ރަހީނުކޮށްފައިތިބި އިޒްރޭލުގެ ދެ އަންހެނަކު ދޫކޮށްލައިފި

ހަމާސްއިން ދޫކޮށްލި ދެ ރަހީނުން : އަދިވެސް އިޒްރޭލުން ރަހީނުކުރި 220 މީހުން ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިބި

ހަމާސްއިން ދޫކޮށްލި ދެ ރަހީނުން : އަދިވެސް އިޒްރޭލުން ރަހީނުކުރި 220 މީހުން ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިބި

އިޒްރޭލުން ހިސާރުކޮށްފައި އޮންނަތާ 17 އަހަރު ވެފައިވާ ގާޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ރަހީނުކުރި 222 މީހުންގެ ތެރެއިން ދެ އަންހެނަކު ދޫކޮށްލައިފި އެވެ.

އުމުރުން ދުވަސްވެފައިވާ މި ދެ އަންހެނުން ދޫކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ހަމާސްއިން އާންމުކޮށްފައިވާއިރު، އެމީހުން ހަވާލުކޮށްފައިވަނީ ގާޒާގައި ހަރަކާތްތެރިވާ ރެޑް ކްރޮސްގެ ޓީމަކާ އެވެ.

ހަމާސްއިން ދޫކޮށްލާފައިވަނީ ލޮޗޭ ލިފްޝިޒް، 85، އަދި ނޫރިތު ކޫޕާ، 79 އެވެ. އެ ޖަމާއަތުގެ ހަމަލާތަކުގައި މިހާތަަނަށް އިޒްރޭލުން 1400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 300 ސިފައިން ހިމެނެ އެވެ.

މި ދެ މީހުން ދޫކޮށްލީ ގަތަރާއި މިސްރު ގުޅިގެން ހަމާސްއާއެކު ބޭއްވި ސުލްހައިގެ މަޝްވަރާތަކަށްފަހު އެ ދެ މީހުންގެ ސިއްހީ ހާލަތަށް ބެލުމަށްފަހު ކަމަށް ހަމާސްގެ ތަރުޖަމާނަކު ވަނީ ބުނެފަ އެވެ. ނަމަވެސް މިކަމުގެ ސަބަބުން ފަލަސްތީނަށް ލިބޭނެ ފައިދާއެއް އެއްބަސްވެފައިވާކަމެއް ނޭނގެ އެވެ.

މީގެ ދެ ދުވަސް ކުރިންވެސް ހަމާސްއިން ވަނީ ދެ ރަހީނުން ދޫކޮށްލަން ނިންމާފައިވާކަން އިޒްރޭލަށް އަންގާފަ އެވެ. ނަމަވެސް އިޒްރޭލުން ވަނީ މިއީ ހަމާސްގެ ޕްރޮޕެގެންޑާ ފެތުރުމަށް ކުރާ ކަމެއް ކަމަށް ބުނެ ދެ ރަހީނުންނާ ހަވާލުވުމާ ދެކޮޅު ހަދާފަ އެވެ.

މި މަހު ހަތެއްގައި ހަމާސްއިން ދިން ހަމަލާތަކާއެކު އިޒްރޭލުން ދަނީ ވޭތުވެދިޔަ 75 އަހަރު ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާމު ވަރުގަދަކޮށް، ހަނގުރާމަ އިއުލާނުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި މަހުގެ ހަތްވަނަ ދުވަހު ފެށި މި ހަމަލާތަކުގައި ފަލަސްތީނުގެ 5،087 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

ހަމަލާތަކުގެ އިތުރުން އިޒްރޭލުން ވަނީ ގާޒާއިން ފެނާއި ކަރަންޓު އަދި ތެޔޮ ކަނޑާލާ އެހީ ލިބޭ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އެ ހިދުމަތްތައް ކަނޑާލިތާ މިއަދަށް 14 ދުވަސްވީއިރު، މިސްރުގެ ރަފާހު ބޯޑަރު ހުރަސްކޮށް ގާޒާއަށް އެހީގެ ގޮތުގައި ވަދެފައިވަނީ 50 އަށްވުރެ މަދު އުޅަނދެވެ.

މި ހަމަލާތަކުގެ ކުރިން ދުވާލަކު ގާޒާއަށް 100 އަށްވުރެ ގިނަ އެހީގެ އުޅަނދު ވަދެ އެވެ. މިހާރުވެސް އެތައް ސަތޭކަ އެހީގެ އުޅަނދެއް އެ ބޯޑަރުގައި އޮތް ނަމަވެސް އިޒްރޭލުން ހުއްދަނެތި ގާޒާއަށް ވަންނަން އުޅެފި ނަމަ ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox