަމުންދާ ކަމަށެވެ.

"ހަމަ އެގޮތަށް ރާޅާއެޅުންތެރިއެއްވެސް އިޒްރޭލަށް ސަޕޯޓުކޮށް ވާހަކަތައް އެބަ ދައްކާ"

ސޯޝަލް މީޑިއާގައި ދިވެހިންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އެ ރާޅާ އެޅުންތެރިޔާގެ ޕޯސްޓުތަކަށެވެ. އެގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ދޭ ލާރި ދިވެހިން ދެނީ ހަމާސްއަށް ކަމަށާއި ދިވެހިންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ސިފަކޮށް އޭނާ ވަނީ ޕޯސްޓުތަކެއް ކޮށްފަ އެވެ.

އިޒްރޭލާ ދެކޮޅު މާހައުލެއް ދިވެހިރާއްޖޭގައި އުފެދި، ވަރުގަދަވަމުންދާ ކަމަށް ބުނެ އެ ގައުމުގެ ރަައްޔިތުންގެ ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީންވެސް މިހާރު ވަނީ އިލްތިމާސްކޮށްފަ އެވެ.

ތުލުސްދޫގައި މިހާރު ހުރި ކަމަށް ބުނާ އެ ރާޅާ އެޅުންތެރިޔާ ވަނީ އޭނާގެ އިންސަޓްގްރާމް އެކައުންޓުގައި އަނިޔާ ލިބެމުންދާ ފަލަސްތީނު ރައްޔިތުންނަށް ފުރައްސާރަކޮށް ގިނަ ޕޯސްޓުތަކެއް ކޮށްފަ އެވެ. އެ ޕޯސްޓުތަކުގެ ކޮމެންޓު ސެކްޝަނުގައި ދިވެހި ގިނަ ބަޔަކު ވަނީ އޭނާ ރާއްޖެ ދޫކޮށް ދިއުމަށާއި އޭނާ ހައްޔަރުކުރުމަށް ގޮވާލާފަ އެވެ.

ނަމަވެސް ފުލުހުން އިއްޔެ ބުނި ގޮތުން އޭނާއާ ބެހޭ އެއްވެސް މައްސަލައެއް މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ.

މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާ ކުރުމަށާއި އެ ގައުމުގެ މުދާ ވެސް ރާއްޖެއަށް އެތެރެނުކުރަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ގޮވާލައްވާފަ އެވެ. އަދި، ދިވެހި އާއްމު ރައްޔިތުން ދައްކާ މިސާލާ އެއްގޮތަށް ސިޔާސީ ޕާޓީތަކާ ސަރުކާރުންވެސް ފަލަސްތީނާ އެކު ތިބިކަން އަމަލުން ދެއްކުމަށް ބައެއް މެންބަރުން ވަނީ ގޮވާލައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox