މެމްބަރުން ގޮވައިލެއްވީ އިޒްރޭލުގެ މީހުންނާއި މުދާ ވެސް ރާއްޖެއަށް ނުގެންނަން!

ކުޅުދުއްފުށި އުތުުރު ދާއިރާގެ މެމްބަރު ޔާސިރު ލަތީފު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ އިޒްރޭލު މީހުން އައުން ހުއްޓުވުމަކީ މިހާރު ވެސް ކުރެވެން އޮތް ކަމެއް ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ކުޅުދުއްފުށި އުތުުރު ދާއިރާގެ މެމްބަރު ޔާސިރު ލަތީފު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ އިޒްރޭލު މީހުން އައުން ހުއްޓުވުމަކީ މިހާރު ވެސް ކުރެވެން އޮތް ކަމެއް ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ގަތުލުއާންމެއް ހިންގާތީ، އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާ ކުރުމަށާއި އެ ގައުމުގެ މުދާ ވެސް ރާއްޖެއަށް އެތެރެނުކުރަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ.

ގާޒާގައި އިޒްރޭލުން ހިންގާ ޖަރީމާތައް ކުށްވެރިކުރައްވައި ވިލިނގިލި ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ރާއްޖޭން އިޒްރޭލާ އެއްވެސް މުއާމަލާތެއް ކުރަން ނުޖެހޭ ކަމަށާއި އެއީ މަނާ ކަމަކަށް ހަދަން ޖެހޭ ކަމަށެވެ.

އެ ބަހުސްގައި ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުލް ލަތީފު ވިދާޅުވީ އިޒްރޭލު ކުށްވެރިކޮށް ބަޔާންތައް ނެރުމުގެ އިތުރުން ދެން ކުރެވެން އޮތީ ކޮންކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ. ކުރެވިދާނެ ކަންތައްތަކުގެ ގޮތުގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކުގެ ލިސްޓެއް އެއާ އެކު އޭނާ ދެއްވި އެވެ.

"އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރުން އެއް ކަމަކަށް. އިޒްރޭލުން އެތެރެކުރާ މުދާ ހުއްޓުވައިލުން ދެވަނަ ކަމަކަށް،" ޔާސިރު ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމާއި އެ ގައުމުގެ މުދާ އެތެރެ ނުކުރުމަކީ ކުރެވިދާނެ ކަމެއްތޯ ބަލަން ޖެހޭ ކަމަށާއި ދިވެހި ސަރުކާރުގެ އެއްވެސް އޮފިޝަލަކު އިޒްރޭލާ މުއާމަލާތް ކުރުން މަނާ ކުރުމަކީ މިހާރުން މިހާރަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ދިވެހިންގެ ގޮތުގައި ތިބެ އިޒްރޭލު ޕްރޮމޯޓު ކުރުން މަނާކުރުމަކީ ވެސް ޔާސިރު ވިދާޅުވި ގޮތުގައި މިހާރުން މިހާރަށް ވެސް ކުރެވިދާނެ ކަމެކެވެ.

"އަޅުގަނޑުގެ ހުށަހެޅުމަކީ، ހިނގާށޭ އަޅުގަނޑުމެން އެހެން ސްޓެޕަކަށް ދާން. ގާނޫނެއްގެ ސިފައިގައި، އަޅުގަނޑުމެން ބޭނުންވާ [މި]ކަންތައްތައް ތައާރަފްކުރަން އަދި ތަންފީޒުކުރަން،" ޔާސިރު ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުންގެ ގޮތުގައި އިޒްރޭލު މީހުން އައުން މަނާކުރުމަކީ ދިވެހިން ރުޅިއައިސްފައި ތިބިކަން އެނގިގެން އިޒްރޭލު ސަރުކާރުން އެކަން މަނާކުރުމުގެ ކުރިން ރާއްޖޭން އަޅަން ޖެހޭނެ ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ފަލަސްތީނު މީހުންގެ ހައްގުގައި ދިވެހި ރައްޔިތުން ކުރާ މަސައްކަތުގައި ސަރުކާރާއި ރާއްޖޭގެ ސިޔާސީ ޕާޓީތައް ވެސް ބައިވެރިވާން އޭނާ ގޮވައިލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox