މައުލޫމާތު ނުދޭތީ އެސްޓީއޯގެ ވެރިން އެސްއޯއީ ކޮމެޓީ އަށް ހާޒިރު ކުރަނީ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު: އެސްއީއޯ ކޮމިޓީއަށް ހާޒިރު ކުރަނީ ސިޓީ ތަކަކަށް ޖަވާބު ނުދެއްވައިގެން -- ފޮޓޯ އެސްޓީއޯ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު: އެސްއީއޯ ކޮމިޓީއަށް ހާޒިރު ކުރަނީ ސިޓީ ތަކަކަށް ޖަވާބު ނުދެއްވައިގެން -- ފޮޓޯ އެސްޓީއޯ

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން އިން ލިޔުމުން ހޯދަން އެދުނު މައުލޫމާތު ތަކެއް ނުލިބުމުން އެސްޓީއޯގެ ވެރިން އެ ކޮމެޓީ އަށް ހާޒިރު ކުރުމަށް ފާސްކޮށްފި އެވެ.

އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ މައްސަލަ އަކީ، އެސްޓީއޯ އިން މައުލޫމާތު ހޯދުމަށް އެދި ފޮނުވި ހަތަރު ސިޓީ އަށް އެ ކުންފުނިން އެއްވެސް ޖަވާބެއް ދީފައި ނުވާ މައްސަލަ އެވެ. ސިޓީ އަށް ޖަވާބު ދިނުމަށް ހަދާންކޮށްދީ ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް، އެސްޓީއޯ އިން އެއްވެސް ސިޓީ އަކަށް ޖަވާބު ދީފައި ނުވާކަން ކޮމިޓީން ފާހަގަ ކުރި އެވެ.

އެސްއީއޯ ކޮމެޓީން ނިންމީ އެ ސީޓި ތަކުގެ ޖާވާބު ހޯދުމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރާއި ފްރޮކިޔުމަންޓް ހެޑާއި މެޑިކަލް ޑިޕާޓްމަންޓްގެ ވެރިން ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ. އެސްއޯއީ ކޮމެޓީން އެދިފައި ވަނީ އެސްޓީއޯ އިން ކޮން މައުލޫމާތެއް ހޯދުމަށް ކަމެއް ސާފުވެފަ އެއް ނުވެ އެވެ.

އެސްއޯއީ ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުން ހިންގާ، ނުވަތަ ދައުލަތުން ޙިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތައް ހިންގަމުންދަނީ، ނުވަތަ ހިންގަނީ ހަރުދަނާ ވިޔަފާރި އުސޫލުންތޯ ބެލުމާއި، އެ އިދާރާތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެއިދާރާތަކުން މަސައްކަތްކޮށްފައިވޭތޯ ބެލުމާއި، އެ އިދާރާތަކުގެ މާލީ ހާލަތު ދަނީ އަހަރުން އަހަރަށް ހަރުދަނާ ވަމުންތޯ ނުވަތަ ނިކަމެތި ވަމުންތޯ ބެލުމާއި، އަދި އެ އިދާރާތަކުގެ ހިއްސާގެ ފައިދާ އަހަރުން އަހަރަށް ދައްކަމުން ގޮސްފައިވާ ގޮތް ބެލުން ހިމެނެ އެވެ.

އެގޭ އިތުރުން ދައުލަތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެކަށީގެންވާ ފައިދާ ނުލިބޭ ތަންތަނުން އިސްލާހީ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އަދި އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ދިރާސާކުރުން ވެސް ހިމެނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox